ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ މުއްދަތު ދެ އަހަރަށް އިތުރުކުރާ ބިލު ފާސްކޮށްފި

މަޖިލީސް ޖަލްސާގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ ސަރުކާރަކުން ވެސް ފަސް އަހަރުގެ ފިސްކަލް ޒިންމާގެ ޗާޓަރެއް ހަދަން ލާޒިމް ކޮށްފައިވާ މުއްދަތު ދެ އަހަރު ދުވަހަށް އިތުރު ކުރަން ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މިއީ ދައުލަތުގެ ފިސްކަލް ޒިންމާގެ ގަނޫނުގެ ދަށުން އެކުލަވާލަން ޖެހޭ ދައުލަތުގެ ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުމުގައި ދިމާވާ ދަތިތައް ހައްލުކޮށް އެ ޗާޓަރު އެކުލަވާލުމާއި ގުޅޭ އުސޫލުތައް މުރާޖައާކުރުމަށް ހުށަހެޅި އިސްލާހެކެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ، ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމެވެ. ބިލު ފާސްކޮށްފައި ވަނީ، ވޯޓުގައި ބައިވެރިވި 58 މެމްބަރުންގެ ވޯޓާއި އެކުއެވެ.

މިއަދު ފާސްކުރި އިސްލާހުގައިވާ ގޮތުން، ފުރަތަމަ ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލައި، ފާސްކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންޖެހޭ މުއްދަތު، މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 24 މަސްދުވަހުގެ ތެރޭގައި ކުރުމަށް ވަނީ ހިމަނާފައެވެ. ކުރިން ގާނޫނުގައި އޮތީ ހަ މަސް ދުވަހުގެ ތެރޭގައި ޗާޓަރު އެކުލަވާލަން ޖެހޭ ގޮތަށެވެ..

ގާނޫނަށް އަމަލު ކުރަން ފަށާތާ، ހަ މަސް ދުވަހުގެ ތެރޭގައި ހަދަން ޖެހޭ ގަވައިދުގެ މުއްދަތު ވެސް އިސްލާހުގެ ދަށުން ދެ އަހަރުގެ މުއްދަތަށް ވަނީ ބަދަލުކޮށްފަ އެވެ. އަދި ގާނޫނުގައި ބަޔާން ކުރާ، ރިޔާސީ ދައުރެއް ހިންގަން ފަށާ މުއްދަތަކީ 18 މަސްކަމަށް ކަނޑައަޅާފައިވާ މުއްދަތު އުނި ކުރުމަށް ވެސް ފާސްކުރި އެވެ.

މި އިސްލާހަށް އަމަލު ކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރައްވައި ގެޒެޓުގައި ޝާއިއު ކުރާ ދުވަހުން ފެށިގެންނެވެ.

ފިސްކަލް ޒިންމާގެ ގާނޫނުގައި ވަނީ ދައުލަތުގެ ފިކްސަލް ޕޮލިސީ ކަނޑައަޅަން ވާނީ ދައުލަތުގެ މާލިއްޔާއިން ކުރެވޭ އެންމެހައި ހޭދައެއް ހިމަނައިގެން އެ ގާނޫނަކަށްވާ ހާލަތެއްގައި ބަޔާން ކުރާ ގޮތުގެ މަތީންކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓުގެ ނިސްބަތުން ދައުލަތުގެ ޖުމްލަ ދަރަނި ދެމެހެއްޓެނިވި މިންގަނޑެއްގެ ތެރޭގައި ހިފެހެއްޓުމާއި، މެދުރާސްތާއެއްގައި ހިފެހެއްޓުމާއި، މެދުރާސްތާއެއްގައި އޯވަރޯލް ފިކްސަލް ބެލެންސް ދެމެހެއްޓެނިވި މިންގަނޑެއްގެ ތެރޭގައި ހިފެހެއްޓުން އަދި މެދުރާސްތާގައި އޯވަރޯލް ފިސްކަލް ބެލެންސް ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓެވި މިންގަނޑެއްގައި ހިފެހެއްޓުނެވެ. އަދި ފިސްކަލް ހިރާސްތައް ކުޑަވާނެ ގޮތެއްގައި މެނޭޖު ކުރުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: