ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2 އަހަރު ނުވަނީސް 66 ރަށުގައި ހިދުމަތް ގާއިމްވެގެން ދިއުމަކީ އާދަޔާ ހިލާފު މަސައްކަތެއް: އިހުސާން

ޝެއާރކޮށްލާ ކަހަލަދޯ؟

ދެ އަހަރު ނުވަނީސް 66 ރަށުގައި ފުލުހުންގެ ހިދުމަތް ގާއިމްކުރެވިގެން ދިއުމަކީ ފުލުހުންގެ ހިދުމަތް ހިންގުމަށް ތިބި މީހުންނާއި ފުލުހުންގެ އާދަޔާ ހިލާފު ބުރަ މަސައްކަތެއްގެ ނަތީޖާކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، މުޅި ރާއްޖޭގައި ފުލުހުންގެ ހިދުމަތް ފެށުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ.

ވަޒީރު އިހުސާން ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރިން ރާއްޖޭގެ 121 ރަށުގައި ފުލުހުންގެ ހިދުމަތް ދެމުން އައި ނަމަވެސް، އޭގެ ތެރެއިން ފުލުހުންގެ އަމިއްލަ އިމާރާތްތަކުގައި ހިދުމަތް ދެމުން އައީ އެންމެ 17 ރަށެއްގައި ހުރި މަރުކަޒުތަކުންނެވެ. އެހެންކަމުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ އިންފްރާސްޓްރަކްޗާ ގާއިމްކުރުމަކީ މި ސަރުކާރުން އިސްކަންދޭ އެންމެ މުހިންމު އެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ފުލުހުންގެ އަމިއްލަ މަރުކަޒުތައް ތަރައްގީކުރުމުގެ ބޮޑު މަސައްކަތެއް މިހާރުވެސް ކުރިއަށްދާކަން ހާމަކުރައްވަމުން އިހުސާން ވިދާޅުވީ، 95 ރަށުގައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް ގާއިމްކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. މީގެ އިތުރުން، ގިނަ އަދަދެއްގެ ފުލުހުން ބޭތިއްބުމަށް އެކޮމޮޑޭޝަން ބްލޮކްތައް ތަރައްގީކުރުމުގެ މަސައްކަތް 4 ސަރަޙައްދެއްގައި ކުރިއަށްދާކަމަށާއި، އަދި އިތުރު 39 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ސޮއިކުރެވި، ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަޒީރު އިހުސާން ވިދާޅުވީ، ދިވެހި ގައުމަށް ރައްޔިތުންގެ ސަލާމަތްކަމަކީ އަދުގެ ސަރުކާރުން އެންމެ ބޮޑަށް ސަމާލުކަންދޭ އެއްކަންތައް ކަމަށެވެ. އަދި ރައްޔިތުންނަށް ޔަގީންކަން ދެއްވަމުން އެމަނިކުފާނު ވިދާޅުވިއެވެ. ”ދިވެހި ރައްޔިތުންނަށް އަރުވާ ޔަގީންކަމަކީ 24 ގަޑިއިރު ފުލުހުން ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ތިބޭނެ. ކޮންމެ ނުރައްކަލެއްގެ ހުރަހަކަށް ފުލުހުންވެ ހަށިގަނޑާއި ފުރާނައިން ގުރުބާންވާނެކަން“

އިހުސާން ވިދާޅުވީ، ތުއްތުކުދިން ބޮޑުވަމުން އަންނަނީ އަމާން މާހައުލެއްގައި ކަން ކަށަވަރުކުރުމަށް، ނުރައްކާތެރި ވަބާތަކުން ސަލާމަތްވެފައިވާ މާހައުލެއް ހޯދައިދިނުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރައްވާނެކަމަށެވެ. އިންނަމާދުގައި ތަރައްގީކޮށް ހުޅުވި ފުލުހުންގެ މަރުކަޒުން ހާމަކޮށްދެނީ މިހާރު މަސައްކަތް ފަށާފައިވާ މަރުކަޒުތަކުގެ މަސައްކަތް ވެސް ނިންމާނެކަމުގެ ޔަގީންކަން ކަމަށް އިހުސާން ވިދާޅުވިއެވެ. އެގޮތުން، މި ދައުރުގެ ތެރޭގައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް ނިންމާ ހުޅުވައި، ގައުމީ ސަލާމަތަށް ބޭނުންވާ ހުރިހާ ހިދުމަތެއް ރަށްރަށުގައި ތިބެގެން ފުލުހުން ދޭން ފަށާނެކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: