ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއާއި ފަލަސްތީނު ވާދަކުރާ އެކުވެރިކަމުގެ މެޗުގެ ސުވައިނަރ ޓިކެޓް ރައީސް ބައްލަވައިގެންފި!

ފޮޓޯ: އެފްއޭއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި ފަލަސްތީނުގެ އަންޑަރ 17ގެ ޓީމު ވާދަކުރާ އެކުވެރިކަމުގެ މެޗުގެ ސުވައިނަރ ޓިކެޓް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްލަވައިގެންފިއެވެ.

މި މެޗަކީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ބާއްވާ މެޗެއްކަމަށްވާއިރު، ރައީސް މި ޓިކެޓް ބައްލަވައިގެންފައިވަނީ، ފަލަސްތީނަށް އެހީތެރިވުމަށް ދިވެހި ދައުލަތާއި ރައްޔިތުން ދެމުންދާ އެއްބާރުލުން އިތުރަށް ހާމަކޮށްދިނުމުގެ ގޮތުންނެވެ.

މި އެކުވެރިކަމުގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 2025 ނޮވެމްބަރު 12 ވަނަ ދުވަހުގެ ރޭގަނޑު، ގައުމީ ސްޓޭޑިއަމްގައެވެ. މި މެޗަކީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރޭވުންތެރިކަމާއިއެކު ކުރިއަށް ގެންދާ މެޗެކެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ބާއްވާ މެޗެއްކަމަށް އެފްއޭއެމްއިން ބުނެއެވެ.

މި މެޗާ ގުޅިގެން ވިއްކާ ސުވައިނަރ ޓިކެޓް ސޭލްއިން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާކުރެވޭނީ ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނަށެވެ. މިއީ، ހަނގުރާމައިގެ ސަބަބުން ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ފަލަސްތީނުގެ ކުޅިވަރުގެ ދާއިރާއަށް އެހީތެރިކަމުގެ އަތެއް ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ.

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް، ދިވެހި ދައުލަތުން ބައިނަލްއަގްވާމީ އެކި ޕްލެޓްފޯމުތަކުގައި ގޮވާލަމުންދެއެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި ޖަމިއްޔާތަކުންވެސް ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ތަފާތު އެކި ހަރަކާތްތަކާއި، ފައިސާ އެއްކުރުމުގެ ކެމްޕޭންތައް ކުރިއަށް ގެންދާކަން ފާހަގަކުރެވެއެވެ. ރައީސް ސުވައިނަރ ޓިކެޓް ބައްލަވައިގެންނެވުމަކީ، މިފަދަ ހަރަކާތްތަކަށް ސަރުކާރުން ދެއްވާ އިސްކަން އަންގައިދޭ ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: