ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ބައިވެރިވާ ޖަލްސާއެއް މާދަމާ ރޭ ވިލިމާލޭގައި

ޕީއެންސީން ބޭއްވި ޖަލްސާއަށް ރައީސް މުއިއްޒު ވަޑައިގަތުމުން އެ މަނިކުފާނުގެ ސަޕޯޓަރުން މަރުހަބާ ދަންނަވަނީ .---ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް މާދަމާ ވިލިމާލޭގައި ބާއްވާނެކަން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މިކަމާއި ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ މިއީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ބާއްވާ ޖަލްސާކަމަށެވެ.

މާލެ ސަރަޙައްދުގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވި އިޢުލާނުކުރެއްވުމާ އެއްގޮތްވާ ގޮތުގެ މަތީން، ވިލިމާލޭގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށް ބޭއްވޭ ބައްދަލުވުން 2025 ނޮވެމްބަރު 23 ވާ އާދީއްތަ ދުވަަހުގެރޭ 20:30 ގައި މި ވިލިމާލޭ މުޙްޔިއްދީން ސްކޫލްގައި އޮންނާނެކަމަށެވެ. ވީމާ ވިލިމާލޭގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމުގެ ދަޢުވަތު އަރުވަމެވެ.

ސަރުކާރަށް ދެ އަހަރުވުމާއި ގުޅިގެން ގިނަ ޖަލްސާތަކެއް ބާއްވަމުން އަންނައިރު، މި ޖަލްސާތަކުގައި ރައީސް ގެންދަވަނީ ސަރުކާރުގެ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހާމަކޮށް، މައުލޫމާތުދެމުންނެވެ.

އެގޮތުން ދާދި ފަހުން ޕީއެންސީއިން ވަނީ ބޮޑު ޖަލްސާއެއް ބާއްވާފައެވެ. އާޓިފިޝަލް ބީޗުގައި ބޭއްވި މި ޖަލްސާގައި ރައީސް ވިދާޅުވެފައިވާ ގޮތުގައި، އެ ޖަލްސާގައި 13،000 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: