ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބީ މަގާމުތަކުގެ އަދަދު މަދުކުރަނީ ސަރުކާރަށް ބާރުތައް ޖަމާކުރުމަށް: ޒިޔާދު

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޒިޔާދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބީ މަގާމުތަކުގެ އަދަދު މަދުކުރަނީ ސަރުކާރަށް ބާރުތައް ޖަމާކުރުމަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޒިޔާދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ހުށައެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހެވެ. ބިލުގެ ބަހުސްގެ މަރުހަލާގައި ވާހަކަދައްކަވަމުން ޒިޔާދު ވިދާޅުވީ، މި އިސްލާހަށް ތާއީދު ނުކުރައްވާކަމަށެވެ. އިންތިހާބީ މަގާމުތައް މަދުކުރުމަށް މި ސަރުކާރުން މަސައްކަތްކުރަމުންދާކަމަށާއި، މިއީ ރައްޔިތުން އެދޭ ގޮތް ނޫންކަމަށް ޒިޔާދު ވިދާޅުވިއެވެ.

ކައުންސިލަރުންގެ އަދަދު 3 އަކަށް މަދުކުރުމުން ލާމަރުކަޒީ ނިޒާމު ރަނގަޅަށް ހިންގޭނެކަމަށް ގަބޫލުނުކުރާކަމަށް ފާހަގަކޮށް ޒިޔާދު ވިދާޅުވީ، ހަރަދު ކުޑަކުރުމަށްކަމަށް ވިދާޅުވެ މި އިސްލާހު ގެންނަވާއިރު، ގައުމު ހިނގަން ޖެހޭކަމަށެވެ.

އަމަލުން ދިވެހިރާއްޖޭގެ އެންމެ އިގްތިސާދު ރަނގަޅު ދުވަސްވަރު، މިއީ އެންމެ ސިޔާސީ މަގާމު ގިނަ ދުވަސްވަރު، އަޅުގަނޑުމެން ހަދައިފީމޭ މި ރާއްޖޭގައި ދުނިޔޭގެ ރިކޯޑެއް! އިއްޒަތްތެރި ރައީސް، ދުނިޔޭގެ ރިކޯޑެއް! ހަވާ އެރުވުމުން. ގައިމު ވަރަށް ފައިސާ ހުންނާތީ އެވަރުކަމެއް ވާނީ.

ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ ހަވާއެރުވުންފަދަ ކަންކަމުން ރިކޯޑު ހައްދަވާނީ ފައިސާ ހުންނާތީ ނޫންތޯކަމަށެވެ. ސިޔާސީ މަގާމުތަކުގައި ތިއްބެވި މުވައްޒަފުންގެ އަދަދުވެސް އަދިވެސް ހާމަނުކުރާކަމަށާއި، އެމީހުންނަށް ކުރާ ހަރަދުވެސް ހާމަނުކުރާކަމަށް ޒިޔާދު ވިދާޅުވިއެވެ. މިކަންކަން ކުރުމަށް ފައިސާ ހުންނަނީކަމަށްވާނަމަ، ރަށްތަކަށް ބޭނުންވާ ކަންކަން ފުއްދައިދިނުމަށް އިންތިހާބު ކުރާ ކައުންސިލަރުން މަދުކުރަން ޖެހެނީ ކީއްވެގެންތޯ ޒިޔާދު ސުވާލުއުފެއްދެވިއެވެ.

ހަރަދު ކުޑަކުރުމުގެ ނަމުގައި ކައުންސިލަރުންގެ އަދަދު މަދުކުރުމަށްފަހު، އެތައް މުވައްޒަފުންނެއް ސިޔާސީ މަންފާއަށް އެކިއެކި ކުންފުނިތަކަށް ނަގާކަމަށް ޒިޔާދު ވިދާޅުވިއެވެ. މި ސަރުކާރުން ގާނޫނުތަކަށް ބަދަލު ގެންނަމުންދަނީ ސަރުކާރަށް ބާރުތައް ޖަމާކުރުމަށްޓަކައިކަމަށް ފާހަގަކޮށް ޒިޔާދު ވިދާޅުވީ، އިންތިހާބީ މަގާމުތަކަށް ސަރުކާރުގެ ނުފޫޒު ފޯރުވޭނެ ގޮތަށްވެސް ބިލުތައް ފާސްކުރަމުންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: