ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގުން ”ގްރޭޓް ޕްލޭސް ޓު ވޯކް“ ސެޓިފިކޭޝަން ހާސިލުކޮށްފި

ދިރާގުން "ގްރޭޓް ޕްލޭސް ޓު ވޯކް" ސެޓިފިކޭޝަން ހާސިލު ކުރުން/ ފޮޓޯ: ދިރާގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގުން ”ގްރޭޓް ޕްލޭސް ޓު ވޯކް“ ސެޓިފިކޭޝަން ހާސިލުކޮށް، އެ ކުންފުންޏަކީ މުވައްޒަފުންގެ ތަޖުރިބާއާއި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް އަދި ހުރިހާ މުވައްޒަފުން ޝާމިލުވާ، މުވައްޒަފުންގެ ބޭނުންތަކަށް އިސްކަންދޭ ސަގާފަތެއް އޮތް ކުންފުންޏެއްކަން ސާބިތުކޮށްދީފި އެވެ.

ގްރޭޓް ޕްލޭސް ޓު ވޯކް ސެޓިފިކޭޝަންއަކީ މުވައްޒަފުންގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ މިންގަނޑުތަކަށް ފެތޭ ކުންފުނިތަކަށް ދޭ ސެޓިފިކޭޝަނެކެވެ. މި ސެޓިފިކޭޝަނަކީ ”ޓްރަސްޓް އިންޑެކްސް ސާވޭ“ ގެ ޒަރިއްޔާއިން މުވަޒަފުންގެ ފަރާތުން އެއްކުރެވޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ދޭ ސެޓިފިކޭޝަނެކެވެ. މި ގޮތުން، މި ސަރވޭ މެދުވެރިކޮށް މުވަޒަފުން ކުންފުންޏަށް ކުރާ އިތުބާރާއި، އިހްތިރާމާއި، ކުންފުންޏާމެދު ފަހުރުވެރިވާ މިންވަރު އަދި ކުންފުނީގައި މުވައްޒަފުންގެ ތަޖުރިބާ ހުރި ގޮތް މިން ކުރެވިގެންދެއެވެ.

”ގްރޭޓް ޕްލޭސް ޓު ވޯކް“ ސެޓިފިކޭޝަންއާއެކު ދިރާގު ވެގެންގޮސްފައި މި ވަނީ ދިވެހިރާއްޖޭގައި ވެސް މި ސެޓިފިކޭޝަން ހާސިލުކޮށްފައިވާ މަދު ކުންފުންނިތަކުގެ ތެރޭގައެވެ. އަދި، އޭޝިއާ ސަރަހައްދަށް ނިސްބަތްވާ ޓެލެކޮމިއުނިކޭޝަން ކުންފުނިތަކުގެ ތެރެއިން ވެސް މި ސެޓިފިކޭޝަން ހާސިލުކޮށްފައިވާ މަދު ކުންފުންނިތަކުގެ ތެރޭގައެވެ.

މި ކާމިޔާބީ ފާހަގަކުރުމަށް ދިރާގުގެ މުވައްޒަފުންނަށް ބޭއްވި ހާއްސަ ހަފްލާއެއްގައި ވާހަކަފުޅުދައްކަވަމުން ދިރާގުގެ ސީއީއޯ އަދި އެމްޑީ، އިސްމާއިލް ރަޝީދު ވިދާޅުވިގޮތުގައި، ”ދިރާގަށް ”ގްރޭޓް ޕްލޭސް ޓު ވޯކް“ ސެޓިފިކެޓް ހާސިލްކުރުމަކީ ލިބުނު ވަރަށް ބޮޑު ފަހުރެކެވެ. އަދި މި ކަމުން ޔަގީންކޮށްދެނީ ދިރާގުގައި މުވައްޒަފުންނަށް ފަހި މަސައްކަތުގެ މާހައުލެއްއޮތްކަމާއި، މުވައްޒަފުންގެ އިހްސާސްތައް އަޑުއަހާ މުވައްޒަފުން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތް ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގަންނަކަންކަމަށް ވިދާޅުވި އެވެ.

އިސްމާއިލް ވިދާޅުވި ގޮތުގައި، މިއީ ދިރާގުގެ ކަސްޓަމަރުންނާއި މުޖުތަމައުއަށް އެންމެ ފުރިހަމައަށް ހިދުމަތްތައް ފޯރުކޮށްދިނުމުގައި މުވައްޒަފުން ބާރުވެރިކުރުމަށް ދިރާގުންދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެކެވެ. އަދި މި ސެޓިފިކޭޝަނުން ދިރާގަކީ ހަމައެކަނި ޓެކްނޮލޮޖީގެ ދާއިރާގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ކުންފުންޏެއްގެ އިތުރުން، މީހުން ބިނާކުރުމުގައި ވެސް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ކުންފުންޏެއްކަން ސާބިތުކޮށްދޭކަމަށް ވިދާޅުވި އެވެ.

މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ދިރާގުގެ ހިއުމަން ރިސޯސް ޑިރެކްޓަރ، އަޒްހާ ޒަމީރު ވިދާޅުވިގޮތުގައި، މި ސެޓްފިކޭޝަނަކީ ކުންފުނީގެ އެންމެން އެކުގައި މަސައްކަތްކޮށްގެން ބިނާކޮށްފައިވާ މަސައްކަތުގެ ސަގާފަތުގެ އެހީގައި ހޯދައިފައިވާ ކާމިޔާބީއެކެވެ. މި ގޮތުން، ދިރާގަކީ މަސައްކަތުގެ ފުރިހަމަކަމުގެ މައްޗަށް ކުރިއެރުން ލިބޭ، ކުރިއެރުމަށް ހިތްވަރުދޭ، އެކަކު އަނެކަކުގެ ދުޅަހެޔަކަމަށް އިސްކަންދޭ ސަގާފަތެއް އޮތް ކުންފުންޏެއްކަމަށް ވެސް ވިދާޅުވި އެވެ.

ދިރާގުން ދަނީ އެ ކުންފުނީގެ މުވަޒައްފުންގެ ކުރިއެރުމަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަ ޕްރޮގްރާމްތައް ހިންގައި މުވައްޒަފުންނަށް އެކި ގޮތްގޮތުން ފައިދާތައް ފޯރުކޮށްދެމުންނެވެ. 99.9 އިންސައްތަ ދިވެހިންގެ މައްޗަށް އެކުލެވިގެންވާ މުވައްޒަފުންގެ ޓީމެއް މަސައްކަތްކުރާ މި ކުންފުންޏަކީ މަސައްކަތުގެ މައިދާނުގައި ދިވެހީންގެ ކުރިއެރުވުމަށް އިސްކަންދޭ، ލީޑަރޝިޕް ޑިވެލޮޕްމަންޓް އަދި ވޯކް-ލައިފް ބެލެންސް އަށް އިސްކަންދީގެން އެކަކު އަނެކަކަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދޭ ސަގާފަތެއް އޮތް މަސައްކަތުގެ މާހައުލެއް ދެމެހެއްޓުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކުންފުންޏެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: