ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޭޝަނަލް ސްޕޯޓްސް ފަންޑުގެ އެކައުންޓުތައް މިއަހަރުގެ ތެރޭގައި ހުޅުވާނެ: ރާފިޢު

ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު -- ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އެލީޓް އެތުލީޓުން ބިނާކުރުމަށްޓަކައި ހުޅުވި ނޭޝަނަލް ސްޕޯޓްސް ފަންޑުގެ އެކައުންޓުތައް މިއަހަރުގެ ތެރޭގައި ހުޅުވިގެންދާނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ސަންގަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރ ވިދާޅުވީ ކުޅިވަރަކީ ލާމަރުކަޒީ ވާންޖެހޭ އެއްޗެއްކަމަށެވެ. އެގޮތުން ކުޅިވަރު ލާމަރުކަޒީ ކުރުމަށްޓަކައި ރީޖަން ތަކުގައި އެކުޅިވަރަކާއި ގުޅުންހުރި އެސޯސިއޭޝަންތަކެއް ވެސް އުފެދި އެކަންކަންވެސް ކުރަންޖެހޭނެ ކަން ގާނޫނުން މިހާރު ކަނޑައެޅިފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާފިއު ވިދާޅުވީ މުހިންމު ކަންތައްތަކެއް ޕްލޭންގައި ހިމެނިފައި ހުރުމާއިއެކު އެކަންކަން ކުރުމަށްޓަކައި ގާނޫނުގެ ތެރެއިން އިތުރު ކަންތައްތަކެއް މިނިސްޓްރީއަށް ފަހިވެފައިވާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެލީޓް އެތުލީޓުން އުފެއްދުމަށްޓަކައި ހާއްސަ ފަންޑެއް އެކުލަވާލުމަށްޓަކައި އެކަންވެސް ފަހުވެގެން ދިޔައީ ގާނޫނުގެ ތެރެއިން ކަމަށެވެ.

ދެ ޖިންސުގެ ހަމަހަމަކަން ކުޅިވަރުތެރޭގައި ގާނޫނުން ލިބިގެންދިޔައީ ކުޅިވަރާއި ބެހޭ ގާނޫނަށް މިފަހުން ގެނެވުނު އިސްލާއިއެކު ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

”ދެން އެއީ ނޭޝަނަލް ސްޕޯޓްސް ފަންޑުގެ ނަމުގައި ފަންޑެއް ދިޔައީ ކްރިއޭޓް ވެގެން. އެކަން މިހާރު އަޅުގަނޑުމެންނަށް މިވަނީ ފަނޑުގެ ބޯޑުވެސް އެކުލަވާލެވި، އަދި އެ ބޯޑުގެ ކޮމިޓީތަކުން އުސޫލުތައް ހަދަން ފެށިފައި އަޅުގަނޑުމެންނަށް މިހާރު މިވަނީ“

މިނިސްޓަރ ވިދާޅުވީ މިއަހަރުގެ ތެރޭގައި އެ އެކައުންޓުތައް ހުޅުވި ފަންޑު އޮޕަރޭޝަންއަށް ގެނެވޭނެ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އެލީޓް އެތުލީޓުން ބިނާކުރުމަށްޓަކައި ފޯކަސްޑް ބަޖެޓެއް އެކަމަށް ހާއްސަވެގެން ދިއުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

މީގެއިތުރުން މިނިސްޓަރ ވަނީ އެންޓިޑޯޕިންގ އޭޖެންސީގެ ވާހަކަ ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ އެންޓިޑޯޕިންގ އޭޖެންސީއަކީ ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް މިނިވަންކޮށް އޮންނަތަނަކަށް ވުމުން އެކަން އެންމެ ރަނގަޅަށް ކުރަންވެސް ޖެހެނީ މިނިވަންކަމާއިއެކު ކަމަށެވެ. އެގޮތުން އެކަމަށްޓަކައިވެސް ވަކި ބޯޑެއް އެކުލަވާލެވި މިނިސްޓްރީގެ ބޭރުން އެކަން ކަން ކުރެވޭނެ ގޮތް ހަމަޖެއްސިގެން ދިޔަ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: