ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާޒިމާގެ މައްޗަށް ކުރި ދައުވާތައް އިތުރަށް ކުރިއަށްނުގެންދިއުމަށް ނިންމައިފި

ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު/ ފޮޓޯ: ނާއިޝް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން، އޭރު ރައީސް އޮފީހުގެ ލީގަލް އެފެއާރޒް މިނިސްޓަރު ކަމުގައި ހުންނެވި، އާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކުރި ދައުވާތައް ކުރިޔަށް ނުގެންދަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ޕީޖީ އޮފީހުން ނިންމާފައި ވަނީ އާޒިމާގެ މައްޗަށް ކުރި މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމާއި، ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ދައުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ކަމަށެވެ.

މިއީ 2019، ފެބްރުއަރީ 17 ގައި ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

ޕީޖީ އޮފީހުން މިގޮތަށް ނިންމާފައި ވަނީ، އާޒިމާ ޝަކޫރުގެ ފަރާތުން މި ދަޢުވާތައް މުރާޖަޢާކޮށްދިނުމަށް އެ އޮފީހަށް ހުށަހަޅާފައި ވާތީ އެވެ.

މީގެ އިތުރުން، އާޒިމާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ އަމަލުގެ ސަބަބުން މަގުފަހިވި މަނީ ލޯންޑްރިންގ ކުށުގެ އަސްލު ފާއިލުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ސުޕްރީމް ކޯޓުގެ މި ހުކުމާ ގުޅިގެން، އާޒިމާ ޝަކޫރުގެ މައްޗަށް ކުރެވިފައިވާ ދަޢުވާތައް އިތުރަށް ކުރިއަށް ގެންދިއުމުގައި މަސްލަހަތެއް ނެތްކަމަށް ޕީޖީ އޮފީހަށް ފެންނާތީ، މި ދަޢުވާތައް ބާތިލްކުރުމަށް ނިންމާފައިވާކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: