ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީގެ ނިންމުމާއި ގުޅިގެން ދޭން ޖެހޭ ހުރިހައި އެއްބާރުލުމެއް ދޭނަން: ފުލުހުން

ފުލުހުންގެ ތަރުޖަމާން އިޒްމިޔާ ޒާހިރު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީޙުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ މިހާރު ސަސްޕެންޑް ކޮށްފައިވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްއަށް 200،000 ރ ދީފައިވާ ކަމަށް ބުނެ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއސްސީން) ނިންމާފައިވާ ނިންމުމާއި އެއްގޮތަށް ފުލުހުންގެ ފަރާތުން ދޭން ޖެހޭ ހުރިހައި އެއްބާރުލުމެއް ދޭނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ. 

އަލްހާން ހައިލަމް އަށް ދެލައްކަ ރުފިޔާ ދިން ކަމަށް ބުނެ ޖޭއެސްސީން ތަހުގީގު ކުރަން ނިންމި މައްސަލައާއި ގުޅޭ ގޮތުން އެ ކޮމިޝަނުން ނެރުނު ނޫސް ބަޔާނުގައި ބުނެފައި  ގާޒީ ހައިލަމްއާއެކު އަލްހާންގެ ދެ ލައްކަ ރުފިޔާގެ ޓްރާންސެކްޝަނެއް ހިންގާފައިވާކަން ފާހަގަ ކުރެވިގެން ފުލުހުން ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ. 

ޓްރާންސެކްޝަން ހިނގާފައިވަނީ މި އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު އެވެ. ފުލުހުން އޭގެ މައުލޫމާތު ޖޭއެސްސީއަށް ހިއްސާކޮށްފައިވަނީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ. އެއީ ގާޒީއަށް ތުހުމަތުވާ ސީރިއަސް މައްސަލަތަކަށްވާތީ އެ މައްސަލަ ބަލަން ނިންމީ ކަމަށް ޖޭއެސްސީއިން ބުންޏެވެ.

މި ޓްރާންސެކްޝަންގެ މައުލޫމާތު އެމްއެމްއޭއިން ފުލުހަށް ހިއްސާކޮށްފައިވަނީ ޖުލައި މަހުގެ 25 ވަނަ ދުވަހު އެވެ. ނަމަވެސް ޖޭއެސްސީއާ ފުލުހުން އެ މައުލޫމާތު މިވިހާ ދުވަހު ހިއްސާކޮށްފައިނުވާތީ އޭގެ ކަންބޮޑުވުން ޖޭއެސްސީއިން ފާޅުކުރި އެވެ. އެގޮތުން ޖޭއެސްސީއިން ބުނީ މައްސަލާގައި އެކަށީގެންވާ ފިޔަވަޅު ފުލުހުން އަޅާފައިނުވާ ކަމަށް ގަބޫލު ކުރެވޭތީ އެކަން ބެލުމަށް ރައްޔިތުންގެ މަޖިލީހަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަދި ނޭޝަނަލް އިންޓިގްރިޓީ ކޮމިޝަނަށް ހުށަހަޅާނެ ކަމަށެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ތަރުޖަމާން އިޒްމިއާ ޒާހިރު ”ސަންގު“ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހައިލަމްއަށް އަލްހާން ދެ ލައްކަ ރުފިޔާ ދިން ކަމަށް ތުހުމަތު ކުރާ މައްސަލައިގައި ޖޭއެސްސީން ނިންމާފައިވާ ނިންމުމާއި ގުޅިގެން ފުލުހުންގެ ފަރާތުން އެކިއެކި އިދާރާތަކަށް ފޯރުކޮށް ދޭން ޖެހޭ ހުރިހައި މައުލޫޟާތެއް ފޯރުކޮށްދީ ދޭން ޖެހޭ ހުރިހައި އެއްބާރުލުމެއް ފުރިހަމަ އަށް ދޭން ކަމަށެވެ. އަދި އެއްވެސް ތަހުގީގެއް އެއް ވެސް ފަރާތަކުން ކުރިއަށް ގެންދާނަ އެ ތަހުގީގަކަށް ފުލުހުންގެ ފަރާތުން އެއްބާރުލުން ދީ ޖަވާންދާރީ ވާނެ ކަމަށް ވެސް އިޒްމިޔާ ވިދާޅުވިއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: