ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށް، މި ދެ އަހަރު ބިލުތަކުން ދެވުނު ޑިސްކައުންޓު 118 މިލިއަނަށް އަރާ: ސްޓެލްކޯ

ސްޓެލްކޯ އިމާރާތް: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރަމަޟާން މަހު ރައްޔިތުންނަށް ދިމާވާ މާލީ ބުރަ ކުޑަކުރުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނިންމެވި ނިންމެވުމާއި އެއްގޮތަށް ސްޓެލްކޯއިން ކަރަންޓު ބިލްތަކުން ބޮޑު ޑިސްކައުންޓެއް ދީފައިވާނެކަަށް އެ ކުންފުނިން ބުނެފި އެވެ.

ސްޓެލްކޯއިން މި މައުލޫމާތު ހިއްސާ ކުރީ ”ހަފްތާ 104“ ގެ ކާމިޔާބީތަކުގެ މައުލޫމާތު އާންމު ކުރަމުންނެވެ. އެގޮތުން ކުރި ޕޯސްޓެއްގައި ބުނީ، ސަރުކާރުގެ މި ސިޔާސަތުގެ ދަށުން ޖުމްލަ 118 މިލިއަން ރުފިޔާގެ ޑިސްކައުންޓު ދެވިފައިވާނެކަމަށެވެ.

ސްޓެލްކޯއިން ބުނީ މި ނިންމެވުމުގެ ބޭނުމަކީ ރަމަޟާން މަހާއި އެއަށްފަހު އަންނަ ބޮޑު އީދާ ދިމާކޮށް ރައްޔިތުންގެ ކަރަންޓާއި ފެން ބިލަށް އަންނަ ބަދަލުތަކުން ލުޔެއް ހޯދައިދިނުން ކަމަށެވެ. ސްޓެލްކޯއިން ޚިދުމަތްދޭ ހުރިހާ ސަރަހައްދެއްގައި މި ޑިސްކައުންޓް ވަނީ ދެވިފައިވާނެކަމަށް ވަނީ ބުނެފަ އެވެ.

Image

ސްޓެލްކޯއިން ބުނި ގޮތުގައި، ޑިސްކައުންޓް ދެވިފައިވަނީ 2024 އާއި 2025 ގެ މާޗު އަދި އޭޕްރީލް މަހުގެ ބިލުތަކަށެވެ.

ސްޓެލްކޯއިން އާންމު ކުރި ހިސާބުތައް ދައްކާ ގޮތުގައި 2024 ވަނަ އަހަރުގެ މާޗު މަހު 20.7 މިލިއަން ރުފިޔާގެ ޑިސްކައުންޓު އަދި އޭޕްރިލް މަހު 43.5 މިލިއަން ރުފިޔާގެ ޑިސްކައުންޓު ދެވިފައިވާނެ އެވެ.
މި އަހަރުގެ މާޗު މަހު ޑިސްކައުންޓުގެ ގޮތުގައި ޖުމްލަ 20.5 މިލިއަން އަދި އޭޕްރިލް މަހު ޑިސްކައުންޓުގެ ގޮތުގައި 33.1 މިލިއަން ރުފިޔާ ދެވުނުކަމަށް ކުންފުނިން ވަނީ ބުނެފަ އެވެ.

މި ހަތަރު މަހުގެ ބިލްތަކުން 118 މިލިއަން ރުފިޔާ ވަނީ ޑިސްކައުންޓް ކުރެވިފައިވާނެކަން ކުންފުނިން ފާހަގަކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: