ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރު އޮތް ވަރުގެ ބަޖެޓަކުން ފަންނީ މުވައްޒަފުން ހުސްވެ، ޓެކްސް ނިޒާމު ނުބެލެހެއްޓިދާނެ: މީރާ

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ފަންނީ މުވައްޒަފުން ހިފެހެއްޓުމަށް ހުރި ގޮންޖެހުންތައް ބޮޑުވެފައިވާއިރު، މިހާރު އޮތް ބަޖެޓާ އެކު ކުރިއަށް ދަންޏާ ފަންނީ މުވައްޒަފުން ހުސްވެދާނެ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ބަޖެޓްގައިމީރާއިން އެދުނު އަދަދުން ބައެއް އުނިކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން މަޖިލީހުގެ ކޮމިޓީއަށް މީރާއިން ހާޒިރުކުރުމުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން ހަސަން ޒަރީރު ވިދާޅުވި ގޮތުގައި މިހާތަނަށް އައި އިރު ހުރި ގޮންޖެހުންތަކާ އެކު ވެސް މީރާއިން އަންނަނީ ރަނގަޅު ޕާފޮމެންސްއެއް ދައްކަމުން ކަމަށެވެ.

ނަމަވެސް ފަންނީ މުވައްޒަފުން ހިފެހެއްޓުމުގައި ހުރި ގޮންޖެހުންތަކަށް ހައްލެއް ނުހޯދި ދިގުދެމިގެންދާނަމަ މީރާގެ ޕާފޮމެންސް ނުހިފެހެއްޓޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޒަރީރު ވިދާޅުވީ މީރާއިން މުވައްޒަފުން ކެނޑޭ މިންވަރު ހުރީ ވަރަށް މަތީގައިކަމަށެވެ. 

އޭނާ ވިދާޅުވި ގޮތުގައި އުނިވެގެން ދިޔަ 3 މިލިއަން ރުފިޔާއަކީ މީރާގެ މި ވަގުތު ނެތް، ނަމަވެސް ކޮންމެހެން ނަގަން ޖެހޭ އަދި މުވައްޒަފުންގެ އޮނިގަނޑުގައި ހިމެނޭ 43 މުވައްޒަފުންނަށް ދޭން އޮތް މުސާރައެވެ. ޒަރީރު ވިދާޅުވީ މީރާގެ އެތެރޭގެ ސިސްޓަމްތައް ބަލަހައްޓަނީ އެތެރޭގެ މުވައްޒަފުން ކަމަށާއި އަދިއެއީ ވަރަށް ފަންނީ ގާބީލް މުވައްޒަފުން ކަމަށެވެ. އެހެންނަމަވެސް ޓްރެއިންކުރާ މުވައްޒަފުން ނުހިފެހެއްޓޭނަމަ މި ސިސްޓަމްތައް ނުބެލެހެއްޓޭނެ ކަމަށް ޒަރީރު ވިދާޅުވިއެވެ. 

”ސިވިލް ސާވިސްގެ ލެވެލްގައި ދެ އަހަރު ދުވަހުގެ ޑިގްރީ ހަދާފައި 2 އަހަރު ދުވަހުގެ އެކްސްޕީރިއެންސް ހުރި ސްޓާފަކަށް އެބަ ލިބޭ 30،000 ރުފިޔާ. އަޅުގަނޑުމެންގެ އެ ލެވެލްގެ ސްޓާފަކަށް މި ލިބެނީ 18،000 ރުފިޔާ ނުވަތަ 19،000 ރުފިޔާ. އެހެންވީމާ އަޅުގަނޑޫމެން ކިހިނެތްތޯ މި ސިސްޓަމް މިގޮތަށް ބަލަހައްޓާނީ“

ޒަރީރު ވިދާޅުވީ މީރާއަށް މިވަގުތު ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށާއި އަދި މީރާގެ މުވައްޒަފުންވެސް ދިގު ވަގުތުތަކުގައި މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އަދި އެހެން ދާއިރާތަކާއި ހިލާފަށް މީރާގެ މުވައްޒަފުންނަށް ”ރެސްޓްރިކްޝަން“ ތަކެއްވެސް އޮންނަ ކަމަށް ޒަރީރު ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: