ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިކުނޑި ބިނާކުރުމުގެ މަސައްކަތަކީ، މުޅި ގައުމާއި ގުޅިފައި އޮތް ކަމެއް: ނަސީރު

ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިކުނޑި ބިނާކުރުމުގެ މަސައްކަތަކީ، ހަމައެކަނި އެއް ވުޒާރާއަކަށް ނިސްބަތްވާ ކަމެއް ނޫން ކަމަށާއި، މިއީ މުޅި ގައުމާއި ގުޅިފައިވާ މުހިންމު ކަމެއް ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

މި ވާހަކަފުޅު ވަޒީރު ދެއްކެވީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި ސަންގުޓީވީން ގެނެސްދިން ހާއްސަ ކަވަރެޖެއްގެ ތެރެއިން ދެއްވި އިންޓަވިއުއެއްގައެވެ.

ވަޒީރު ވިދާޅުވީ ދިވެހި ބަހުގެ ދާއިރާ ފުރިހަމަވެގެންދަނީ، ދިވެހި ބަހާއި، ސަގާފަތާއި، އާދަކާތަކާއި، މާއްދީ، މާނަވީ އަދި ތޮބީޢީ ތަރިކަތައް އެކުވެގެންދިޔައީމާ ކަމަށެވެ. މީގެ ތެރޭގައި ދިވެހީންގެ ތާރީހާއި ތަޖުރިބާތަކާއި މަސައްކަތްތެރިކަން ހިމެނިގެންދާ ކަމަށާއި، ދިވެހި ބަހަށް ދިރުން ގެނެސްދެނީވެސް މި ހުރިހާ އެއްޗަކާއި އެކީގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެހެންނަމަވެސް، މި ހުރިހާ ކަމެއްގެ ކުރިއަށް، ދިވެހީންގެ އަސްލުތަކާއި، ބަހާތަކާއި، ތާރީހާއި ސަގާފަތުގެ ދާޢިރާއާއި މެދު، ގައުމުގެ ހުރިހާ ދަރަޖައަކުން ދެކޭ ގޮތް ބަދަލުވުން މުހިއްމުކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެ ބަދަލު އައުމަށްފަހު މެނުވީ، ދެން ކުރަން އޮތް މަސައްކަތްތައް ނުކުރެވޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ގިނަ ދާރާސަތަކުން ދައްކާގޮތުގައި، ދިވެހި ބަހަށް، ދިވެހީންގެ މެދުގައި މިހާރު އެހާ މަތީ ދަރަޖައެއްގެ ގަދަރެއް ޖުމަލް ގޮތެއްގައި ދެވެމުން ނުދާކަމަށް ވަޒީރު ވިދާޅުވިއެވެ. މިކަމަށް މިސާލު ދައްކަވަމުން، އޮފީސްތަކުގެ ލިޔެކިޔުންތަކާއި، އާއްމު މުއާމަލާތްތަކާއި، ކަންކަން ނިންމޭ ހަމަތަކަށް ބަލާލުމުން މިކަން އެނގިގެންދާ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ވަނީ ދިވެހީންގެ ބަހާއި ތަރިކައިގެ ދާއިރާ އޮތީ ނުރައްކާތެރި ފައްތަރެއްގައި ކަމަށް ސިފަކުރައްވާފައެވެ. އެހެންކަމުން، އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ، ދިވެހި ބަހާއި ތާރީހާއި، މާއްދީ، މައުނަވީ އަދި ތޮބިއީ ތަރިކަތަކަކީ ކޮބައިކަމާއި، ގައުމެއްގެ ދެމިއޮތުމަށްޓަކައި، މިތަކެތި ކޮންމެހެން ރައްކާތެރިކޮށް، ދަމަހައްޓާ، ދިރުވަން ޖެހޭކަމުގެ މުހިއްމުކަން، ގައުމުގެ އާންމު ގިނަ ސިކުނދީ ތަކެއްގެ ބޮލަށް ގެންނަން ޖެހޭ ކަމަށެވެ. އެކަން ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒާރާއިން ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ރައީސްގެ ވިސްނުން: ސިކުނޑި ބިނާކުރުން

ވަޒީރު އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުއިއްޒުގެ ފުރަތަމަ ޒާއްމަތުގެ، ފުރަތަމަ ބަޔާނުގައިވެސް ފާހަގަކުރެއްވީ، ސިކުނޑި ތަރައްގީކުރުމާއި، ސިކުނޑި ބިނާކުރުމާއި އަދި މާއްދީ ބިނާކުރުން، މި ދެ ބާވަތުގެ ބިނާކުރުމުގެ މަސައްކަތްތައް ކުރައްވާނެކަމަށް ކަމަށެވެ. ސިކުނޑި ބިނާކުރުމުގެ މަސައްކަތް ހަމައެކަނި ދިވެހި ބަހުގެ ވުޒާރާއިން ނޫންކަމަށާއި، މި މަސައްކަތަކީ، މުޅި ގައުމާއި ގުޅިފައިވާ ކަމަކަށްވާތީ، ހުރިހާ ދިމާލަކުންވެސް މަސައްކަތް ކުރެވިގެންދާނެ ކަމަށް ވަޒީރު ވަނީ ޔަގީންކަން ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: