ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓު ހުށަހަޅާއިރު، ތަފްސީލުތައް ހިމެނުމަކީ، މެމްބަރުންނާއި، އާންމު ރައްޔިތުންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމެއް: ނާޒިލް

މެމްބަރ ނާޒިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ބަޖެޓު ހުށަހަޅާއިރު، އެކަމުގެ ތަފްސީލުތައް ފުރިހަމައަށް ހިމެނުމަކީ، މަޖިލީހުގެ މެމްބަރުންނާއި، އާންމު ރައްޔިތުންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީޙުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

2026 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގެބަހުސްގައި ވާހަކަފުޅު ދައްކަވަމުން ނާޒިލް ފާހަގަކުރެއްވީ، ފިނޭންސް މިނިސްޓަރ ބަޖެޓު ހުށަހަޅުއްވަމުން، ބަޖެޓަކީ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ހެދިފައިވާ އެއްޗެއް ކަމަށް ވިދާޅުވި ނަމަވެސް، ޢަމަލީގޮތުން ބަޖެޓުގައި ހިމަނަންޖެހޭ ތަފްސީލުތައް މަދުކަމެވެ.

ބަޖެޓުގައި ބޭނުންވާ ތަފްސީލުތަކެއް ހުރުމަކީ، މަޖިލީހުގެ މެމްބަރުންނާއި، ރާއްޖޭގެ އާންމު ރައްޔިތުންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެކަމެއް ކަމަށް ނާޒިލް ވިދާޅުވިއެވެ. އަދި އެކަން އެގޮތަށް ކޮށްދެއްވުމަށް އޭނާ ތަކުރާރުކޮށް އެދިވަޑައިގެންނެވިއެވެ.

މަޖިލީހަށް ހުށަހެޅުނު 64 ބިލިއަން ރުފިޔާގެ ބަޖެޓުގެ މާނައާއި ގުޅޭގޮތުން ވެސް ނާޒިލް ވަނީ ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ، ބަޖެޓެއް އުފެދެނީ އަރަންޏާއި ދަރަންޏާއި ދެބައި އެކުވުމުން ކަމަށެވެ. ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ދެކެވަޑައިގަންނަވާ ގޮތުގައި، ދަރަނި ދަންކަން އޮތް އަދަދު އުނިކުރުމަށްފަހު، ދެން އޮތް އަދަދަކީ ބަޖެޓު ކަމަށެވެ. ނާޒިލް ވިދާޅުވީ، ރައީސްގެ މި ވިސްނުން ގަބޫލުކުރާ ފަރާތްތައް ވެސް އުޅުއްވާއިރު، ހަގީގަތަކީ އަރަންޏާއި ދަރަނި އެކުވެގެން ނޫނީ ބަޖެޓެއް ނުވާނެ ކަމެވެ.

މީގެ އިތުރުން ނާޒިލް ފާހަގަކުރެއްވީ، މިހާރު ހިންގަމުންދާ އަހަރުގެ ހަރަދުތައް ވެސް ބަޖެޓުގައި ހިމަނަންޖެހޭނެ ކަމަށާއި، މިކަން ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވީ ނަމަވެސް، އެ ތަފްސީލުތައް ބަޖެޓުގައި ހާމަކޮށްފައި ނުވާކަމެވެ. ”މިފަދައިން އަމަލުކުރުމަށް ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާނެ،“ ނާޒިލް ވިދާޅުވިއިރު، މިކަމުގެ ސަބަބުން ބަޖެޓުގެ ހާމަކަން ކުޑަވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ބަޖެޓު ކޮމިޓީގައި އެމްއެމްއޭގެ ގަވަނަރާއި، އޮޑިޓަރ ޖެނެރަލު ވަރަށް މުހިއްމު ނުކުތާތަކެއް ފާހަގަކުރައްވާފައިވާކަން ނާޒިލް ހާމަކުރެއްވިއެވެ. ވަކިން ޚާއްސަކޮށް، ފިނޭންސް މިނިސްޓްރީން މައުލޫމާތު ހިއްސާކުރެއްވިއިރު، ބަޖެޓުން ފެންނަން އޮންނަ ހަރަދުތައް ބޮޑުވެގެންދާ ދިޔުމަށް، މިހާރުގެ ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާކަން އެބޭފުޅުން ވަރަށް ބޮޑަށް ފާހަގަކުރައްވާފައިވާ ކަމަށް ނާޒިލް ވިދާޅުވިއެވެ. މިއީ ސަރުކާރުގެ މާލީ ސިޔާސަތުތަކާމެދު ސުވާލު އުފައްދާ ނުކުތާއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: