ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު ފިންޓެކް އިން ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ކޮފީ ލިބޭ ޕްރޮމޯޝަނެއް އިއުލާނުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގު ފިންޓެކް އިން ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ކޮފީ ލިބޭ ޕްރޮމޯޝަނެއް އިއުލާނުކޮށްފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން ދަ ކޮފީ ބީން އެންޑް ޓީ ލީފް މޯލްޑިވްސްއިން ތައްޔާރުކޮށް ވިއްކާ ހާއްސަ ބުއިންތައް 26 ނޮވެންބަރު 2025 ވާ ބުދަ ދުވަހު 1 ރުފިޔާއަށް އަޖުމަބަލާލެވޭނެއެވެ.

މި ބުދަ ދުވަހު ހުޅުމާލޭގައި ހުންނަ ދަ ކޮފީ ބީން އެންޑް ޓީ ލީފް މޯލްޑިވްސްއަށް ޒިޔާރަތްކުރާ ފަރާތްތަކަށް، ދިރާގުޕޭ މެދުވެރިކޮށް އެންމެ ރުފިޔާއެއް ހަރަދުކޮށްގެން، އެ ތަނުން ލިބެން ހުންނަ 12 އައުންސުގެ ބުއިންތަކުގެ ތެރެއިން އިހްތިޔާރުކުރާ އެއް ބުއިން ލިބިގެންދާނެއެވެ. އަދި، ދިރާގުޕޭ މުޅިން އަލަށް ބޭނުންކުރާ ކަސްޓަމަރުންނަށް ވެސް، ދިރާގުޕޭ އެޕް ޑައުންލޯޑްކޮށް ރަޖިސްޓަރީކޮށްގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.

ހުޅުމާލެ ފޭސް 1ގެ ގޮނޑުދޮށް ސަރަހައްދުގައި ހުންނަ ދަ ކޮފީ ބީން އެންޑް ޓީ ލީފް މޯލްޑިވްސްއިން ޕްރީމިއަމް އިންގްރީޑިއެންޓްސް ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ތަފާތު ވައްތަރުތަކުގެ ކޮފީ އާއި ސައިގެ ބުއިންތައް ލިބެންހުރެއެވެ. 33 ކަސްޓަމަރުންނަށް އެއްފަހަރާ ހިދުމަތް ދެވޭ ގޮތަށް ތައްޔާރުކޮށްފައިވާ މި ތަނުން ދަ ކޮފީ ބީން އެންޑް ޓީ ލީފްގެ ހާއްސަ އުފެއްދުމެއް ކަމުގައިވާ އައިސް ބްލެންޑެޑް ބުއިންތަކާއި އެކި ބާވަތްތަކުގެ ކާތަކެތި ވެސް ލިބެންހުރެއެވެ. މީގެ ތެރޭގައި ޕޭސްޓްރީސް، ސޭންޑްވިޗް އަދި ފޮނިކާތަކެތި ހިމެނެއެވެ.

ދިރާގުގެ ސަބްސިޑަރީ ކުންފުންޏެއް ކަމުގައިވާ ދިރާގު ފިންޓެކްގެ މި ހާއްސަ ޕްރޮމޯޝަނަކީ ދިރާގުޕޭގެ ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. މި ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: