ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިލޯނާއެކު ދިވެހީން ތެލެތޯން: ސްޓެލްކޯގެ ފަރާތުން 250،000 ރުފިޔާ

ސިލޯނާއެކު ދިވެހީން ތެލެތޯންއަށް ސްޓެލްކޯގެ ފަރާތުން ދެ ލައްކަ ފަންސަވީސް ހާސް ރުފިޔާ ހަދިޔާ ކުރުން/ ފޮޓޯ: ސްޓެލްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އަވައްޓެރި ލަންލާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިޔަށް ގެންދާ ”ސިލޯނާ އެކު ދިވެހިން“ ތެލެތޯނަށް ސްޓެލްކޯގެ ފަރާތުން 250،000 ރުފިޔާ ހަދިޔާކޮށްފިއެވެ.

ދައުލަތުގެ މީޑިއާ އަދި، ރާއްޖޭގެ ގިނަ އަދަދެއްގެ މީޑިއާތައް ގުޅިގެން ކުރިޔަށް ގެންދާ މި ތެލެތޯން ފެށީ އިއްޔެގެ ހެނދުނު 09:00 އަށެވެ. އަދި މި ތެލެތޯން މިއަދުގެ މެންދުރު 02:00 އާއި ހަމައަށް ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.

އާންމު ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު މި ތެލެތޯނަށް މިހާތަނަށް 05 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެހީގެ ގޮތުގައި ވަނީ ލިބިފަ އެވެ. އަދި ޑޮލަރުން ލިބުނު އެހީގެ އަދަދު 41،600 އަަށް އަރައެވެ.

މި ތެލެތޯންގައި ބައިވެރިވެ މިނިސްޓްރީތަކުންނާއި، ސަރުކާރުގެ އިދާރާތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަނީ އެހީފޯރުކޮށްދީފަ އެވެ. އަދި ތެލެތޯނަށް ސްޓެލްކޯގެ ފަރާތުން ވެސް 250،000 ރުފިޔާ ވަނީ ހަދިޔާކޮށްފަ އެވެ. ސްޓެލްކޯގެ ފަރާތުން ފައިސާގެ ޗެކް ހަވާލުކޮށްދެއްވީ، ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަމާހް ޝަރީފެވެ.

ދިވެހި ސަރުކާރުން ވެސް ވަނީ ލަންކާއަށް އެހީތެރިވުމުގެ ގޮތުން 50،000 ޑޮލަރު އަދި 25،000 މަސްދަޅު ކޭސް ހަދިޔާ ކުރުމަށް ނިންމާފަ އެވެ.

ފައިސާ ހަދިޔާކުރެއްވުމަށް

އެކައުންޓުގެ ނަން: Ceylon Aaeku Dhiveheen

MVR – 7730000796107

USD – 7730000796106

Image

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: