ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ެރައްޔިތުންގެ ހުރި އެތައް ކަންބޮޑުވުމަކަށް މި ދެ އަހަރުތެރޭގައި ހައްލު ލިބުނު: ނަސީރު

ހއ. އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ދެ އަހަރުގެ ތެރޭގައި ރައްޔިތުންގެ ހުރި އެތައް ކަންބޮޑުވުންތަކަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހައްލު ގެނެސްދެއްވާފައިވާކަމަށް ހއ. އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު ވިދާޅުވެއްޖެ އެވެ.

ނަސީރު މިހެން ވިދާޅުވީ ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

ނަސީރު ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންގެ ކަންބޮޑުވުންތައް ގުޅިފައިވާ އެތައް އިޖްތިމާއީ މައްސަލައަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހައްލު ހޯއްދަވައިދެއްވާފަ އެވެ. އޭގެތެރެއިން އެއް މައްސަލައެއްގެ ގޮތުގައި ވޭޕް މަނާ ކުރުމަށް ސަރުކާރުން ނިންމި، ނިންމުން ނަސީރު ފާހަގަކުރެއްވި އެވެ.

ނަސީރު ވިދާޅުވީ ޒުވާން ޖީލެއް ރަނގަޅު މިސްރާބަކަށް ގެންގޮސްދެއްވުމަށް ރައީސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ވަކި ސިނގިރޭޓު ބޭނުން ކުރެވޭނީ ވަކި އުމުރުފުރާއެއްގެ މަތީ މީހުންނަށްކަމަށް ކަނޑައެޅުން ހިމެނޭކަމަށް ނަސީރު ވިދާޅުވި އެވެ.

މިއާއި އެކު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އިޖްތިމާއީ އެއް މައްސަލަކަމަށްވާ، ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް މަސައްކަތް ކުރެވުނީ މި ސަރުކާރުގައި އެކަނިކަމަށް ނަސީރު ވިދާޅުވި އެވެ. ރައްޔިތުންގެ ހުރި މިފަދަ އެތައް ކަންބޮޑުވުންތަކަށް މި ސަރުކާރުގައި ހައްލު ލިބެމުންދާކަން އެއީ ފެންނާން އޮތް ހަގީގަތެއްކަމަށް އޭނާ ވިދާޅުވި އެވެ.

އެންމެ ބޮޑަށް މި ފާހަގަ މިކޮށްލެވޭ އެއްކަމަކީ ހަމަ ވޭޕް މަނާކުރުން.. ސިގިރޭޓަށް ގެންނަ ބަދަލު… އަދި މީގެ އިތުރަށް މި ވަކި އުމުރެއްގެ ފުރާއެއްގައި ދުންފަތުގެ އިސްތިއުމާލު ކުރެވޭނެ ގޮތަށް ކަންކަން ވެގެން ދިއުން. އަދި އޭގެ އިތުރަށް ބޭރު މީހުން މިގައުމުގަ އެއްވެސް އުސޫލެއް ނެތި އުޅޭ އުޅުންތަކަށް. ދެން މިހުރިހާ މަސައްކަތްތަކަކީ އަޅުގަނޑުމެންވެސް ރައްޔިތުންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތައް ހުރި ކަންކަން.. ށް. އަދި ޓީވީތަކަށް އަރައިގެން މި މަދު ބަޔަކު އެހެން ގޮތަކަށް ވާހަކަ ދެއްކި ކަމަކުގަވެސް.

ނަސީރު ވިދާޅުވި ގޮތުގައި، މި ހުރިހާ މަސައްކަތްތަކަކީ ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކަށް ލިބުނު ހައްލެކެވެ. މަދު ބަޔަކު ޓީވީތަކަށް އަރައި އެކަން އޮޅުވާލުމަށް ވާހަކަ ދެއްކި ކަމުގައިވީ ނަމަވެސް، މިޒަމާނުގައި ޓެކްނިކަލް ޑާޓާތައް ބޭނުންކޮށްގެންނާއި އެ ނޫން ވެސް ފަންނީ ދާއިރާތަކުގެ ތެރެއިން ރައްޔިތުންނަށް ތެދު މައުލޫމާތުތައް ލިބޭނެކަމަށް ނަސީރު ވިދާޅުވި އެވެ.

ސަރުކާރުން ސިޔާސީ ހަމަޖެހުން ގާއިމު ކުރުމަށް ކުރެވި މަސައްކަތްތަކާއި ގުޅޭގޮތުން ނަސީރު ވިދާޅުވީ މި ވެރިކަމުގައި ސިޔާސީ ހަމަނުޖެހުންތައް ނުފެންނާނެ ކަމަށެވެ. އަދި ހިޔާލުފާޅުކޮށް، އެއްވެ އުޅުމަށްޓަކައި އިދިކޮޅު ފަރާތްތަކަށް ވެސް އެ ޖާގަ ދެވިފައިވާނެކަމަށް ވިދާޅުވި އެވެ.

ދަރަނީގެ މައްސަލައިގައި ނަސީރު ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު އޮތީ ވަރަށް ދަތި ހާލަތެއް ކަމަށެވެ. އެހެންވެ ސަރުކާރުން ވަރަށް ވިސްނުންތެރިކަމާއި އެކު އެޅި ފިޔަވަޅުތަކުގެ ސަބަބުން ދަރަނި ދެއްކޭނެ މަގުފަހިވެ އެތެރޭގެ ދަރަނިތައް ވެސް ދެއްކުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން ގެންދާކަމަށް ނަސީރު ވިދަޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: