ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތް ބަނގުރޫޓުވާނެކަމުގެ އުންމީދުގައި އޮތް އެމްޑީޕީއަށް ސަރުކާރު ކުރިޔަށްދާތަން ބަލަން އުނދަގޫވާނެ: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމު ދަރުވާލުމަށް ފަހު ވެރިކަމުން ފައިބައިގެން ދިޔަ ބަޔަކު، ދައުލަތް ބަނގުރޫޓުވާނެކަމުގެ އުންމީދުގައި ތިއްބައި ފައިސާ ޗާޕުނުކޮށް އިތުރު ދަރަންޏެއް ނުނަގައި ކުރިޔަށްދާތަން ފެނުމުން އެމްޑީޕީއަށް އުނދަގޫވާނެކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރައްވަމުންނެވެ.

ޝުޖާއު ވިދާޅުވީ ސަރުކާރުން ރައްޔިތުން ހިތްއުފާކޮށްދީ، ފައިސާ ޗާޕުނުކޮށް ގައުމު ކުރިޔަށް ގެންދާތީ، އެމްޑީޕީގެ މެންބަރުންނަށް ވަރަށް އުނދަގޫވާނެ ކަމަށެވެ.

ޝުޖާއު ވިދާޅުވީ، ރައްޔިތުން ތަމްސީލުކުރާއިރު، ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރެވޭ ކޮންމެ ކަމަކަށް އާނބަސް ބުނާނެ ހިތްވަރު ޕީއެންސީގެ މެމްބަރުންގެ ހުންނާނެ ކަމަށެވެ. ނަމަވެސް، މިއަދު ފެނިގެންދަނީ ރައްޔިތުންނާ ގުޅުންހުރި ރަނގަޅު މަޝްރޫޢުތަކަށް އެމްޑީޕީއިން ހުރަސްއަޅަން މަސައްކަތްކުރާ މަންޒަރުކަމަށް ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ އެމްޑީޕީގެ ވެރިކަން ނިމުމުއިރު ގައުމު އޮތީ އެއްކޮށް ދަރުވާލާފައިކަމަށެވެ. އެމްޑީޕީން ނަގާފައި ހުރި ބޮޑެތި ދަރަނިތަކާއި އެކު ވެސް ޝެޑިއުލްއަށް އެއްވެސް ބަދަލެއް ނައިސް ދަރަނިތައް ދައްކަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންނަށް ބޭނުންވާ އަސާސީ ހުރިހާ ހިދުމަތެއް ވެސް ރައްޔިތުންނަށް ފޯރުކޮށްދީފައިވާއިރު، ރައްޔިތުން ބޭނުންވި ހުރިހާކަމެއް ފުރިހަމައަށް ކުރިޔަށް ގެންދެވުނުކަމަށް ޝުޖާއު ވިދާޅުވި އެވެ.

އެހެންކަމުން ގޯސް ހާލަތެއް އޮވެމެ، ފައިސާ ޗާޕުކުރުމަކާއި ނުލައި އިތުރު ދަރަންޏެއް ނުނަގައި ގައުމު ރަނގަޅު މިސްރާބަކަށް ގެންދެވުމުން އެކަމާއި މެދު އެމްޑީޕީއަށް އުނދަގޫވާނެކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.

ދިވެހިރާއްޖެ ދަރުވައިލާފައި ތުންފަތްމައްޗަށް އޮތް އޮތުން ނިމުމަކަށް ގެނެސް، އެމްވީޕީ ސަރުކާރުތަކުންނާއި އޭގެ ކުރީގެ ސަރުކާރުތަކުން ނަގާފައި އޮތްހާ ދަރަނިތައް ޝެޑިއުލަށް އެއްވެސް ދުވަހެއް ލަސްނުވެ ބަރާބަރަށް ދައްކަމުން ގެންގޮސް، ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހުރިހާ ހިދުމަތްތަކެއް ސަރުކާރުގެ ފަރާތުން ބަރާބަރަށް އަދާކޮށްދީ.. އެ ޒިންމާ ފުރިހަމައަށް އަދާކުރަމުން، ހުރިހާ ރައްޔިތުން ހިތްއުފާކޮށްދެމުން މިއަދާ ހަމަޔަށް، ފައިސާ ޗާޕުނުކޮށް މި ގައުމު ވާސިލުވީމާ، ވަރަށް އުނދަގޫވާނެ އެމްޑީޕީގެ މެންބަރުންނަށް..

ޝުޖާއު ވިދާޅުވީ އެމްޑީޕީގެ މެންބަރުން މި ބަޖެޓަށް ވޯޓު ނުދޭނެކަމަށާއި، ކިތަންމެ ރަނގަޅަކަށް މި ބަޖެޓު އޮތަސް އެމްޑީޕީއަށް އެކަން ނުވާނެކަމަށެވެ. އެއީ ބަޖެޓު ގޯސްވެގެނެއް ނޫންކަމަށާއި، އެއީ ސަރުކާރު ހިންގަން ދަތިކުރުމަށްޓަކައި، ރައްޔިތުންނަށް އުނދަގޫކުރަން ވެގެން ކުރެވޭ ކަންތައްތައްކަމަށް ޝުޖާއު ވިދާޅުވި އެވެ.

2025 ވަނަ އަހަރަށް ފާސްކުރި ބަޖެޓުގައި، ބޯހިޔާވަހިކަމުގެ ސިޔާސަތަށް ޚާއްސަ އިސްކަމެއް ދީފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. ޝުޖާއު ވިދާޅުވި ގޮތުގައި ރައީސް މުޢިއްޒުގެ ސަރުކާރުން ގޯއްޗާއި ފުލެޓު ދެއްވާނީ ހިއްކާފައި ހުރި ސަރަހައްދުތަކުންނެވެ. އަދި ވިދާޅުވީ އެމްޑީޕީން އަމަލު ކުރި ގޮތަށް ކަނޑުގެ އަޑީން ގޯތި ނުދޭނެކަމަށެވެ.

ޝުޖާއު ވިދާޅުވީ، ސަރުކާރުން މިހާރު ތަންފީޒުކުރަމުންދަނީ އުއްމީދީ ބަޖެޓެއް ކަމަށާއި، އޭގެއަށްވުރެ މާ އުއްމީދު ބޮޑު ބަޖެޓަކަށް އަލިވިލެން މަސައްކަތްކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް، އެމްޑީޕީއިން މި ބަޖެޓަށް ވޯޓު ނުދޭނެކަން އެނގޭކަމަށް ޝުޖާއު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: