އަވައްޓެރި ލަންލާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިޔަށް ގެންދާ ”ސިލޯނާ އެކު ދިވެހިން“ ތެލެތޯނަށް އެސްޓީއޯގެ ފަރާތުން 250،000 ރުފިޔާ ހަދިޔާކޮށްފި އެވެ.
މިއަދުގެ މެންދުރު 02:00 ހަމައަށް ކުރިޔަށް ގެންދާ މި ތެލެތޯނަށް ގިނަ އަދަދެއްގެ އާންމުންދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ސަރުކާރުގެ އެކި އިދާރާތަކާއި، މުވައްސަސާތަކުގެ އިތުރުން ކުންފުނިތަކުން ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައި ވެއެވެ.
ތެލެތޯންގެ ތެރެއިން އެސްޓީއޯއިން އެހީތެރިކަން ފޯރުކޮށްދިނީ، އެސްޓީއޯ ގުރޫޕް ހިމެނޭ، އެލައިޑް އިންޝުއަރެންސާއި، މޯލްޑިވްސް ގޭސް، އަދި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ އިތުރުން މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ހިމެނޭ ގޮތަށެވެ.
ތެލެތޯން ފެށިތާ، 24 ގަޑިއިރުގެ ތެރޭގައި ލިބުނު ފައިސާގެ އެހީގެ އަދަދު 05 މިލިއަނާއި ގާތް ކުރެއެވެ. އަދި 41،000 އަށް ވުރެ ގިނަ ޑޮލަރު ވަނީ ލިބިފަ އެވެ.
ޓެލެތޯންއަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކުން ބީއެމްއެލްގެ އެކައުންޓްތަކަށް އަދި ޓީވީ ބިލްޑިންގއާއި މާލޭގެ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ފޮށިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.
ފައިސާ ހަދިޔާކުރެއްވުމަށް
އެކައުންޓުގެ ނަން: Ceylon Aaeku Dhiveheen
MVR – 7730000796107
USD – 7730000796106

