ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ޒަމާނީ ތަރައްގީއާއި އެއްގޮތަށް ކުރިއެރުވުމަށް ރާއްޖެއިން މަސައްކަތް ކުރަން: އުޝާމް

ސްލީ ތަފާތުކުރުންތައް ނައްތާލުމާ ގުޅޭ ބައިނަލްއަޤުވާމީ މުޢާހަދާގެ ރިވިއުގައި ދިވެހިރާއްޖެއިން ބައިވެރިވުން/ ފޮޓޯ: އޭޖީ އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށް، އެފަރާތްތަކުގެ ކަންކަން ޒަމާނީ ތަރައްގީއާއި އެއްގޮތަށް ކުރިއެރުވުމަށް ރާއްޖެއިން މަސައްކަތް ކުރަމުން ގެންދާނެކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މި މައުލޫމާތުތައް ހިއްސާކޮށްފައި ވަނީ އދގެ ކޮމިޓީ އޮން ދި އެލިމިނޭޝަން އޮފް ރޭޝަލް ޑިސްކްރިމިނޭޝަން (ކޮމިޓީ) ގައި އޮތް ބައްދަލުވުމުގަ އެވެ.

މި މުއާހަދާގެ ދަށުން ރާއްޖެއިން ހުށަހަޅާފައިވާ 13-15 ވަނަ ޕީރިއޮޑިކް ރިޕޯޓުގައި، 2011 އިން 2022 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނަސްލީ ތަފާތުކުރުންތައް ނައްތާލުމަށް ރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކުގެ މައުލޫމާތު ހިމަނާފައިވެއެވެ. އަދި މުއާހަދާގައި ބަޔާންކޮށްފައިވާ ހައްގުތައް ދިނުމާބެހޭ ގޮތުންނާއި، ކޮމިޓީއިން ރާއްޖެއަށް ތަންފީޒުކުރުމަށް ހުށަހަޅާފައިވާ ކަންކަމާ ގުޅޭގޮތުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލުވެސް މި ރިޕޯޓުގައި ވެއެވެ.

ދެ ސެޝަނަކަށް ބަހާލައިގެން ވާޗުއަލްކޮށް ކުރިއަށްގެންދިޔަ މި ރިވިއުގައި، މުއާހަދާ ތަންފީޒުކުރުމަށް ރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ދިވެހިރާއްޖޭގެ ވަފުދުން ވަނީ ޖަވާބުދާރީވެފައެވެ.

ރިވިއު ސެޝަން ފައްޓަވަމުން ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވީ، މި މުއާހަދާގައި ބަޔާންކުރާ ކަންކަން ކަށަވަރުކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެއީ ރާއްޖޭގެ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދޭ ހަމަހަމަކަމާއި ތަފާތު ނުކުރުމުގެ އަސާސްތަކާ ގުޅިލާމެހިފައިވާ އުސޫލީ އިލްތިޒާމެއް ކަމަށެވެ. އަދި ދިވެހި މުޖުތަމައުއަކީ، އެއްބަހަކުން ވާހަކަދައްކާ، އެއް ދީނަކަށް ތަބާވާ، އެއް ސަގާފަތެއް ގެންގުޅޭ ބަޔަކަށްވާއިރު، މި މުއާހަދާގެ އުސޫލުތައް ދިވެހިރާއްޖޭގެ މައްޗަށް ހިނގަނީ، ދިވެހިރާއްޖޭގައި އުޅޭ އެހެން ގައުމުތަކުގެ މަސައްކަތްތެރިންގެ ހައްގުތަކާއި ގުޅޭގޮތުން ކަމަށްވުމާއެކު، އެކަންކަން ކަށަވަރު ކުރުމަށްޓަކައި، މިދާއިރާގައި ހުރި ގޮންޖެހުންތައް ބަލައިގަނެ، ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ޒަމާނީ ތަރައްގީއާއި އެއްގޮތަށް ކުރިއަރުވައި، އެ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރާ ކަންކަން ފުޅާކުރާނެކަމަށް އުޝާމް ވިދާޅުވިއެވެ.

މި ރިވިއުގައި ދިވެހިރާއްޖެ ތަމްސީލު ކުރެއްވި ވަފުދުގައި އުޝާމްގެ އިތުރުން ހިމެނެނީ، ހޯމް މިނިސްޓަރ އަލީ އިހުސާން އާއި، ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދާއި، ހަޔަރ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނަޒީރެވެ.

މީގެ އިތުރުން، ކަމާއި ގުޅޭ އެހެން މިނިސްޓްރީތަކާއި މުވައްސަސާތައް ވެސް މިވަފުދުގައި ހިމެނިވަޑައިގަތެވެ.

މި ރިވިއު ސެޝަނަށްފަހު، ރާއްޖެއިން ހުށަހެޅި ރިޕޯޓާއި، ރިވިއު ސެޝަންގައި ކޮމިޓީއާ ހިއްސާކުރި މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ކޮމިޓީގެ ކޮންކްލޫޑިންގ އޮބްސަރވޭޝަންތަކާއި ރިކޮމެންޑޭޝަންތައް ހިއްސާކުރާނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: