ކޮންމެ މަޝްރޫއުއެއްވެސް ބެހިގެންދަނީ ހަމަޖެހުމާއި، ތަރައްގީ އާއި ރައްކާތެރިކަމުގެ މައްޗަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީން މިރޭ ކުރިޔަށް ގެންދިޔަ ”ދިވެހިންގެ ރާއްޖެ“ ޖަލްސާގައި ރައީސް ވިދާޅުވީ މިއީ ރާއްޖޭގައި މިހާތަނަށް ސިޔާސީ ޕާޓީއަކުން ބޭއްވޭ އެންމެ ގިނަ ބަޔަކު ބައިވެރިވި ޖަލްސާ ކަމަށެވެ. ރައީސް ވިދާޅުވީ މި ސަރުކާރުގެ ހުރިހާ ސިޔާސަތެއް އަދި ވައުދެއް އެއްކޮށްލައި، ތިން ދާއިރާއަކަށް ބަހާލާނަމަ އެއީ ހަމަޖެހުމާއި، ތަރައްގީ އާއި ރައްކާތެރިކަންކަމަށެވެ. އަދި ކޮންމެ ވައުދެއްވެސް ކޮންމެ ސިޔާސަތެއްވެސް އަދި ކޮންމެ މަޝްރޫއުއެއްވެސް ބެހިގެންދަނީ އެ ތިން ދާއިރާގެ މައްޗަށްކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ތިން ދާއިރާއިން ރައްޔިތުން ހަވާލުކުރި ޒިންމާ އަދާކުރުމުގައި ވަޑައިގަތީ ވަރަށް ވަރުގަދަ އަޒުމެއްގައި ކަމަށެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ މާތްވެގެންވާ އިސްލާމްދީނަށް ނަސްރު ދިނުން ކަމަށެވެ. އިސްލާމްދީނަށް ފުރިހަމަ ކަމާއިއެކީގައި ޒުވާނުންނާއި ހުރިހާ ރައްޔިތުންނަށް އިސްލާމްްދީނުގައި ސާބިތުވެތިބުމަށް ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރުމަކީ ރައީސްގެ އެންމެ މަތިވެރި ޒިންމާކަމަށް އެމްނިކުފާނު ވިދާޅުވިއެވެ.
އެގޮތުން މިއަދާއި ހަމައަށް އައިއިރު އިރާދަ ކުރެއްވީތީ އެކިއެކި ކަންކަން ވަނީ ކުރެވިފަ. މިސްކިތްތައް ބިނާކުރުން ކަމަށްވިޔަސް ޤުރުއާނައި ބެހޭ މަރުކަޒުތައް ރާއްޖޭގައި ހުރިހާ ރަށެއްގައި ހެދުން ކަމަށް ވިޔަސް، ޤުރުއާނާއި އިސްލާމީ ދާއިރާއިން ވަގުފު އިމާރާތްތައް ހެދުން ކަމުގައި ވިޔަސް ޒަކާތު ހައުސް ހެދުން ކަމުގައި ވިޔަސް ފަގީރުން ހިލޭ ހައްޖަށް ގެންދިއުން ވިޔަސް ކޮންމެ ކަމެއް ކަމުގައި ވިޔަސް އިސްލާމް ދީނަށް ހިދުމަތް ކުރުމަކީ ތިޔަ ލޮބުވެތި ރައްޔިތުން މި ސަރުކާރު ކިބައިން އަދި ކޮންމެ ސަރުކާރެއްގެ އެދިފައި އޮތް ކަންތައް
ރައީސް ވިދާޅުވީ ފަހުރުވެރި އިސްލާމީ ދައުލަތެއްގެ ގޮތުގައި ކަންކަން ކުރިއަށް ދާއިރު މިނިވަންކަމަކީ އެންމެ މުހިންމު އެއް މަސްއޫލިއްޔަތު ކަމަށެވެ. .

