ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރާ ދިމާކުރުވި ދަތިތަކާއި އެކު ވެސް، ރައީސް މުއިއްޒު ގާއިމްކުރެއްވީ ހަރުދަނާ ސިޔާސަތުތަކެއް: ނައިބު ރައީސް

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ސަންގު ޓީވީގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާއިއެކުވެސް، ރައީސް މުއިއްޒު ގާއިމްކުރެއްވީ ހަރުދަނާ ސިޔާސަތުތަކެއްކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ސަރުކާރަށް 2 އަހަރު ފުރުމާއި ގުޅިގެން ސަންގު ޓީވީއަށް ދެއްވި ހާއްސަ އެކްސްކުލޫސިވް އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ސަރުކާރެއް އުފެދިގެން އަންނަނީ ރައްޔިތުންގެ ތަރުހީބާ، ތާއީދާއި، ވޯޓުންކަމަށާއި، މި ސަރުކާރުންވެސް ވެރިކަމަށް އައީ ފުރިހަމަ އަގުލަބިއްޔަތަކާއިއެކުކަމަށެވެ.

ޕީޕީއެމް/ޕީއެންސީއިން އިދިކޮޅުގައި އޮވެ އޭރުގެ އެމްޑީޕީގެ ސަރުކާރާއިމެދު ވަރަށް ގިނަ ވާހަކަތަކެއް ދައްކަވާފައިވާނެކަމަށާއި، އެކިއެކި ޕްލެޓު ފޯމުތަކުގައިއާއި، އެކި ގޮތް ގޮތުން ރައްޔިތުންގެ ސަމާލުކަމަށް ކަންކަން ގެނައުމުގެ މަސައްކަތް ކޮށްފައިވާނެކަމަށް ފާހަގަކޮށް ނައިބު ރައީސް ވިދާޅުވީ، އެންމެ މުހިންމު އެއް ވާހަކައަކަށް ދެއްކީ، ފައިސާ ޗާޕު ކުރާ ވާހަކައާއި، ހަރަދަށް ޒިންމާވާ ގާނޫނު ސަސްޕެންޑް ކުރުމަށްފަހު ގާނޫނު އަސާސީއާއި ހިލާފަށް މަސައްކަތް ފެއްޓި ވާހަކަކަމަށެވެ.

މި ހުރިހާކަމަކީ ރައްޔިތުން މަޖިލީހަށް ހުށައަޅާ ރުހުން ލިބިގެން ކުރަން ޖެހޭ ކަންކަންކަމަށް ފާހަގަކޮށް ނައިބު ރައީސް ވިދާޅުވީ އޭރު ކަން ކުރީ މިހެން ނޫންކަމަށާއި، އުސޫލުތަކާއި ހިލާފަށްކަމަށެވެ. އޭރު އެމްޑީޕީއިން މަސައްކަތް ކުރީ ސުޕަރ މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެންކަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން ކޮވިޑް ތެރޭގައި، ދައުލަތަށް އެތައް ބައިވަރު ފައިސާގެ އެހީތެރިކަމާއި، އެހެނަސް ބައިވަރު އެހީތެރިކަމެއް ލިބިފައި އެބަހުރި، އެހެން ނަމަވެސް މި އިން އެއްވެސްކަމެއް ދިވެހި ރައްޔިތަކަށް ލުއިވާ ގޮތަކަށް ސަރުކާރަން އަމަލުކޮށްފައިނުވާ ނުވުމާއި އަޅުގަނޑުމެން ވާނީ އިހުތިޖާޖު ކޮށްފަ.

ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ކޮވިޑް 19 ގެ ތެރޭގައި އެމްޑީޕީގެ ސަރުކާރަށް އެހީގެ ގޮތުގައި އެތައް ފައިސާއެއް ލިބުނުއިރު، މި ފައިސާއިން އެއްވެސް ދިވެހި ރައްޔިތަކަށް ފައިދާވާނެ ގޮތަށް އަމަލުކޮށްފައިނުވާތީވެސް އޭރު އިހުތިޖާޖުކޮށްފައިވާނެކަމަށެވެ.

ވެރިކަމަށް އައުމަށްފަހު އެންމެ ފުރަތަމަ ކުރި މަސައްކަތަކީ، އޭރު ޕީއެންސީއިން އިދިކޮޅުގައި ތިބެ ދެއްކި ވާހަކަތަކަކީ ރަނގަޅު ވާހަކަތަކެއްތޯ ބެލުންކަމަށާއި، ސަރުކާރު އޮތް ހާލަތު ދެނެގަތުމުގެ ގިނަ މަސައްކަތްތަކެއް އޭރުކޮށްފައިވާނެކަމަށް ވިދާޅުވިއެވެ. އެއާއިއެކު ހާމަވެގެން ދިޔައީ ގައުމު އޮތީ ހީކުރި ވަރަށްވުރެވެސް ގޯސް ހާލަތެއްގައިކަންކަމަށް ފާހަގަކުރެއްވިއެވެ. މާލީ އިދާރާތަކުގެ ހާލަތުވެސް އޮތީ އެހާ ނިކަމެތިކޮށްކަމަށާއި، ހަމަ އެ ފަދައިން ސިއްހީ ދާއިރާއާއި، އިޖުތިމާއީ ގޮތުން ފާހަގަކޮށްލެވޭ އެތައް ދާއިރާއެއް އޮތީ އިނދަޖެހިފައިކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ސަރުކާރަށް އެންމެ ފުރަތަމަ ޖެހުނީ މި ކަންތައްތައް ހަމަ މަގަށް އެޅުވުމަށްޓަކައި ހަރުދަނާ ސިޔާސަތުތަކެއް ކަނޑައެޅުމަށްކަމަށާއި، އެގޮތުން ރައީސްގެ އަމަލުތައް ބެހެއްޓެވީ ވަރަށް ރޭވުންތެރިކަމާއި، ހިކުމަތްތެރިކަމާއިއެކީގައިކަމަށް ވިދާޅުވިއެވެ. މިއާއިއެކު އެތައް ގޮން ޖެހުމަކާއި ކުރިމަތިލާން ޖެހުނުކަމަށް ވިދާޅުވިއެވެ.

30 މިލިއަން ރުފިޔާގެ ޕްރޮޖެކްޓަކަށް، 2 ލައްކަ ރުފިޔާ ޖަހާލީމާ ދެއްތޯ މިއީ ރައްޔިތުންނަށް ކުރާ ޖެއްސުމެއް. މިއީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒާއި، އެމަނިކުފާނުގެ ސަރުކާރަކަށް  ކުރާ ޖެއްސުމެއް ނޫން. ދިވެހި ރައްޔިތުންނަށް މީގެ ގެއްލުން ލިބެނި. އެހެންވީމަ އެފަދަ ގޮން ޖެހުންތަކާއިއެކުގައި ފުރަތަމަ އަހަރު ފެއްޓީ.

ނައިބު ރައީސް ވިދާޅުވިއެވެ.

އެގޮތުން ވެރިކަމާއި ހަވާލުވީއިރު އޮތް އެމްޑީޕީގެ ސުޕަރ މެޖޯރިޓީ މަޖިލީހުން އެތައް ދަތިތަކަކާއި ކުރިމަތި ކުރުވިކަމަށް ފާހަގަކޮށް ނައިބު ރައީސް އިޝާރާތް ކުރެއްވީ އެދުނު ކަންކަން ބަޖެޓުގެ ތެރެއިން ހަމަޖައްސައި ނުދިނުމެވެ. އެގޮތުން ރަސްމާލެ މަޝްރޫއު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ 2024 ވަނަ އަަހރުގެ ބަޖެޓުވެސް ފާސްކުރީ ދަތިކުރުމުގެ ގޮތުން، ޖެއްސުމަށްކަމަށެވެ. އެއީ ރާއްޖެ ބަގުރޫޓުކޮށް، އިނދަޖައްސާލުމަށް ސިޔާސީ ގޮތުން ކުރިކަމެއްކަމަށް ވިދާޅުވިއެވެ.

މިއީ ރާއްޖގެ ތާރީހުގައިވެސް މިގޮތަށް އަމަލުކުރި ފުރަތަމަ ފަހަރުކަމަށް ނައިބު ރައީސް ވިދާޅުވީ އެކަމާއިމެދު ކަންބޮޑުވުންފާޅުކޮށެވެ. އެމަނިކުފާނު މާލިއްޔަތު ކޮމިޓީގައި ވެރިކަން ބަދަލުވީއިރު، ހުރިންކަމަށް ފާހަގަކޮށް ނައިބު ރައީސް ވިދާޅުވީ ކަންކަން ރާވާ އިންތިޒާމް ކުރީ ދެން އަންނަ ވެރިކަމަކަށް ފަހިވާނެ ގޮތަށ،ް ރައްޔިތުންގެ ކަންކަން ފުއްދައިދެވޭނެ ގޮތަށްކަމަށެވެ.

ސަރުކާރަށް ޕްރެޝަރ ކުރުމަށްޓަކައި، މަޖިލީހުގެ ތެރެއިން ރައީސް މުއިއްޒުގެ ނޯ ކޮންފިޑެންސް ވޯޓެއް ނަގަން އެމްޑީޕީއިން އުޅުނު އުޅުން ނައިބު ރައީސް ސިފަކުރެއްވީ ބަގާވާތެއްގެ ގޮތުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: