ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންސްޕާގެ ބައެއް ހިދުމަތްތައް ވަންގަވްއަށް ބަދަލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެންސްޕާގެ ބައެއް ހިދުމަތްތަކާއެކު ސަރުކާރުގެ ޑިޖިޓަލް ޕްލެޓްފޯމް ވަންގަވްއަށް ބަދަލުކޮށްފިއެވެ.

މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ (މައިންޑްކޯ) ގައި ބޭއްވި ރަސްމިއްޔާތުގައި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ މި ވަގުތު ވަންގަވް އިން އެންސްޕާގެ ފަސް ހިދުމަތެއް ލިބޭނެ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި އިތުރު ހިދުމަތްތައް ޑިޖިޓަލައިޒްކޮށް ފަސޭހައިން ހިދުމަތްތައް ލިބޭނެ ގޮތަށް ބަދަލުކުރާނެކަމަށް ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޯލްޑިވްސް 2.0 ގެ ދަށުން ދެފުށް ފެންނަ ގޮތެއްގައި ހިދުމަތްތައް ދެވޭނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި އިތުރު ހިދުމަތްތައް ބަދަލުވުމުގެ ނަތީޖާއެއްގެ ގޮތުން ކަރުދާސް ބޭނުންކުރާ މިންވަރު މަދުކުރެވި ހަރުދަނާގޮތެއްގައި ހިދުމަތްތައް ދެވޭނެ ކަމަށެވެ.

އެ އިދާރާއިން ހިދުމަތް ދެނީ ވަރަށް ނާޒުކު ހާލަތުގައި ތިބި ބަޔަކަށް ކަމަށާއި އަދި އެ މީހުންނަށް ހިދުމަތް ދިނުމަށް އެންސްޕާގެ މުވައްޒަފުން ރެއާއި ދުވާލު ވަރަށް ބުރަކޮށް މަސައްކަތްކުރާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް މިހާތަނަށް ހިދުމަތްތައް ދެމުން ދިޔައީ މެނުއަލްކޮށް ކަމަށް ވާތީ އެކަމުގައި ބޮޑު ގޮންޖެހުމެއް ދިމާވާކަން އޭނާ ހާމަކުރެއްވިއެވެ.

މިހާތަނަށް ހިދުމަތްތައް ދެމުން ދިޔައީ މެނުއަލްކޮށް ކަމަށް ވާތީ އެކަމުގައި ބޮޑު ގޮންޖެހުމެއް ދިމާވާކަން ހީނާ ހާމަކުރެއްވިއެވެ.

މަގާމާ ހަވާލުވެވަޑައިގެންނެވިއިރު އެ މުވައްޒަފުން މަސައްކަތް ކުރަމުން ދިޔަގޮތުން ކަންބޮޑުވުން އޮތް ކަމަށް ހީނާ ވިދާޅުވިއެވެ. އެހެންކަމުން އެ މަސައްކަތަށް ލުއެއް ހޯދައިދޭން ކޮށްދޭ އެއް ކަމަކީ ހިދުމަތްތައް ޑިޖިޓަލްކުރުން ކަމަށް ހީނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: