ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެދެވޭ ފުރުސަތުތަކެއް ދެވިއްޖެ ނަމަ މުޖުތަމައުގައި މުހިންމު ހިއްސާއެއް އަދާކުރާނެ: ޒުހައިރު

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެދެވޭ ފުރުސަތުތަކެއް ދެވިއްޖެ ނަމަ، މުޖުތަމައުގައި މުހިންމު ހިއްސާއެއް އަދާކުރާނެ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާގެ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ޒުހައިރު ވަނީ އެޗްޑީސީއަށް އެހީތެރިކަން ދެއްވާތީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވަޒީރު، ޑރ. އާއިޝަތު ޝިހާމަށް ޝުކުރު އަދާކުރައްވާފައެވެ. ޒުހައިރު ވިދާޅުވީ މުޖުތަމައުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ އެފަރާތްތަކުގެ ހާއްސަ ހުނަރުތަކާއި ގާބިލިއްޔަތާއި ވަރުގަދަ އަޒުމެއް ހުރި ބައެއް ކަމަށެވެ.

އެމީހުންނަށް އެދެވޭ ފުރުސަތުތަކެއް ދެވިއްޖެ ނަމަ، މުޖުތަމައުގައި މުހިންމު ހިއްސާއެއް އަދާކުރާނެ ބައެއް ކަމަށް ޒުހައިރު ވިދާޅުވިއެވެ. ޒުހައިރު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ފަދަ، ފުރުސަތުތަކެއް ފަހިކޮށްދީގެން، އެމީހުންނަކީ މުޖުތަމައުއަށް ބޭނުންތެރި ބަޔަކަށް ހެދުމަށް ސަރުކާރުގެ ވުޒާރާތަކައި އިސްވެރިން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ.

”ވަޒީފާގެ ފުރުސަތަކީ ހަމައެކަނި އާމްދަނީ ހޯދުމެއް ނޫން. އަދި އަމިއްލަ ނަފްސަށް އިތުބާރު ކުރުމާއި މުޖުތަމައު ބައިވެރިއެއް ގޮތުގައި އިހުސާސް ކުރުމުގެ މުހިންމު ކަން ދައްކާ ދޭ ދޮރެއް. މިއަދު މި ދިން ވަޒީފާގެ ސަބަބުން އެފަރާތްތަކުގެ ދިރިއުޅުމަށް އަންނާނެ ކަމަށް އުންމީދު ކުރަން“

ޒުހެއިރު ވިދާޅުވީ ހަވާލުކުރެވުނު ވަޒީފާތަކުގެ އެންމެ ބޮޑު މަގްސަދަކީ އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ރައްޔިތުންނަށް ހަމަހަމަ ފުރުސަތުތަކެއް ލިބިގެންދާނެ މާހައުލެއް ގާއިމްކުރުން ކަމަށެވެ. އަދި މިކަމަކީ ހަމައެކަނި ވަޒީފާ ލިބުނު ފަރާތްތަކަށް ލިބުނު ފައިދާއެއް ނޫން ކަމަށާއި، އެއީ ކުންފުނީގެ މަސައްކަތައްވެސް އައު ހިޔާލުތަކާއި ވިސްނުންތައް ގެނެވިގެން ދިޔަ ކަމެއް ކަމަށް ޒުހެއިރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: