ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ އަޑާއި، އިވެންޓުތަކުގެ ކުލަގަދަ ނަމަވެސް އެފިޝިއެންސީއެއް ނުފެނެ: ކުޑޫ

ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ): ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ އަޑާއި، އިވެންޓުތަކުގެ ކުލަގަދަ ނަމަވެސް އެފިޝިއެންސީއެއް ނުފެންނަކަމަށް ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެއެވެ.

ބަޖެޓު ކޮމިޓީއިން، ބަޖެޓު ދިރާސާކޮށް ނިންމި ރިޕޯޓަށް ބަހުސް ކުރައްވަމުން މެންބަރު ވިދާޅުވީ، 2026 ވަނަ އަހަރަށް ހުށައަޅާފައިވާ ބެޖެޓުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ފައިސާ ލިބޭނެ ގޮތްތަކެއް ނެތުންކަމަށެވެ. އަދި ބަޖެޓުން ކޮށްދޭން ވައުދުވެފައިވާ ކަންތައްތައްވެސް ކޮށްދެވިފައިނުވާކަމަށް ވިދާޅުވިއެވެ. އެގޮތުން މުސާރައަށް ގެނައުމަށް ވެފައިވާ ވައުދުތައްވެސް ފުއްދިފައިނުވާކަމަށާއި، އެއްވެސް ހެޔޮ ބަދަލެއް ފެންނަމުން ނުދާކަމަށް ވިދާޅުވިއެވެ.

ހަރަދު ކުޑަ ކުރުމަށްޓަކައި އެޅި އެއްވެސް ތަންފީޒީ ފިޔަވަޅެއް ނެތްކަމަށް ފާހަގަކޮށް މެންބަރު ވިދާޅުވީ، އަތޮޅުތަކުގެ ސިއްހީ ދާއިރާތައް ތަރައްގީކުރާނެ ބަޖެޓުވެސް ނުފެންނަކަމަށާއި، ރާއްޖެއިން ބޭރުން އާސަންދައަށް ކުރެވޭ ހަރަދު ދަށް ކުރެވޭނެ ގޮތެއްވެސް މީގެ ތެރެއިން ފަހިވެފައި އޮތްކަމަށް ނުފެންނަކަމަށް ވިދާޅުވިއެވެ.

މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ ވަޒީފާތައް ހުސްވެފައި އޮތް ސަރުކާރެއް. އުފެންދުންތެރިކަން އަޅުގަނޑުމެންގެ ވަރަށް ބޮޑުތަނުން ކުޑަވެއްޖެ، މީގެ އެންމެ ދެރަކަމަކީ، ސަރުކާރުގެ ވަޒީރުންގެ ތެރެއިން މަސައްކަތްކުރައްވާ ރައްޔިތުންނާއި ގުޅުން ހުރި ކަންތައްތަކުގައި، އަޅުގަނޑުމެންނަށް ޖަވާބެއް ދެއްވާ ވަޒީރުންވެސް ވަރަށް މަދު. ޑެލިވަރީ މި ފެންނަނީ ވަރަށް ދަށްކޮށް.

މެންބަރު ވިދާޅުވީ ގައުމީ އުފެންދުންތެރިކަންވެސް އިންތިހާއަށް ދަށަށް ގޮސްފައިވާކަމަށެވެ. އަދި ރަނގަޅު މަސައްކަތްތަކެއް ކުރައްވާ ވަޒީރުންވެސް މަދުކަމަށާއި، ރައްޔިތުންނާއި ގުޅުން ހުރި މައްސަލަތަކުގައި މަސައްކަތްކޮށް، މެންބަރުންނަށް ޖަވާބެއް ދެއްވާ ވަޒީރަކުވެސް މަދުކަމަށް ފާހަގަކުރެއްވިއެވެ. މިކަމާއިމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

މީގެ އިތުރުން ހާރިޖީ ގުޅުންތައްވެސް ހީނަރުވަމުންދާކަމަށާއި، ރައްޓެހިކަންކަމަށް ބުނެ ދައްކަނީ ބީރައްޓެހިކަންކަމަށް ފާހަގަކޮށް މެންބަރު ވިދާޅުވީ، ސަރުކާރުގެ އަޑާއި، އިވެންޓުތަކުގެ ކުލަގަދަ ނަމަވެސް އެފިޝިއެންސީ ނުފެންނަކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: