ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޮވެމްބަރުގެ ނިޔަލަށް މިނިމަމް ވޭޖް މުރާޖާކުރުމުގެ މަސައްކަތް ނިންމާލެވޭނެ: ހައިދަރު

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. ހައިދަރު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރު ނޮވެމްބަރު މަސް ނިމުމުގެ ކުރިން މިނިމަމް ވޭޖް ބޯޑުގެ ބައްދަލުވުންތައް ބާއްވައި، ގައުމީ މިނިމަމް ވޭޖް މުރާޖާކުރުމުގެ މަސައްކަތްތައް ނިންމާލުމަށް މަސައްކަތް ކުރަމުންދާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ވަޒީފާއާއި ބެހޭ ގާނޫނުގެ ދަށުން، ދިވެހިރާއްޖޭގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭން ޖެހޭ އުޖޫރައިގެ ގޮތުގައި މިނިސްޓަރ ކަނޑައަޅާ އަދަދު ކޮންމެ ދެ އަހަރަކުން މުރާޖައާ ކުރަންވާނެކަމަށް ގާނޫނުގައި ބުނެ އެވެ. އަދި ޖެނުއަރީ 2022 އިން ފެށިގެން މިހާތަނަށް 3 އަހަރުވެފައިވާއިރު މިނިވަން ވޭޖު މުރާޖައާނުކޮށް ލަސްވާތީ އެކަމާއި ގުޅޭގޮތުން މަޖިލީހުގައި ވެސް މިނިސްޓަރ އާއި ސުވާލުކޮށްފައި ވެއެވެ.

މިނިމަމް ވޭޖު ކަނޑައެޅުމުގެ މަސައްކަތްތަކާއި ގުޅޭގޮތުން ހައިދަރު ވާހަކަ ދެއްކެވީ، ”ސަންގު ޓީވީ“ އިން ގެނެސްދިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރުން ހާއްސަ ކަވަރޭޖުގެ ތެރެއިންނެވެ.

ހައިދަރު ވިދާޅުވީ މިކަމުގެ މައިގަނޑު މަގްސަދަކީ މަސައްކަތްތެރިންނަށް އިންސާފުވެރި އުޖޫރައާއި ރައްކާތެރި މަސައްކަތުގެ މާހައުލެއް ކަށަވަރުކޮށްދިނުންކަމަށެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި، ސަރުކާރުގެ މި ސިޔާސަތުގެ މައިގަނޑު މަގްސަދަކީ އިންސާފުވެރި އުޖޫރައާއި އެކަށީގެންވާ މަސައްކަތު ގަޑިތަކާއި ވަޒީފާގެ ރައްކާތެރިކަމާއި އިޖުތިމާޢީ ރައްކާތެރިކަމުގެ ކަށަވަރުކަން ލިބިފައިވާ މުވައްޒަފުން ހިމެނޭ ހިތްހަމަޖެހޭ އަދި ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމުކުރުމެވެ. އަދި މި މަގްސަދު ހާސިލުކުރުމަށް ކުރިޔަށްދާ މަސައްކަތުގެ ތެރޭގައި މިނިމަމް ވޭޖް އަލުން މުރާޖާކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެވިފައިވާކަމަށް ވިދާޅުވިއެވެ.

ހައިދަރު އިތުރަށް ވިދާޅުވީ މިނިމަމް ވޭޖް އެންމެ ފުރަތަމަ ކަނޑައެޅުނު ފަހުން ދެ އަހަރުވެފައިވާ ކަމަށާއި، މިނިމަމް ވޭޖް ކޮންމެ ދެ އަހަރަކުން މުރާޖާކުރުމަށް ގަވައިދު ބުނި ނަމަވެސް އެ ދެ އަހަރު ހަމަވީއިރު ވެސް އޮތީ އެ މަސައްކަތް ނުކޮށް ދޫކޮށްލެވިފައި ކަމަށެވެ. މިހާލަތުގައި، މިހާރު މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ މި އަހަރު ނޮވެމްބަރު މަސް ނިމުމުގެ ކުރިން މިނިމަމް ވޭޖް ބޯޑުގެ މީޓިން ބާއްވައި، މިނިމަމް ވޭޖް ރިވިއު ކުރުމުގެ މަސައްކަތްތައް ނިންމާލުމަށްކަމަށް ހައިދަރު ފާހަގަކުރެއްވި އެވެ.

މިކަމުގެ ސަބަބުން ވަޒީފާގެ އިންސާފުވެރިކަން އިތުރަށް ކަށަވަރުވެ، މަސައްކަތްތެރިންނަށް އެކަށީގެންވާ އުޖޫރައެއް ލިބޭނެމަގު ތަނަވަސްވެގެންދާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ. އަދި މިކަމަކީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށް، އިގްތިސާދީ ގޮތުން އިތުރު ކުރިއެރުންތަކެއް ހޯދުމަށް ސަރުކާރުން އަޅާނެ މުހިންމު ފިޔަވަޅެއްކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

މި މަސައްކަތް މި މަގްސަދު ހާސިލުކުރުމަށް ކުރިޔަށްދާ މަސައްކަތުގެ ތެރޭގައި މިނިމަމް ވޭޖް އަލުން މުރާޖާކުރުމަށް ވަރަށް ބޮޑު ސަމާލުކަން ދެވިފައިވޭ. އެއީ މިނިމަމް ވޭޖް އެންމެ ފުރަތަމަ ކަނޑައެޅިތާ ފުރަތަމަ ދެ އަހަރުވެފައި، އަނެއްކާ ދެ އަހަރުން ކަނޑައަޅަން އޮތީ… އެ ދެ އަހަރު ހަމަވީރުވެސް އޮތީ މުރާޖައާ ނުކޮށް… އަނެއްކާ މިފަހަރު އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މި އަހަރު ނޮވެމްބަރު ނިމެންވާއިރަށް މިނިމަމް ވޭޖް ބޯޑުގެ މީޓިން ބާއްވައި، މިނިމަމް ވޭޖް ރިވިއު ކުރުމުގެ މަސައްކަތްތައް ނިންމާލުމަށް… މީގެ ސަބަބުން ވަޒީފާގެ އިންސާފުވެރިކަން އިތުރަށް ކަށަވަރުވެ، މަސައްކަތްތެރިންނަށް އެކަށީގެންވާ އުޖޫރައެއް ލިބޭނެމަގު ތަނަވަސްވެގެން ދާނެ…

މި މަސައްކަތް މި ސަރުކާރުގައި ލަސްވި ސަބަބެއްކަމަށް ހައިދަރު ވިދާޅުވީ މިނިމަމް ވޭޖު ކަނޑައެޅުމުގައި މަސައްކަތް ކުރި ޓެކްނިކަލް ގިނަ ބޭފުޅުން އެކި ސަބަބުތަކާއި ހުރެ މަސައްކަތާއި ދުރަށް ގޮސްފައިވުމެވެ. އެހެންވެ ފަންނީ ލަފާ ހޯދުމުގައި ދަތިތައްދިމާވިކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ހައިދަރު ވިދާޅުވީ އައިއެލްއޯގެ ލަފައަކީ ދެ ފިޔަވައްސަކަށް ބަހާލައިގެން މިނިމަމް ވޭޖު މުރާޖައާ ކުރުން ކަމަށެވެ. އެގޮތުން މި މަސައްކަތަށް ބޭނުންވާ ޑޭޓާ އެއްކޮށް، ސެކަންޑްރީ ޑޭޓާ އެއްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ހައިދަރު ވިދާޅުވި އެވެ.

މީގެއިތުރުން އެ އޯގަނައިޒޭޝަނުން ވަނީ ރާއްޖޭގެ ލޭބަރ ފޯސްއާއި ވަކިވަކި ގޭގެއަށް ލިބޭ އާމްދަނީއާއި ހަރަދުތަކުގެ ސާވޭއެއް ހެދުމަށް ވެސް މަސައްކަތް ފަށާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: