ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަރައްގީއަށް ހުރަސްއަޅަނީ ދަރަންޏެއް ނޫން، ސިޔާސީ އަމިއްލަ އެދުންތައް: ޑރ ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ތަރައްގީއަށް ހުރަސްއަޅަނީ ދަރަންޏެއް ނޫންކަމަށާއި،، ސިޔާސީ އަމިއްލަ އެދުންތައްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، ބަޖެޓު ދިރާސާ ކުރާ ކޮމިޓީއިން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުން ޑރ ޝަމްހީދު ވިދާޅުވީ، ކޮންމެ ސަރުކާރަކަށްވެސް ހަރަދުކުރުމަށް ލިބެނީ 5 ބަޖެޓުކަމަށާއި، މިއީ ގައުމުގެ މުސްތަގުބަލު ބައްޓަންކުރުމަށް ލިބޭ ފުރުސަތެއްކަމަށެވެ. 2026 ވަނަ އަހަރަށް ހުށައަޅާފައި މިވަނީ މި ސަރުކާރުގެ 3 ވަނަ ބަޖެޓުކަމަށް ފާހަގަކޮށް ޑރ ޝަމްހީދު ވިދާޅުވީ މި ބަޖެޓު ގައުމު ކުރިއަށް ގެންދާނެ މިސްރާބު ފެންނަންވާނެކަމަށެވެ.

ނަމަވެސް އެހެން އަހަރުތަކުގެ ބަޖެޓެކޭ އެއްގޮތަށް، މި ބަޖެޓުންވެސް ސަރުކާރުގެ އަމާޒު ނުފެންނަކަމަށާއި، ތަރައްގީގެ ޕްލޭންވެސް ނުފެންނަކަމަށް ވިދާޅުވިއެވެ. ބަޖެޓުން ކުރާ ހަރަދުތަކަކީ ސިއްރިއްޔާތުގައި ކުރާ ހަރަދުތަކަކަށްވެފައިވާކަމަށް ފާހަގަކޮށް ޑރ ޝަމްހީދު ވިދާޅުވީ، ބަޖެޓުގައި ހިމަނާފައިވާ ފައިސާއަށް ކުރާ އެއްވެސް ހަރަދެއް ސާފުނުވާކަމަށެވެ. 2025 ވަނަ އަހަރަށް ފާސްކުރި ބަޖެޓުގައިވާ އެތައް ފައިސާއެއްވެސް ގޮތް ނޭގޭ ގޮތަށް އެކިއެކި ކުންފުނިތަކަށް ދީ ނިންމާފައިވާކަމަށް ވިދާޅުވިއެވެ.

އޭގެ ތެރޭގައި ޓްރޭޑް ނެޓަށް 40 ބިލިއަން ޑޮލަރު މޯލްޑިވްސް 2.0 އަށް ހޭދަކުރިކަމަށް އެބޭފުޅުން އެބަ ބުނޭ. ބަޖެޓަކުން ފެންނާކަން ނެތް. އާދެ! މިކަންކަމުން އެނގިގެންދަނީ ރައްޔިތުންގެ ޒަރޫރީ ކަންތައްތަކަށް ފައިސާ ހަރަދު ކުރުމަށް ވުރެ އިސްކުރީ އަމިއްލަ މަސްލަހަތުކަން.

ޑރ ޝަމްހީދު ވިދާޅުވިއެވެ.

ޑރ ޝަމްހީދު ވިދާޅުވީ ތަރައްގީއަށް ހުރަސްއަޅަނީ، ދަރަނި ނޫންކަމަށާއި، އިހުލާސްތެރިކަން ނެތުންކަމަށެވެ. 100 އެތައް ބިލިއަނަކުން ފައިސާ ހަރަދުކޮށްފައިވާއިރު، ދަރަނި ދައްކަން ހަރަދުކުރީ ވަރަށް މަދު މިންވަރެއްކަމަށެވެ. ޑރ ޝަމްހީދު ފާހަގަކުރެއްވި ގޮތުގައި، ބަޖެޓުން ސީދާ ރަނގަޅު ކަންކަމަށް ކުރާ ހޭދަ ކުޑައެވެ. އެގޮތުން މުސާރައިގެ ކުރިއެރުން ގެންނާނެކަމަށް ފާހަގަކުރި ނަމަވެސް އެކަންވެސް ނުވާކަމަށާއި، މުވައްޒަފުން ތިބެނީ އިހުތިޖާޖަށް ނިކުމެ މަގުމަތީގައިކަމަށް ފާހަގަކުރެއްވިއެވެ.

މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއިއެކު އެތައް ފައިސާއެއް ބޮޑެތި އަދަދުތަކުން މުވައްޒަފުންގެ މުސާރައިން ގެއްލެމުންދާކަމަށް ޝަމްހީދު ފާހަގަކުރެއްވިއެވެ. ދަރަނި އޮތްކަން އަބަދުވެސް އެނގޭކަމަށާއި، އެހެންކަމުން މިކަންކަމަށް ތިބެން ޖެހޭނީ ސަމާލުވެކަމަށް ވިދާޅުވިއެވެ. އަންނަ އަހަރު ދައްކަން އޮތް ސުކޫކުވެސް ފަސްކޮށްފައިވާކަމަށާއި، ދަރަނި ދެއްކުމުގެ އެއްވެސް ކަމަކަށް ސަރުކާރުން ފައިސާ ދައްކަމުން ނުދާކަމަށް ފާހަގަކޮށް ޑރ ޝަމްހީދު ވިދާޅުވީ، ސަރުކާރުން އެއްވެސް ޒިންމާއެއް ނުނަގާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: