ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕަބްލިކް ޓްރާންސްޕޯޓު އެކަށީގެންވާ ގޮތެއްގައި ދެވިއްޖެނަމަ، މާލެ ތޮއްޖެހުމުގެ މައްސަލައަށް ހައްލު ލިބޭނެ: މައުރޫފް

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕަބްލިކް ޓްރާންސްޕޯޓު އެކަށީގެންވާ ގޮތެއްގައި ދެވިއްޖެނަމަ، މާލެ ތޮއްޖެހުމުގެ މައްސަލައަށް ހައްލު ލިބޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

އެއްގަމު ދަތުރުފަތުރުގެ އައު ޤާނޫނެއް ގެނައުމަށް މަޖިލީހަށް ހުށައަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން މައުރޫފް ވިދާޅުވީ، މިހާރު އޮތް ގާނޫނަށް އިސްލާހުތަކެއް ހުށަނާޅައި، މުޅި އައު ގާނޫނެއް މަޖިލީހަށް ހުށަހެޅުން ރަނގަޅު ކަމަށެވެ.

މައުރޫފް ވިދާޅުވީ ކިތަންމެ ގިނަ ގާނޫނަކާއި ގަވާއިދެއް ހެދި ނަމަވެސް، އެތަނަކަށް ކެތް ނުވާވަރަށް އުޅަނދުތައް އިތުރުކޮށްފިނަމަ، ގާނޫނުތަކުގެ ބޭނުމެއް ނޯންނާނެކަމަށެވެ. މާލެއަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ، ދިރިއުޅޭ އާބާދީ އިންތިހާއަށް އިތުރުވެ، އާބާދީގެ ގިނަ އަދަދެއްގެ ބަޔަކު އެއްގަމު ދަތުރުފަތުރުކުރާ އުޅަނދަށް ބަރޯސާވާން ޖެހިފައި އޮތުންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ބަހުގެ ހިދުމަތް ތައާރަފުކޮށް، އެއް ތަނުން އަނެއް ތަނަށް ދިއުމަށްޓަކައި ގެންގުޅޭ އެންމެ ބޮޑަށް ބަރޯސާވާ އެއްޗަކަށް ބަސް ހެދުމަށްޓަކައި މަސައްކަތްތަކެއް ކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިކަމުގެ ނަތީޖާ އެންމެ އެކަށީގެންވާ ގޮތެއްގައި ޙާސިލްނުވާކަން ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ބައެއް ބޮޑެި ސިޓިތައް އަދި މަޝްހޫރު ރައްކާތެރިކަމުގެ މިންގަނޑުތައް، ސޭފްޓީ ސްޓޭންޑަޑްތައް ރަނގަޅަށް ގާއިމްކުރެވިފައި ހުރި ސިޓީތައް އެބަހުރި، މި ސިޓީތަކުގައި އުޅޭ ރައްޔިތުން ވަރަށް ބޮޑަށް އެއްގަމު ދަތުރުފަތުރު ކުރުމުގައި ޕަބްލިސްޓް ޓްރާންސްޕޯޓަށް ބަރޯސާވާކަމީ އެ ސިޓީތަކުގައި އެއްގަމު ދަތުރުފަތުރުކުރުމުގެ މައްސަލަތައް އިންތިހާއަށް ކުޑަވާން ދިމާވާކަމެއްކަމުގައި ވަނީ ފާހަގަކުރެވިފައި.

ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި އެއްގަމު ދަތުރުފަތުރުގެ މައްސަލަ އިންތިހާއަށް ކުޑަވެފައިވާ ސަބަބަކީ ޕަބްލިކް ޓްރާންސްޕޯޓަށް ބަރޯސާވުންކަމަށް ފާހަގަކޮށް މައުރޫފް ވިދާޅުވީ މާލެއަށް ބަލާއިރު ފެންނަނީ އެހެން މަންޒަރެއްކަމަށެވެ. މިގޮތަށް އަމަލު ކުރެވިއްޖެނަމަ، މަގުތަކުގެ ހާލަތުވެސް ރަނގަޅުވެގެންދާނެކަމަށް މައުރޫފް ވިދާޅުވިއެވެ.

ގާނޫނުގެ ތެރޭގައި އެއްގަމު ދަތުރުކުރުމުގެ މައްސަލަަތައް ހައްލުކުރުމަށްޓަކައި އެޑްވައިޒަރީ ބޯޑުތައް ކަނޑައަޅަން ޖެހޭއިރު، މިއީ މިހާރުވެސް ގާނޫނުގައި ބަޔާން ކުރާ ގޮތްކަމަށް މައުރޫފް ވިދާޅުވިއެވެ. ނަމަވެސް އާ ގާނޫނެއް ގެނެސްގެ، ޒަމާނާ ގުޅޭ ގޮތަށް ބަދަލު ގެނެސްގެން މައްސަލަ ހައްލުކުރުމަށް މަސައްކަތްތަކެއް ކުރުން ރަނގަޅުކަމަށް އޭނާ ވިދާޅުވިއެވެ.

ގާނޫނުތައް ތަންފީޒުކުރުމުގައި އިހުލާސްތެރިކަން އިސްކޮށް، ނަތީޖާތަކެއް ނެރުމުގެ މުހިންމުކަމާއި ގުޅޭ ގޮތުން މައުރޫފް ވާހަކަދެއްކެވިއެވެ. މާލެ ފުރި ތޮއް ނުޖެހޭނެ ގޮތަކަށް ނިޒާމު ބަދަލު ކުރެވެން ކުރަން ޖެހޭނެކަމަށް ފާހަގަކޮށް މައުރޫފް ވިދާޅުވީ ވިޔަފާރީގެ ބޭނުމަށްވެސް އުޅަނދުތައް އިތުރުކުރަމުންދާކަމަށެވެ. ކެރީއިން ކެޕޭސިޓީއެއް ކަނޑައެޅޭނީ އެއްގަމު ދަތުރުފަތުރުކުރުމަށް ކޮންމެހެންވެސް ބޭނުންވާ ފަރާތްތަކަށް ޕަބްލިކް ޓްރާންސްޕޯޓޫ ފަސޭހަކަމާއިއެކު ބޭނުންކުރެވޭނެ ގޮތް ހެދިގެންކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: