ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލްތަކުގެ ކުރިއަށް އޮތް އިންތިހާބާ ގުޅޭގޮތުން ގެނައުމަށް ރާވާފައިވާ ބަދަލުތައް ކަނޑައެޅިފައިނުވާތީ، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށާއި މަޝްވަރާކުރުމަށް އެމްޑީޕީން ވަނީ ނޮވެމްބަރު 12 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަން (އީސީ) އާ ބައްދަލުކޮށްފައެވެ.

އެމްޑީޕީން އާއްމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ސަރުކާރުގެ ވެރިން ދަނީ ކައުންސިލުތައް އެކުލެވޭ ގޮތާއި، ކައުންސިލަރުންގެ އަދަދު މަދުކުރުމާއި އަތޮޅު ކައުންސިލްތައް އުވައިލުންފަދަ ބޮޑެތި ބަދަލުތައް ލާމަރުކަޒީ ނިޒާމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ވާހަކަ ދައްކަވަމުން ކަމަށެވެ. ނަމަވެސް، އިންތިހާބު ބޭއްވުމަށް ވަގުތު ކުޑަތަންވަމުން އަންނައިރުވެސް، އެ ބަދަލުތައް ގެނައުމަށް މަޖިލީހަށް ހުށަހަޅައިފައިނުވާކަން އެ ޕާޓީން ފާހަގަކުރިއެވެ. އަދި މިކަމާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާކޮށް ނުވަތަ ހިޔާލަށް ހުޅުވައިލައިފައެއްވެސް ނުވާކަމަށް އެމްޑީޕީން ބުނެއެވެ.

ބަދަލުތައް ކަނޑައެޅިފައިނުވުމުގެ ސަބަބުން، އެމްޑީޕީއާއި އެހެނިހެން ސިޔާސީ ޕާޓީތަކަށް އަދި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރަން ގަސްތުކުރާ ފަރާތްތަކަށް ވެސް ނުހަނު ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް އެމްޑީޕީން ބުނެއެވެ. ޚާއްސަކޮށް ސިޓީތަކުގައި އެކުލެވޭ ދާއިރާތައް ކަނޑައަޅައިފައި ނުވުމުގެ ސަބަބުން، ޕްރައިމަރީ ބޭއްވުމަށްފަހު ބަދަލެއް އަތުވެއްޖެނަމަ އަލުން ކެންޑިޑޭޓުން ކަނޑައަޅަން ނުވަތަ ޕްރައިމަރީ ބާއްވަން ޖެހިދާނެ ހާލަތު ދިމާވާކަމުގެ ބިރު އެބަ އޮތް ކަމަށް އެ ޕާޓީން ފާހަގަކުރިއެވެ.

އެމްޑީޕީން މި ކަންބޮޑުވުންތައް އިލެކްޝަންސް ކޮމިޝަނާ ހިއްސާކުރުމުން، ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެނައުމަށް ރާވަމުންދާ ބަދަލުތަކަކީ ކޮބައިކަން އެ ކޮމިޝަނަށް ވެސް އަންގައިފައިނުވާކަމަށް އީސީން ބުނެފައިވާ ކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ. އަދި އެ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލާމެދު އެ ކޮމިޝަނުގެ އެއްވެސް މަޝްވަރާއެއް ހޯދައިފައި ނުވާކަމަށް ވެސް އީސީން ބުނެފައިވާ ކަމަށް އެމްޑީޕީން ހާމަކުރިއެވެ.

އެމްޑީޕީން ބުނާ ގޮތުގައި މިއީ، ރައްޔިތުންގެ މަޖިލީހުގައި އޮތް ސަރުކާރުގެ ފުރިހަމަ ބާރު ބޭނުންކޮށްގެން، އިންތިހާބީ ދާއިރާތަކާއި، ކައުންސިލުތައް އެކުލެވިގެންވާ ގޮތާއި، އަދި ކެންޑިޑޭޓުންގެ ޝަރުތުތައް ފަދަ ލާމަރުކަޒީ ނިޒާމުގެ އަސާސީ އުސޫލުތަކަށް އެންމެ ފަހު ވަގުތު ބަދަލު ގެނެސް، މި އިންތިހާބަށް ސީދާ ނުފޫޒު ފޯރުވުމަށް ސަރުކާރުން ރާވައިފައިވާކަން ހާމަވާ ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: