ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލަރުންގެ އަދަދު މަދުކުރަން ނިންމީ އާބާދީ ކުޑަ ރަށްތަކުގައި، ފުލްޓައިމް މަސައްކަތްތަކެއް ނެތުމުން: ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ބައެއް ރަށްތަކުގެ އާބާދީ ހާހަކަށް ވުރެ މަދުއިރު، އެ ރަށްތަކުގައި ފަސް ކައުންސިލަރުން ތިބުމުން ފުލްޓައިމް ކުރާނެ މަސައްކަތެއް ނޯންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް މިހެން ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ތެރޭގައި އަތޮޅު ކައުންސިލްތައް ނުހިމެނޭ ގޮތަށް، ބަދަލު ގެނެސް އަތޮޅު ކައުންސިލް އުވާލުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާތީ އެއަށް ބަހުސް ކުރައްވަމުންނެވެ.

ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު ހުށަހަޅުއްވާފައިވާ އިސްލާހުގެ ފުރަތަމަ ކިއުން އިއްވައި ބަހުސް މަރުހަލާ މިހާރު ވަނީ ފަށާފަ އެވެ. ޝުޖާއު ހުށަހަޅުއްވާފައި ވަނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގެ (ށ) އަށް އިސްލާހު ގެނައުމަށެވެ. މި އިސްލާހުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާއަށް ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް އުފެއްދުމުގެ ބާރު އުނިކުރެވޭނެއެވެ.

އިސްލާހުގައި ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރު އުނިކޮށް، އެ މާއްދާގެ (ށ) އިސްލާހުކުރުމަށް ހުށަހަޅާފައިވެއެވެ. އެއީ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ރަށު ކައުންސިލްތަކުގެ ރައީސުން އަދި ސިޓީ ކައުންސިލްތަކުގެ މޭޔަރުން އިންތިހާބުކުރާނީ، އެ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ދީމިގްރާތީ އުސޫލުތަކުގެ މަތިން ނަގާ ސިއްރު ވޯޓަކުންކަމަށް ހިމެނުމެވެ.

ބިލުގެ ބަހުސްގައި ނާޒިމް ވަނީ ދެ ހާހަށްވުރެ ކުޑަ އާބާދީގެ ރަށްރަށުގެ ކައުންސިލަރުންގެ އަދަދު ފަހަކުން ތިނަކަށް މަދުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ނާޒިމް ވިދާޅުވީ މި ބަދަލު ގެނައުމުގެ އެންމެ ބޮޑު ސަބަބަކީ، ބައެއް ރަށްރަށުގައި 5 މެންބަރުންނަށް ފުލްޓައިމް ކުރާނެ މާގިނަ މަސައްކަތްތަކެއް ނެތުންކަމަށެވެ.

ނާޒިމް ވިދާޅުވީ މި ބިލަށް ގެނެވޭ އިސްލާހުގެ ސަބަބުން ގާނޫނުގައިވާ ގޮތަށް ނިޒާމު ކުރިޔަށް ގެންދެވޭނެކަމަށެވެ. އަދި މިއީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސް ނިންމަން ޖެހޭވަރުގެ ކަމެއް ނޫންކަަމަށް ނާޒިމް ވިދަޅުވި އެވެ. އަދި މި އިސްލާހަކީ ލާމަރުކަޒީ ގާނޫނު ފުރިހަމަކޮށް ފައްކާކުރުމަށްޓަކައި ގެނެވޭ ވަރަށް މުހިންމު އިސްލާހެއްކަމުގައި ވިދާޅުވި އެވެ.

މީގެއިތުރުން ނާޒިމް ވިދާޅުވީ، ލާމަރުކަޒީ ގާނޫނު ވުޖޫދަށް އައިސްސުރެ ގެނެވުނު އިސްލާހުތަކުން، ކައުންސިލުތަކަށް ލިބިދިން މިނިވަންކަމާއި ބާރުވެރިކަން ހެޔޮގޮތުގައި ބޭނުންކުރި ކައުންސިލުތަކާއި، ނަހަމަގޮތުގައި ބޭނުންކުރި ކައުންސިލުތަކެއް ވެސް އެބަހުރި ކަމަށެވެ. އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަކީ މިހާތަނަށް ރެގިއުލޭޓަރީ އޮތޯރިޓީއެއްގެ ގޮތުގައި ގާއިމުވެފައި އޮތް ތަނެއްކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ބައެއް ރަށްރަށުގެ އާބާދީގައި 500 މީހުން ވެސް އެ ރަށެއްގައި ދިރިއުޅެމުން ނުދާއިރު 5 ކައުންސިލަރުން ތިބެން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި އެކަމުން ހާމަވަނީ ކައުންސިލަރުންގެ އަދަދު މަދުކުރަން ނިންމީ، އާބާދީ ކުޑަ ރަށްރަށުގައި މަސައްކަތް ކުރާނެ މިންވަރަކަށް މަސައްކަތް ނެތްކަން ފާހަގަކުރެވޭތީކަމަށް ނާޒިމް ވިދާޅުވި އެވެ. މި ބަދަލާއިއެކު، ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާވެ، ރަށްރަށުގެ ތަރައްގީއަށް މަގުފަހިވާނެކަމަށް ނާޒިމް ވަނީ ވިދާޅުވެފަ އެވެ.

އަޅުގަނޑުމެން މިހާރު މި ގާނޫނަށް މި ގެންނަ އިސްލާހަކީ މިއީ ލާމަރުކަޒީ ގާނޫނު ފުރިހަމަކޮށް ފައްކާކުރުމަށް ޓަކައި ގެނެވޭ ވަރަށް މުހިންމު އިސްލާހެއް.. މިގެން ގެނެވޭ އެންމެ ބޮޑު އެއް ބަދަލަކީ ކައުންސިލަރުންގެ އަދަދު، ފަހަކުން، ތިނަކަށް، މަދުކުރުން ދެ ހާހަށްވުރެ އާބާދީ މަދު ރަށްތަކުގައި. އެއީ އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް ފެނިފައި އެބަ ހުރި މިހާރު 5 މެންބަރުން މި ތިބެގެން މި މަސައްކަތްކުރާއިރުގައި، ފުލްޓައިމް ކުރާނެ މަސައްކަތްތަކެއް ނެތްކަން ބައެއް ރަށްރަށުގައި

އަތޮޅު ކައުންސިލްތަކުން އެދެވޭ ނަތީޖާއެއް ނުނެރެވޭތީ، ގާނޫނަށް އިސްލާހު ގެނެސް އަތޮޅު ކައުންސިލް އުވާލުމަށް މަޖިލީހަށް ހުށަޅުއްވާނެކަން އިއުލާނު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

ޤާނޫނުއަސާސީ އިސްލާހު ކުރުމުގެ އިތުރުން ކައުންސިލްތަކުގެ މެންބަރުންގެ އަދަދަށް ބަދަލު ގެނެވޭނެ އެވެ. އެގޮތުން، 2000 މީހުންނަށް ވުރެ އާބާދީ ކުޑަ ރަށްރަށުގައި ތިން މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލްތައް ގާއިމުކުރެވޭނެއެވެ. އަދި 2000 މީހުންނަށް ވުރެ ބޮޑެތި ރަށްރަށުގައި ފަސް ކައުންސިލަރުން ތިބޭނެއެވެ.

މި ބަދަލާއެކު ކޮންމެ ކައުންސިލެއްގައި އަންހެން ކައުންސިލަރެއް ހިމެނޭނެ އިންތިޒާމެއް ގާއިމުކޮށް، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް އުވާލާނެކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: