ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޙުލޫފުގެ ޓުވީޓުން ހައިލަމްއަށް ނުފޫޒުފޯރުވިކަން ދޭހަވޭ؟

ޔޫތް މިނިސްޓަރ އަޙުމަދު މަޙުލޫފު.... ފޮޓޯ: ސަންގު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ އޯޑަރަށް ސިޔާސީ ފަރާތްތަށް ޖަލަށްލުމަށް ޙުކުމް ކުރައްވާ ބޭފުޅަކަށް މިއަދުވެސް ހީވާނީ އެހެން ބޭފުޅުން ނުފޫޒުފޯރުވާނެކަން ކަމަށް ޔޫތް މިނިސްޓަރ އަޙުމަދު މަޙުލޫފު ވިދާޅުވެއްޖެއެވެ.

މަހުލޫފު މިފަދައިން ވިދާޅުވީ ރައީސް ޔާމިން ޖަލަށް ލާނެ ކަމުގެ ޔަޤީންކަން ދެއްވުމަށް ސަރުކާރުގެ ވެރިން ގުޅުއްވި ކަމަށް ކްރިމިނަލް ކޯޓުގެ އިސްޤާޒީ ހައިލަމް ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

މަހުލޫފު ވިދާޅުވީ، ރައީސް ޔާމިން ޖަލަށް ލުމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ހައިލަމްއަށް ގުޅުއްވާނެ ކަމަށް އޭނާ ހީފުޅުކުރެއްވީ ކަމަށެވެ. ނަމަވެސް މި ސަރުކާރުގައި އެގޮތަށް ނުވާނެ ކަމަށް މަހުލޫފު ވިދާޅުވިއެވެ.

https://twitter.com/AhmedMahloof/status/1192758925927403520

ކުރީގެ ރައީސް ޔާމިންގެ ޒައާމަތުގައި އެއްފަހަރާ ކަހަލަ ގޮތަކަށް ގިނަ އަދަދެއްގެ ސިޔާސީ ވެރިން ވަނީ ޖަލަށް ލާފައެވެ. އޭގެ ތެރޭގައި މަޙުލޫފުވެސް ހިމެނިވަޑައިގަންނަވައެވެ.

މަހުލޫފުގެ މި ޓުވިޓަށް ރިޕްލައިކޮށް ގިނަ ބަޔަކު ވަނީ މި ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވަމުންދާ ކަމަށާއި އެގޮތުން ރައީސް ޔާމިންގެ ޝަރީޢަތުގެ ޙުކުމް އިއްވުމަށް ތާވަލު ކުރި ދުވަހު ޤާޒީ ހައިލަމް ސަސްޕެންޑް ކުރުމުން ސުވާލު އުފެދޭ ކަމަށެވެ. އަދި މަހުޅުފުގެ ޓުވީޓުންވެސް ހައިލަމްއަށް އިންޒާރުދީ ވަކި ގޮތަކަށް ޙުކުމް އިއްވުމަށް މަޖުބޫރު ކުރުވިކަން އިނގޭ ކަމަށް ބައެއް މީހުން ޓުވީޓު ކުރިއެވެ.

މީގެ އިުތުރުން މިއަދު ވަގުތެއްގައި މަހުޅުފު ވަނީ ރައީސް ޔާމިން ޖަލަށް ޙުކުމް ކުރަން ފެނޭތޯ ނުވަތަ ނޫންތޯ އަހާ ޓުވިޓާގައި ޕޯލެއްވެސް ހަދާފައެވެ. އެ ޕޯލަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ވޯޓުވެސް ދީފައެވެ.

https://twitter.com/AhmedMahloof/status/1192727576713629696

މިނިސްޓަރ ލެވެލްގެ ބޭފުޅަކު މިފަދަ ގޮތަކަށް ޕޯލެއް ނެރުމުން މަހުލޫފައް ވަނީ ފާޑުކިޔުންވެސް އަމާޒުވެފައެވެ. އަދި މިއީ ވެސް ސަރުކާރުގެ އިސްބޭފުޅުން ރައީސް ޔާމިންގެ ޝަރީޢަތް ވަކި ގޮތަކަށް ނިންމުމަށް ނުފޫޒުފޯރުވުން ކަމަށް ބައެއް މީހުން ބުނެއެވެ.

އިސް ޤާޒީ ހައިލަމް ސަސްޕެންޑު ކުރުމާއި ގުޅިގެން އޭނާ ވަނީބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ވިދާޅުވެފައިވަނީ، ސަރުކާރުގެ އިސް މަގާމުތައް ފުރުއްވަމުން ގެންދަވާ ބޭފުޅުން ސީދާ ގޮތުން މެސެޖްކޮށްގެންނާއި ގުޅައިގެން އަދި ހައިލަމް ދަންނަ މީހުން މެދުވެރިކޮށްގެން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ޖަލަށްލުމަށް ހުކުމްކުރާނެކަމުގެ ކަށަވަރުކަން ދިނުމަށް އެދިފައިވާ ކަމަށެވެ.

އަދި އެގޮތަށް ކަށަވަރުކަން ނުދެވޭނެކަމަށް ބުނުމުން، އަލްހާން ފަހުމީއާއި މެދު ހިނގާފައިވާ ޓްރާންސެކްޝަން މައްސަލަ ޕޮލިހުގައި އެބަ އޮތްކަމަށާއި، ޙުކުމްގެ ކަށަވަރުކަން ނުލިބޭނަމަ އެ މައްސަލަ ބެލޭނެ ކަމުގެ އިންޒާރުވެސް ދީފައިވާކަމަށް ހައިލަމް ވިދާޅުވިއެވެ.

އަދި ސަސްޕެންޑު ކުރާނެ ކަމުގެ އިންޒާރުވެސް ދީފައިވާކަމަށާއި، މިކަން ހިނގާދިޔަކަން ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި، ގާޟީއަށްވެސް އެނގިލައްވާނޭކަމަށް ހައިލަމްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: