ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިލޯނާއެކު ދިވެހީން ޓެލެތޯން: ޔޫތް މިނިސްޓްރީ ފަރާތުން ވެސް އެހީތެރިކަން ފޯރުކޮށްދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެސްއެމް އާއި ދިވެހި މީޑިއާތައް ގުޅިގެން ކުރިއަށްގެންދާ ”ސިލޯނާއެކު ދިވެހީން“ ޓެލެތޯނަށް، ޔޫތް މިނިސްޓްރީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

މި ތެލެތޯންއަށް މިނިސްޓްރީގެ ފަރާތުން ޖުމުލަ 31,550 ރުފިޔާ ވަނީ ހަދިޔާކޮށްފަ އެވެ.

ފައިސާ ހަވާލުކޮށްދެއްވުމަށް ފަހު ރާއްޖޭގެ ޔޫތް މިނިސްޓްރީގެ ސްޓޭޓް އަލީ ޝަމްއާން ވިދާޅުވީ މިއީ އެ މިނިސްޓްރީގެ މުވައްޒަފުންގެ ފަރާތުން ލަންކާއަށް ފޯރުކޮށްދޭ އެހީތެރިކަމެއް ކަމަށެވެ.

ޝަމްއާން ވިދާޅުވީ ލަންކާއަކީ ދިވެހި އެތައް ބަޔަކަށް ދެވަނަ ގެ ކަމަށެވެ. އަދި އެ ގައުމަށް މިވަގުތު ދިމާވެފައިވާ އެ ހާލަތަކީ، އަމިއްލަ ގާތް އަވައްޓެރި ގައުމަކަށް ދިމާވި ހާދިސާއެއްކަމަށް ވާތީ އެެ އެހީ ފޯރުކޮށްދޭން އެންމެން ވެސް ބޭނުންވާ ކަމަށެވެ.

މީގެއިތުރުން ލަންކާގައި ވެސް ދިވެހި އެތައް ބަޔަކު ދިރިއުޅެމުންދާތީއާއި އެކު، އެ ގައުމާއި ދެމެދު ވަރަށް ގާތް ގުޅުމެއް އުފެދިފައިވާކަން ޝަމްއާން ފާހަގަކުރެއްވި އެވެ.

ސްރީލަންކާއަށް ދިމާވެފައިވާ ކާރިސީ ޙާލަތުގައި އެޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގެންދާ ތެލެތޯން ހޯމަ ދުވަހުގެ މެންދުރު 2 ޖެހުމާއި ހަމައަށް ވަގުތު ވަނީ އިތުރުކޮށްފަ އެވެ.

ޓެލެތޯނަށް މިހާތަނަށް 5 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ އެހީ ލިބިފައިވެއެވެ. އަދި ވަނީ 38 ހާހަށްވުރެ ގިނަ ޑޮލަރު ލިބިފައެވެ.

ފައިސާ ހަދިޔާކުރެއްވުމަށް

އެކައުންޓުގެ ނަން: Ceylon Aaeku Dhiveheen

MVR – 7730000796107

USD – 7730000796106

Image

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: