އަވަށްޓެރި ސްރީލަންކާއަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާއާއި ގުޅިގެން، ރައީސުލް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.
ސްރީލަންކާއަށް ފަހުގެ ތާރީހެއްގައި ކުރިމަތިވި އެންމެ ބޮޑު އެއް މޫސުމީ ކަރިސާގައި، އެ ގައުމުގެ އެކި ސަރަހައްދުތައް ފެންބޮޑުވެ، ގިނަ ބަޔަކު ވަނީ މަރުވެފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ސްރީލަންކާއަށް އާދަޔާ ހިލާފަށް މޫސުން ގޯސްވުމުގެ ސަބަބުން ފެންބޮޑުވެ، މީހުންގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތައް ވުމުން ހިތާމަކުރައްވާ ކަމަށެވެ. އަދި، ލަންކާއަށް ކުރިމަތިވި، އެ ހިތާމަވެރި ހާދިސާއާއި ގުޅިގެން، ދިވެހީން ދިވެހިން ތިބީ ލަންކާގެ ރައްޔިތުންނާ އެކުގައިކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ސްރީލަންކާއަށް ކުރިމަތިވެފައިވާ މޫސުމީ ދިމާވެފައި ވަނީ، ބޭ އޮފް ބެންގާލްގައި އުފެދުނު ތޫފާން ”ދީތުވާ“ ގެ ސަބަބުންނެވެ. މި ތޫފާނުގެ ސަބަބުން ސްރީލަންކާގައި ފެންބޮޑުވެ ހިނގި ހާދިސާތަކުގައި 56 މީހަކު މަރުވެ، 21 މީހަކު ވަނީ ގެއްލިފައެވެ.

