ޑިމާންޑަށް ބަލައި އުރީދޫއިން ފަން ރަން ކިޓްގެ ފްލޭޝް ސޭލް ނޮވެމްބަރު 25 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގައި ފަށައިފިއެވެ.
މިހާރު ސޯޝަލް މީޑިއާގައި ގިނަ ކުންފުނިތަކަކުން މައާފަށް އެދުމުގެ ސްޓައިލް ނަކަލުކުރާ މި ޓްރެންޑަކީ ކަސްޓަމަރުންނާއި އެންގޭޖް ކުރުމަށް ބޭނުންކުރާ ޓްރެންޑެކެވެ. މި އަހަރުގެ ފަން ރަން ކިޓްތައް އުންމީދު ކުރި ވަރަށް ވުރެ ހަލުވި ސްޕީޑެއްގައި ވިކި ހުސްވުމާ ގުޅިގެން އުރީދޫ މޯލްޑިވްސް އިން ވަނީ މި ފޯމެޓު ބޭނުންކޮށް މައާފަށް އެދިފައެވެ.
އުރީދޫން ނެރުނު ބަޔާނެއްގައި ބުނީ ރަޖިސްޓްރޭޝަން ނިމުމުގެ ކުރިން ކިޓް ނުލިބުމުގެ ސަބަބުން ކަސްޓަމަރުންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ. މި ޕޯސްޓަށް ގިނަ ބައެއްގެ ސަމާލުކަން ލިބި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަން ރަން އަށް ލޯބިކުރާ މީހުންގެ މެދުގައި ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފަ އެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ މި އަހަރުވެސް އުރީދޫ ފަން ރަން އަށް އޮތް ލޯބި ވަރަށް ބޮޑު ކަމަށާއި މައާފަށް އެދުމުގެ ޓްރެންޑާއެކު ކަސްޓަމަރުންނާއި އެކު މަޖާ ކޮށް އެންގޭޖް ވެލާނެ މަގެއް ލިބިގެން ދިޔަ ކަމަށެވެ. އަދި މިއަދު 2 ޖަހާއިރު އޮންލައިންކޮށް ކުރިއަށޤގެންދާ ފްލޭޝް ސޭލްގެ ސަބަބުން ކަސްޓަމަރުންނަށް އިތުރު ފުރުސަތެއް ލިބުމަކީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ވަނި ބުނެފައެވެ.
އެ ބްރޭންޑުން ބުނީ އާންމުންގެ ޑިމާންޑަށް ބަލައި ފަން ރަން ކިޓްގެ ފްލޭޝް ސޭލް ނޮވެމްބަރު 25 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގައި ވަނީ ފަށާފައެވެ. އުރީދޫ ފަން ރަން އަކީ ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި 5ކޭ އަށް އާއިލާ އާއި ރަހުމަތްތެރިން އެއްތަނަކަށް އެއްތަނަކަށް އެއްކޮށްލައިގެން ބާއްވާ ފޯމް ޕާޓީތަކާއި، ކަލަރ ތްރޯތަކާއި، އިންފްލޭޓަބަލްސް އަދި ފެސްޓިވަލް ހަރަކާތްތައް ހިމެނޭ ހަރަކާތެކެވެ.
”އޮފިޝަލް އެޕޮލޮޖީ ސްޓޭޓްމަންޓް“ ޓްރެންޑުގައި އުރީދޫ މޯލްޑިވްސްގެ ބައިވެރިވުމަކީ އެ ކުންފުނިން ކްރިއޭޓިވް ޑިޖިޓަލް އެންގޭޖްމަންޓާއި މުޖުތަމައާ ގުޅުވާލައި، މަޖާކޮށް ކަސްޓަމަރުންނާއި މުއާމަލާތް ކުރުމަށް އެ ކުންފުނިން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެކެވެ

