ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަރައްބިއްޔާގެ ބާ އިމާރާތުގައި ޕާކިންއަކާއި، ޕާކެއް ގާއިމްކުރުމަށް ވާނީ ރޭވިފައި: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަރަބިއްޔާ ސްކޫލު ހުރި ބައު އިމާރާތް، ޕާކިންއަށާއި އަދި އެތަނުގައި ޕާކެއް ގާއިމްކުރުމަށް ރާވައިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މައްޗަންގޮޅީގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ވިދާޅުވީ އަވަށުގެ ތަރައްގީއަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް މުވައްސަސާތަކުގެ ތެރެއިން ކުރައްވާނެ ކަމަށެވެ. އެއީ މަގުތަކުގެ މައްސަލަ ކަމަށް ވީނަމަވެސް، އަދި ތޮއްޖެހުން ކަމަށް ވީނަމަވެސް އެކަންކަން ހައްލު ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އަރަބިއްޔާ ސްކޫލުގެ ބައު އިމާރާތުގެ ވާހަކަ ފާހަގަކުރައްވާފައެވެ. އެގޮތުން އެ އިމާރާތް ހުރީ ބައުވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައި ކަމަށާއި، އެހެންކަމުން އެ އިމާރާތް މިހާރު ހުސްކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެތަން ތަޅާލުމުގ މަސައްކަތް ސިޓީސް މިނިސްޓްރީން ފެށުމަށް އޮތީ ތައްޔާރުވެފައި ކަމަށެވެ.

ރައީސް ވިދާޅުވީ އެތަން ތަޅާލުމަށްފަހު މިވަގުތައް ހިޔާލު ހުރީ މައިގަނޑު ދެ ކަމަކަށް އެތަން ބޭނުންކުރެވޭނެ ގޮތަށް ބިނާ ކުރުމަށް ކަމަށެވެ. އެހެންނަމަވެސް ރައްޔިތުންގެ ފަރާތުން ލިބޭ ހިޔާލުތަކަށް މިކަމުގައި ރިއާޔަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ތަނަކީ 11000 އަކަފޫޓޫގެ ބޮޑު މިނުގެ ސަރަހައްދެއް ކަމަށާއި އެހެންކަމުން އެތަނުން ބޮޑު ސަރަހައްދެއް ޕާކިންއަށް ހާއްސަކުރުމަށް ރާވައިފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ އޭގެއިތުރުން ސްކޫލުތަކާއި، އަދި އެސަރަހައްދުގައި އުޅޭ ފަރާތްތަކަށް ޕާކެއްވެސް ގާއިމްކުރުމަށް ރާވައިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ އެކަމަށް ރައްޔިތުންގެ ހިޔާލު ބޭނުންވެ ވަޑައިގަންނަވާ ކަމަށެވެ. އަދި ރައްޔިތުން އެހެން އެކަން ބޭނުންވެ ވަޑައިގަންނަވާނަމަ، އެ ސަރަހައްދު ސަރުކާރުން ރާވައިފައިވާ ގޮތަށް ތަރައްގީ ކުރުމަށް ހުރިހާ ކަމެއްވެސް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: