ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިއަށް އޮތީ ހުރިހާ ގޮތަކުންވެސް ރައްޔިތުންނަށް އިންތިހާއަށް ބުރަ އުފުލަން ޖެހޭނެ އަހަރެއް: ޢަފޫރު

ހަނިމާދޫ ދާއިރާގެ މެމްބަރ ޢަބްދުލްޢަފޫރު މޫސާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް އަހަރަކީ ހުރިހާ ގޮތަކުން ވެސް ރައްޔިތުންނަށް އިންތިހާއަށް ބުރަ އާއި ތަކުލީފާ ކުރިމަތިލާން ޖެހޭނެ އަހަރެއް ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޢަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ޢަފޫރު މިހެން ވިދާޅުވީ ބަޖެޓު ދިރާސާކޮށް ބަޖެޓު ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ.

ޣަފޫރު ވަނީ ސަރުކާރުގެ އިގުތިސޯދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ރައްޔިތުން ތިބީ ވަރަށް ހިތްހަމަ ނުޖެހިފައިކަމަށްވެސް ޢަފޫރު ވިދާޅުވިއެވެ. ދައުލަތަށް ނުކަތާ ވަރަށް ވަޒީފާ ދިން ނަމަވެސް، އެއީ އިގްތިސާދު ހިންގުން ނޫންކަމަށް ފާހަގަކޮށް ޢަފޫރު ވިދާޅުވީ، އެ ގޮތަށް ވަޒީފާ ދިނުމަކީ ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް ވައްކަން ކުރުންކަމަށެވެ. ފެނަކައިގެ ޖޯލިފަތި ފުރައިގެން އިގުތިސާދީ ހަރަކާތެއް ކުރިއަށްނުދާނެކަމަށާއި، މިއީ ރަނގަޅުކުރަން ޖެހޭކަމެއްކަމަށް ވިދާޅުވިއެވެ.

ގައުމެއްގެ ސިފަ މިތަނުން ކެނޑިގެން މިދަނީ. މީއީކީ ނޫން ގައުމު އޮންނަން ޖެހޭ ހާލަތަކީ. ވައްކަން ކުރަން ވެސް މި ތިބީ ވައްކަން ކުރަން ނުދަންނަ ބައެއް.

ޢަފޫރު ވިދާޅުވިއެވެ.

ރައްޔިތުން ތިބީ ދަތި ހާލުގައިކަމަށާއި، ރައްޔިތުންގެ ފުދުންތެރިކަން ހުރީ ދުވަހަކުވެސް ނުދާހާ ދަށް ފެންވަރެއްގައިކަމަށް ވިދާޅުވިއެވެ. މި ސަރުކާރުގައި ތަރައްގީގެ އެއްވެސް މަޝްރޫއުއެއް ނުހިނގާކަމަށާއި، ވީ ވައުދުތައްވެސް އިބިލީހުގެ ކައިވެންޏަށް ވަމުންދާކަމަށް ޢަފޫރު ވިދާޅުވިއެވެ.

ސަރުކާރުން ބީލަމަށް ނުލައި 206 ޕްރޮޖެކްޓު ބަހާލުމަށް ހިންގި ބޮޑު ހިޔާނާތުގެ ވާހަކަ ވެސް މި ސަރުކާރުން ހުށަހެޅި އެއްވެސް ބަޖެޓަކުން ފެންނަން ނެތްކަމަށް ވިދާޅުވިއެވެ. ސަރުކާރު ހިންގުމުގައި ލަދު ހަޔާތް ކެނޑުނީމައި ރައްޔިތުންނަށް ވާނެ ގޮތް ވިސްނަން ޖެހޭނެކަމަށް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ސަރުކާރުން ކުރަމުންދަނީ ހުސް ވައްކަންކަމަށެވެ.

ޣަފޫރު ވިދާޅުވީ، އަންނަ އަހަރަށް ސަރުކާރުން ހުށަހަޅައިފައިވާ ބަޖެޓުގެ އަދަދު ބޮޑު ނަމަވެސް، އެއީ ރައްޔިތުންނަށް ކޮށްދޭން ހުރި ކަންތައްތައް ސާފުނުވާ އަދި ގޯސް ބައިވަރު ކަންތައްތައް އެކުލެވޭ ބަޖެޓެއް ކަމަށެވެ. އަދި، އަންނަ އަހަރަށް ހުށަހެޅިފައިވާ ބަޖެޓަކީ، ގާނޫނާއި ގަވާއިދާއި ހިލާފަށް ހުށަހަޅައިފައިވާ ބަޖެޓެއް ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. ޣަފޫރު އިތުރަށް ވިދާޅުވީ، މި ބަޖެޓަކީ ސަރުކާރުގެ ”ނާޗަރަންގީ“އަށް، ރައްޔިތުންގެ ފައިސާއިން، 64 ބިލިއަން ރުފިޔާ ހޭދަކޮށްލަން އެކަށައަޅައިފައިވާ ބަޖެޓެއް ކަމަށެވެ.

ދަރަނީގެ މައްސަލައަށް އަލިއަޅުވާލައްވަމުން ޣަފޫރު ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް ހަވާލުވިއިރު ދައުލަތުގެ ދަރަނި ހުރީ 115 ބިލިއަން ރުފިޔާގައި ކަމަށާއި، ނަމަވެސް 2026 ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 158 ބިލިއަނަށް އަރައިގެންދާނެ ކަމަށެވެ. ”އޭގެ މާނައަކީ މުޅި ދައުލަތުގެ ދަރަނީގެ 27 ޕަސަންޓަކީ މި ސަރުކާރުން މި ތިން އަހަރުގެ ތެރޭގައި އުފައްދާ ދަރަންޏޭ،“ ޣަފޫރު ވިދާޅުވިއެވެ. މިއަދު ދަރަނި ބޮޑުވެ، ދަރަނި އަނބުރާ އަދާނުކުރެވޭ ހާލަތުގެ ވާހަކަ ދައްކާއިރު، މި ސަރުކާރުން ތިން އަހަރު ތެރޭގައި އެއްވެސް ސަރުކާރަކުން ނުނަގާ ވަރަށް ދަރަނި ނަގާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: