ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް މުދާ އަންނަ ހިސާބުން، ބަނދަރުން މުދާ ދޫކުރުމާ ހަމައަށް ހޭދަވާ ވަގުތުތައް ދެނެގަތުމަށް ސަރވޭއެއް!

"ޓައިމް-ރިލީސް ސްޓަޑީ" ގެ ނަމުގައި ސަރވޭއެއް ހިންގަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް މުދާ އަންނަ ހިސާބުން ފެށިގެން، މުދަލުގެ ލިޔެކިއުން ނިންމާ މުދާ ދޫކުރުމާ ހަމައަށް، އެކި މަރުހަލާތަކުގައި ހޭދަވާ ވަގުތުތައް ދެނެގަތުމަށް ސަރވޭއެއް ހަދަން ފަށައިފިއެވެ.

މިކަމާއި ގުޅޭ ގޮތުން ކަސްޓަމްސްއިން ހާމަކުރި މައުލޫމާތުގައި ވާ ގޮތުން ”ޓައިމް-ރިލީސް ސްޓަޑީ“ ގެ ނަމުގައި ހިންގާ މި ސަރވޭއަކީ ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާގެ މިންގަނޑުތަކަށް ފެތޭގޮތަށް، އެ ޖަމްއިއްޔާގެ ކަމާބެހޭ މާހިރުންނާ ގުޅިގެން ހިންގޭ ސަރވޭއެކެވެ.

މިގޮތުން މި ސަރވޭއަށް ބޭނުންވާ މައުލޫމާތު (ޑޭޓާ ކަލެކްޝަން) އިއްޔެއިން ފެށިގެން މި މަހުގެ 27 ގެ ނިޔަލަށް ކުރިއަށް ދާއިރު، މި މަސައްކަތުގައި ކަސްޓަމްސްގެ އިތުރުން ބަނދަރުތައް ހިންގާ ފަރާތްތަކާއި، އިމްޕޯޓް އެކްސްޕޯޓާގުޅޭ ދައުލަތުގެ މުއައްސަސާތަކާއި، ކަސްޓަމްސް ބްރޯކަރުން ހިމެނެއެވެ. އެއްކުރެވޭ މައުލޫމާތުތަކުގެ ތެރޭގައި، މުދަލެއް ރާއްޖެއަށް އަންނަ ހިސާބުން އެ މުދާ ބަނދަރަށް ބޭލުމަށް ހޭދަވާ ވަގުތާއި، މުދަލުގެ ލިޔެކިއުން ހުށަހެޅުމަށް ހޭދަވާ ވަގުތާއި، މުދަލުގެ ލިޔެކިއުން ނިންމުމަށް ހޭދަވާ ވަގުތާއި، މުދަލާބެހޭގޮތުން ދައުލަތުގެ އިދާރާތަކުން ނިންމަންޖެހޭ ކަންކަން ނިންމުމަށް ހޭދަވާ ވަގުތާއި، ކަސްޓަމްސްއިން ބަލައިފާސްކުރުމަށް ހޭދަވާ ވަގުތާއި އަދި ބަނދަރުން މުދާ ދޫކުރުމަށް (ގޭޓް އެގްޒިޓް) އަށް ހޭދަވާ ވަގުތުތައްވެސް ދެނެގަނެވޭނެއެވެ.

”ޓައިމް-ރިލީސް ސްޓަޑީ“ ގެ ނަމުގައި ސަރވޭއެއް ހިންގަނީ.

މިފަދަ ސްޓަޑީއެއްގެ ބޭނުމަކީ ރާއްޖެއަށް މުދަލެއް ގެންނައިރު، އެ މުދާ ކްލިއަރކޮށް ދޫކުރުމަށް ހޭދަވާނެ ވަގުތުތައް ދުރާލާ ވިޔަފާރިތަކަށް އެނގިގެންދިއުމާއި، ކަސްޓަމްސް އާއި ބަނދަރުތައް އަދި އިމްޕޯޓް އެކްސްޕޯޓް މުދަލާ ގުޅޭގޮތުން ދައުލަތުގެ ކަމާބެހޭ އިދާރާތަކުގައި އިތުރަށް ހަރުދަނާކުރުމަށް ހުރި ކަންކަން ދެނެގަނެ އެކަންކަމަށް މަސައްކަތްކުރުމަށް ފުރުޞަތު ލިބުމެވެ.

”ޓައިމް-ރިލީސް ސްޓަޑީ“ ގެ ނަމުގައި ސަރވޭއެއް ހިންގަނީ.

މިއީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ކުރިއަށް ގެންދާ މިފަދަ ދެވަނަ ސްޓަޑީއެވެ. ޓައިމް ރިލީޒް ސްޓަޑީއެއް އެންމެ ފުރަތަމަ ހެދިފައިވަނީ 2021 ވަނަ އަހަރުއެވެ. ވުމާއިއެކު، 2021 ވަނަ އަހަރުން ފެށިގެން ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި މުދާ ކްލިއަރކުރުމަށް ހޭދަވާ ވަގުތު ކުޑަކުރެވިފައިވާ މިންވަރާއި، އެކަންކަމަށް ގެނެވިފައިވާ ކުރިއެރުންތައް މި ސްޓަޑީއިން ފެނިގެންދާނެއެވެ. އަދި މީގެއިތުރުން، މުދާ ކްލިއަރކުރުމުގެ ޕްރޮސެސްތަކަށް ގެނެވިފައިވާ ތަރައްޤީއާއި އިތުރަށް ހަރުދަނާކުރަންޖެހޭ ކަންކަންވެސް މި ސްޓަޑީގެ ސަބަބުން ދެނެގަނެވިގެންދާނެއެވެ.

މި ސްޓަޑީއަށް އެއްކުރެވޭ މަޢުލޫމާތުގެ އަލީގައި، ހޯދޭ ހޯދުންތަކުގެ ރިޕޯރޓް ޝާއިޢުކުރުމަށް މިހާރު ރޭވިފައިވަނީ 2026 ވަނަ އަހަރުގެ މެއި މަހު މަހުގެ ތެރޭގައެވެ. މި ސްޓަޑީގެ ސަބަބުން، ސިޔާސަތުތައް ކަނޑައެޅުމަށާއި، އިދާރާތަކުގެ މެދުގައި ގުޅިގެން މަސައްކަތްކުރުން ހަރުދަނާކުރުމަށާއި، އަދި ކަސްޓަމްސްގެ އިޖުރާއަތުތައް ޒަމާނީކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އެހީތެރިވެދޭނެ މުހިއްމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. އަދި ޤައުމުގެ ވިޔަފާރިތަކަށް އިތުބާރު ހުރި ވާދަވެރި ވިޔަފާރީގެ މާޙައުލެއް ޤާއިމުކޮށްދިނުމަށް މަގުފަހިކުރެވިގެންދާނެކަމަށް ކަސްޓަމްގެ ފަރާތުން މައުލޫމާތުދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: