ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބާޣީ ލުތުފީ ފިލި މައްސަލައިގައި އަދިވެސް ދައުލަތުން ދައުވާ ނުއުފުލާ!

ބާޢީ އަބްދުﷲ ލުތުފީ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރި، ހ.ހާޖަރާގޭ ބާޢީ އަބްދުﷲ ލުތުފީ ފިލި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވިނަމަވެސް އަދި މައްސަލައިގައި ދައުވާ އުފުލާފައި ނުވާ ކަމަށް ޕްރޮސިކިޔުޓަރ ޖެނެރަރަލް ޢައިޝަތު ބިޝާމް ވިދާޅުވެއްޖެއެވެ. 

ބާޢީ އަބްދުﷲ ލުތުފީ މައްސަލަ ޕީޖީއަށް ފޮނުވާފައިވާއިރު މައްސަލައިގައި ދައުވާ ނުއުފުލާ ލަސްވާ ސަބަބާއި ބެހޭ ގޮތުން ”ސަންގު“ އިން ސުވާލު ކުރުމުން ޕީޖީ ބިޝާމް ވިދާޅުވީ މައްސަލައިގެ ތަހުގީގު ފުރުިަހަމަ ނުވާ ބައެއް ކަންކަން ހުރުމުން އެ ކަންކަން ފުރހަމަ ކުރުމަށް މައްސަލަ އަނބުރާ ފުލހުންނަށް ފޮނުވާފައިވާ ކަމަށެވެ. 

އެކަމާއި ގުޅިގެން ޕީޖީ ފުރުހަމަ ކުރަން އަންގާފައި ވަނީ ކޮން ކަންތައްތަކެއްތޯ ”ސަންގު“ އިން ފުލުހުންގެ ތަރުޖަމާން އިޒްމިއާ ޒާހިރުއާ ސުވާލު ކުރުމުން ވިދާޅުވީ މައްސަލައިގައި އަދި އިތުރަށް ނަގަން ޖެހޭ ބަޔާންތަކެއް ހުރިކަން ޕީޖީ ފާޖަގަ ކޮށް މައްސަލަ އަނބުރާ ފޮނުވާލާފައިވާ ކަމަށާއި އަދި ބަޔާންތައް ނެގުމުގެ މަސައކަތް ފުލުހުން ކުރަމުން ގެންދާ ކަމަށް އިޒްމިއާ ވިދާޅުވިއެވެ. އަދި ޕީޖީ ފުރިހަމަ ކުރަން އެންގި ކަންކަން ފުރިހަމަވިހާ އަވަހަކަށް މައްސަލަ އަނބުރާ ޕީޖީ އަށް ފޮނުވާނެ ކަމަށް އިޒްމިއާ ވިދާޅުވިއެވެ. 

ލުތުފީ ފިލާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖެނުއަރީ 16، 2010 ގައި ބޭސްފަރުވާއަށް ތިން މަހަށް އިންޑިޔާއަށް ފޮނުވުމުންނެވެ. އޭގެ ފަހުން އޭނާ އެނބުރި ރާއްޖެ އައިސްފައި ނުވާއިރު ލުތުފީ ދިރިއުޅެމުން އައި ސްރީލަންކާގައެވެ.

އޭނާ ލަންކާގައި ދިރިއުޅެމުން އައި ”ޒާން“ގެ ނަމުގައި އެ ގައުމުގެ ރައްޔިތަކަށް ހެދިގެންކަމަށް މައުލޫމާތު ލިބެއެވެ. ކުށެއް ނެތް 19 ދިވެހިންގެ ލޭ އޮހޮރުވައިލުމުގައި އިސްކޮށް އުޅުނު ބާގީ ލުތުފީ އެމްބަސީ އަށް ގޮސް އަމާންދިނީ ފުލުހުން ބުނެފައިވާ ގޮތުގައި މިދިޔަ މޭ 1 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް ލުތުފީ އެމްބަސީގައި ހުރިކަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ފަޅާއަރުވާލުމާއި އެކު ފުލުހުން ބުނެފައިވަނީ ލުތުފީ އެމްބަސީއަށް ހާޒިރުވީ އެ ގައުމުގައި ދިން ޓެރަރިސްޓު ހަމަކާތަކަށްފަހު ގެތައް ބަލާ ފާސްކުރުމުގެ އޮޕަރޭޝަނެއް ފެށުމުން އޭނާ ހައްޔަރުކޮށްފާނެތީ އިތުރު ގޮތެއް ނެތިގެން ކަމަށެވެ.

ނަވާރަ ދިވެހީން ޝަހީދުވި އެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީގެ މައްޗަށް ކުރީގެ ޖިނާއީ ކޯޓުން އިއްވީ މަރުގެ ހުކުމެކެވެ. ލަންކާގެ ޕްލޮޓް ޖަމާއަތުގެ ބަޔަކާ ދިވެހިންގެ ބަޔަކު ގުޅިގެން ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި ލުތުފީއަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ހުކުމް ލުއި ކޮށްދެއްވައި އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށްފައެވެ.

ދިވެހީން ސިއްސުވާލި އެ އުދުވާނީ ހަމަލާގައި މަރުވި 19 މީހުންގެ ތެރޭގައި ހިމެނެނީ ދީނާއި ގައުމުގެ ދިފާއުގައި ހަނގުރާމަ ކުރަނިކޮށް ޝަހީދުވި 8 ސިފައިންނާއި ބާޣީންގެ ބަޑީގެ ހަމަލާތަކުގައި ޝަހީދުވި އާންމުންގެ 11 މީހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: