ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިކޯޓުގެ ފަނޑިޔާރުކަމަށް ހާތިފްއާއި މަޒީދު އައްޔަނުކޮށްފި

ހައިކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގެ ރަސްމިއްޔަތުގެ ތެރެއިން.... ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑީޝަލް ސަރވިސް ކޮމިޝަނުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް، އަލްއުސްތާޛު ހާތިފް ޙިލްމީއާއި އަލްއުސްތާޛު ހުސައިން މަޒީދު މިރޭ އައްޔަން ކުރައްވައިފިއެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެއްވި، އަލްއުސްތާޛު ހާތިފް ޙިލްމީއާއި އަލްއުސްތާޛު ހުސައިން މަޒީދުއަށް ފަނޑިޔާރުކަމުގެ ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީއެވެ. މި ދެބޭފުޅުންނައް ފަނޑިޔާރުކަމުގެ ފަތްކޮޅު އެރުއްވީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބުލް އަލްއުސްތާޛު ޢަބްދުﷲ ޢަރީފުއެވެ.

ހައިކޯޓުގެ އާ ފަނޑިޔާރުން ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން… ފޮޓޯ: އަވަސް

ހުވާ ކުރެއްވުމަށް މިރޭ ޖޭއެސްސީގައި ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖޭއެސްސީގެ މެންބަރު މުހައްމަދު ނަޝީދުއާއި ޖޭއެސްސީގެ މެންބަރުންނާއި ސުޕްރީމް ކޯޓާއި ހައިކޯޓުގެ ބައެއް ފަނޑިޔާރުންނާއި ސްޕީރިއާ ބައެއް ކޯޓުތަކުގެ އިސް ގާޒީން ބައިވެރިވެވަޑައިގެންނެވި އެވެ.

އަލްއުސްތާޛު ހާތިފް ޙިލްމީއާއި އަލްއުސްތާޛު ހުސައިން މަޒީދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެއްވުމުން، ހައިކޯޓުގައި މިހާރު ޖުމްލަ އެގާރަ ފަނޑިޔާރުން ތިއްބަވައެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: