ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ސިލޯނާއިއެކު ދިވެހިން“ ޓެލެތޯން ނިންމާލައިފި

ސިލޯނާއިއެކު ދިވެހިން ޓެލެތޯން ނިންމާލައިފި -- ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ތޫފާން ”ޑިޓްވާ“ ގެ ސަބަބުން ސްރީލަންކާއަށް ދިމާވި މޫސުމީ ކާރިސާއާއި ގުޅިގެން އެގައުމަށް ދިމާވެފައިވާ ދަތި ހާލާތާއި ގުޅިގެން އެހީވުމަށް ޕީއެސްއެމްއާ ރާއްޖޭގެ މީޑިއާތައް ގުޅިގެން ބޭއްވި ”ސިލޯނާއެކު ދިވެހިން“ ޓެލެތޯން ނިންމާލައިފިއެވެ.

”ސިލޯނާއެކު ދިވެހިން“ ޓެލެތޯނަކީ ބާރުގަދަ ތޫފާނަކާ ގުޅިގެން ސްރީލަންކާއަށް ލިބުނު ބޮޑެތި ގެއްލުންތަކާ ގުޅިގެން އެތައްބަޔަކު މަރުވެ އެތައްބަޔަކު ހާލުގައި ޖެހިފައިވާތީ، އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޕަބްލިކް ސަރވިސް މީޑިއާއިން އިސްނަގައިގެން ކުރިއަށްގެންދިޔަ ޓެލެތޯނެކެވެ.

37 މީޑިއާއެއް ގުޅިގެން ބޭއްވި މި ޓެލެތޯން ފެށީ ނޮވެންބަރު 30 ވަނަ ދުވަހުގެ ހެނދުނު 9:00 ޖެހިއިރުއެވެ. ޓެލެތޯން ނިންމާލީ މިއަދު މެންދުރުފަހު 14:00 ގައެވެ. މި ޓެލެތޯނަށް ގިނަ އަދަދެއްގެ ޢާންމު ރައްޔިތުންނާއި ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކާއި ކުންފުނިތަކާއި ކުލަބު ޖަމިއްޔާތަކާއި އޮފީސްތަކުގެ އިތުރުން މީޑިއާތަކުން ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މިގޮތުން އެންމެ ފަހުން ޙާއްސަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ޓެލެތޯންއަށް 11.4 މިލިޔަން ރުފިޔާ އާއި 43،000 ޑޮލަރު ވަނީ ލިބިފައެވެ.

ސިލޯނާއެކު ދިވެހިން ޓެލެތޯނަށް އެންމެ ބޮޑު އަދަދެއް ހަދިޔާކޮށްފައި ވަނީ ދިވެހި ފުލުހުންގެ ހިދުމަތުންނެވެ. އެއީ 2.4 މިލިއަން ރުފިޔާ އެވެ. ދެވަނައަށް އެންމެ ގިނައިން ފައިސާގެ އެހީއެއް ދިނީ ދިވެހި ސިފައިންގެ ފަރާތުންނެވެ. ސިފައިންގެ ފަރާތުން 1 މިލިޔަން ރުފިޔާ ވަނީ ހަދިޔާކޮށްފައއެވެ.

ސްރީލަންކާއަށް ދިމާވެފައިވާ ކާރިސީ ޙާލަތުގައި އެޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދިޔަ ޓެލެތޯންގެ ތެރެއިން އެކި ކުންފުނިތަކާއި ޖަމްޢިއްޔާ ޖަމާއަތްތައް އަދި އެކި ވުޒާރާތަކުގެ އިތުރުން ވަކި ވަކި ފަރުދުންވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ބޮޑެތި އަދަދުތަކުން ފައިސާގެ އެހީ ދީފައިވާކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: