ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ޓެކްސީ ލައިނަކީ ޑްރައިވަރުންގެ ވިޔަފާރި އަތުލުމަށް ކުރާކަމެއް ނޫން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ފަށަން ތައްޔާރުވަމުންދާ ޓެކްސީ ލައިނަކީ އެއްގޮތަކަށްވެސް ޓެކްސީ ޑްރައިވަރުންގެ ވިޔަފާރި އަތުލުމަށް ފަށާ ހިދުމަތެއނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ޓެކްސީ ލައިންގެ ހިދުމަތް ދިނުމަށް ނިންމައި އެ މަސައްކަތް ފެށުމާއި އެކު، ޓެކްސީ ޑްރައިވަރުންއައި އެކަމަށް ފާޑުކިޔައި ކަންބޮޑުވުންފާޅު ކުރަމުންނެވެ. އަދި ސަރުކާރަކުން މިފަދަ އާންމުންގެ މަސައްކަތުގެ ދާއިރާއެއްގެ ތެރެއަށް ވަނުމުގެ ސަބަބުން އެ ފަރާތްތަކަށް އޭގެ ގެއްލުން ލިބޭނެކަމަށް ވަނީ ބުނެފަ އެވެ.

ރައްޔިތުންނަށް ދިމާވާ ދަތިތައް ހިއްސާކޮށް، އެކަމުގެ މައުލޫމާތުތައް ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރިޔަށް ގެންދަވާ ރައްޔިތުންގެ ބައްދަލުވުންގެ ތެރެއިން ރޭ އެމަނިކުފާނު ބައްދަލު ކުރެއްވީ މައްޗަންގޮޅި ރައްޔިތުންނާއި އެވެ.

ރޭ އޮތް ބައްދަލުވުމުގައި ބައިވެރިވި ބައެއް ޓެކްސީ ޑްރައިވަރުން ވަނީ، ދިމާވާ އެކި ދަތިތައް ހިއްސާކޮށްފަ އެވެ. އަދި އެކަމާއި ގުޅޭގޮތުން ރައީސް ވިދާޅުވީ މި ސަރުކާރުން ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތައް އަޑުއަހައި އެކަންކަން ހައްލު ކުރާނެކަމަށެވެ. އަދި ޓެކްސީ ޑްރައިވަރުންގެ އަގުވަޒަން ކުރާކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ޓެކްސީ ޑްރައިވަރުންނަށް އެކިކަހަލަ ލުއިތައް ގެނެސްދިނުމަށް އެމަނިކުފާނު ވައުދުވެފައިވާ ގޮތަށް، ޓެކްސީ ޑްރައިވަރުންގެ ގާނޫނީ ހައިސިއްޔަތު ލިބިފައިވާ ދަފްތަރެއް މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ. އަދި މިހާރު ވެސް ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުން ދަފްތަރުގައި ރެޖިސްޓްރީކޮށްފައިވާކަމަށް ރައީސް ވިދާޅުވި އެވެ.

މި ދަފްތަރުގައި ރަޖިސްޓަރީވުމުން ޓެކްސީ ޑްރައިވަރުންނަށް ލިބޭ ފުރުސަތުތަކުގެ ތެރޭގައި، އެކިކަހަލަ ލުއި ލޯނުތަކަށް ހުށަހެޅުމާއި، ހައުސިން ސްކީމްތަކަށް ކުރިމަތިލުމުގެ ފުރުސަތު ލިބުން ހިމެނޭނެކަމަށް ރައީސް ވިދަޅުވި އެވެ.

ދެން ސަރުކާރުން މި ފަށާ ޓެކްސީ ލައިނަކީ އެއްގޮތަކަށްވެސް ޓެކްސީ ޑްރައިވަރުންގެ ވިޔަފާރި އަތުލުމެއްނޫން.

ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ރައީސް ވިދާޅުވީ ސަރުކާރުން ފަށާ ޓެކްސީ ލައިނަކީ އެއްގޮތަކަށްވެސް ޓެކްސީ ޑްރައިވަރުންގެ ވިޔަފާރި އަތުލުމެއް ނޫން ކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ މަގްސަދަކީ މާލޭގެ ރައްޔިތުންނަށް ޓެކްސީ ހިދުމަތުން އެންމެ ރަނގަޅު ހިދުމަތް ލިބޭނެ ގޮތް ހެދުން ކަމަށެވެ. ޓެކްސީ ލައިންއަށް 406 ޑްރައިވަރުން ހޯދުމަށް އިޢުލާންކޮށްފައިވާއިރު، ސަރުކާރުން 150 އީ-ވެހިކަލް ގެންނާނެކަމަށް ރައީސް ވިދާޅުވި އެވެ.

މި ކާރުތައް އަންނަ ޖެނުއަރީ ނުވަތަ ފެބްރުއަރީ މަސް ތެރޭގައި ރާއްޖެ ގެނެވޭނެކަމަށާއި، މި ކާރުތަކަކީ އެމްޓީސީސީއިން ފަށާ ޓެކްސީ ސާވިސްއަށް ހޯދާ ކާރުތައްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ހިދުމަތަށް ޑްރައިވަރުން ހޯދާއިރު، އިސްކަންދެވޭނީ މިހާރުވެސް ޓެކްސީ ދުއްވާ ޑްރައިވަރުންނަށްކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މިވަގުތު ޓެކްސީ ޑްރައިވަރުންގެ ތެރެއިން ގިނަ ބައެއްގެ ޝަކުވާއަކީ އެ ފަރާތްތަކަށް ހަމަޖެހޭ އާންދަނީއެއް ނުލިބޭތީކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، މިހާރު ހުޅުވާލެވިފައިވާ ފުރުސަތުގައި އޮންނަ އުސޫލުގެ ތެރެއިން، ޑްރައިވަރުންނަށް ކޮންމެ މަހަކު ނުވަތަ ކޮންމެ ހަފްތާއަކު ލިބެންޖެހޭ އާމްދަނީ ލިބޭނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ ސަބަބުން އެމީހުންނަށް އާއިލާތަކާ އެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބި، އާބުރުވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ޓެކްސީއަށް އަރާ ފަރާތްތަކަށްވެސް މި ހިދުމަތުން ވަރަށް ރަނގަޅު ހިދުމަތެއް ލިބިގެންދާނެ ކަމަށާއި، ވަރަށް ރަނގަޅު ފެންވަރުގެ އަދި ތިމާވެއްޓާ ރަޙްމަތްތެރި ކާރުތަކެއް ދުއްވޭނެ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: