ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިން ބޭނުން ކުރާ ކިރު ދަޅެއްރާއްޖޭގައި ބޭނުންކުރަން މަނާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިން ބޭނުންކުރާ ކިރު ދަޅެއްގެ ތެރޭގައި ޖަރާސީމު ހިމެނޭތީ، ރާއްޖޭގައި އެ ބްރޭންޑްގެ ކިރުދަޅު ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު މަނާކޮށްފިއެވެ.

އެމްއެފްޑީއޭ އިން މައުލޫމާތު ދީފައިވާ ގޮތުގައި ތަޣައްޔަރުވެފައިވަނީ އެމެރިކާގައި އުފައްދާފައިވާ އިންފެންޓް ފޯމިއުލާއެއް ކަމަށްވާ ބައިހާޓް ހޯލް ނިއުޓްރިޝަން އިންފެންޓް ފޯމިއުލާއެވެ. އެ ތަޣައްޔަރުވެފައިވަނީ ”ކުލޮސްޓްރިޑިއަމް ބޮޓުލިނަމް“ ނަަމަކަށް ކިޔާ ޖަރާސިމަކުން ކަމަށް އެ އިދާރާއިން ބުންޏެވެ.ތުއްތު ކުދިން ބޭނުންކުރާ ކިރު ދަޅެއް ތަޣައްޔަރުވެފައިވާ ކަމަށެވެ.

ޔޫއެސްއެފްޑީއޭ އިން ބުނީ މި އުފެއްދުން ބާޒާރުން ނެގުމަށާއި ނުވިއްކުމަށް އަދި ނައްތާލުމަށް ޔޫއެސްއެފްޑީއޭ އިން އަންގައިފައިވާކަމަަށެވެ.

މި އުފެއްދުމުގައި ހިމެނޭ ޖަރާސީމަކީ ’ބޮޓުލިޒަމް‘ ކިޔާ ބައްޔެއް ފަތުރާ ޖަރާސީމެއް ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ. އެއީ ހަށިގަނޑުގެ ނާރުތަކަށް ހަމަލާދީ ނޭވާލާން އުނދަގޫވެ، މަސްތައް ޕެރެލައިޒްވާ ވިހަ މާއްދާއެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ.

ޕްރޮޑަކްޓް ނަން: · ByHeart Whole Nutrition Infant Formula, 24 oz can, UPC: 5004496800

· ByHeart Whole Nutrition Infant Formula, 0.60 oz Anywhere Pack™, 14 packets per package, UPC: 5004496802

މަރުކާ/ބްރޭންޑް: ByHeart

އުފެއްދި ފަރާތް: ByHeart Inc.

އެހެންވެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އުފެއްދުން ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމަކީ މަނާކަމެއް އެ އޮތޯރިޓީން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: