ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތު ކުރެވުނު ހިސާބުން ފެށިގެން އެކިއެކި މަގާމުތަކުގައި ތިބި ފަރާތްތަކުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގާތް މީހުން މެދުވެރިކޮށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވި ކަމަށް ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަހުމަދު ހައިލަމް ކުރައްވާފައިވާ ތުހުމަތުތަކަށް ސަރުކާރުން ޖަވާބުދާރީވާންޖެހޭ ކަމަށް ގާނޫނީ ވަކީލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތު ކުރެވުނު ހިސާބުން ފެށިގެން އެކިއެކި މަގާމުތަކުގައި ތިބި ފަރާތްތަކުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގާތް މީހުން މެދުވެރިކޮށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވި ކަމަށް ހައިލަމް ވަނީ ވިދާޅުވެފައެވެ. އޭނާ އެހެން ވިދާޅުވީ ޖޭއެސްސީން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ސަސްޕެންޑްކުރުމުން ދިފާއުގައި ނެރުނު ބަޔާނެއްގައެވެ. ހައިލަމްގެ އެ ތުހުމަތުތަކާއި ގުޅިގެން ސަރުކާރުން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ކުރިން ޑެޕިއުޓީ ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމުވެސް ފުރުއްވާފައިވާ ހުސައިން ޝަމީމް ވިދާޅުވީ ހައިލަމަށް ސަރުކާރުގެ އިސްމަގާމުތަކުގައި ތިބި ފަރާތްތަކުން ގުޅިކަމަށް ބުނާ އިރު، ސަރުކާރުގެ ކަމާއި ބެހޭ އިދާރާއަކުން ރަސްމީ ސިފައެއްގައި އެކަން ދޮގުކޮށްފައި ނުވާ ކަމަށެވެ. ޝަމީމް ވިދާޅުވީ، ހައިލަމްގެ ވާހަކައިގައި އެއްވެސް ހަގީގަތެއް ނުވާނަމަ އެކަން ވެސް އާއްމުންނަށް އިނގެން ޖެހޭ ކަމަށެވެ. އެހެން ނޫނީ، ގަބޫލު ކުރެވޭނީ އެކަމުގައި ނުބައެއް އުޅެނީކަމުގައި ކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.
ސަރުކާރުގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް، ހައިލަމް ކުރާއިރު އެ ތުހުމަތުތަކަށް ޖަވާބުދާރީވަން ޖެހޭކަން ފާހަގަ ކުރައްވާ ޝަމީމް ވިދާޅުވީ، ހައިލަމްގެ ބަޔާނުގައި ވަނީ ވެސް ގޮގުތަކެއް އެކުލެވިދާނެ ކަމަށެވެ. އެހެން ނަމަވެސް، މީހަކު ގުޅިކަމަށް ބުނާއިރު އެ ބުނާ މީހަކަށް އެކަމުގެ ”ޒިންމާ“ އުފުލަން ކެރޭނެތޯ ޝަމީމް ސުވާލު އުފެއްދެވިއެވެ.
https://twitter.com/HuShameem/status/1193010910329073664
ަހައިލަމް އާއްމު ކުރެއްވި 3 ސޮފުހާގެ ބަޔާނުގައި ބުނެފައިވަނީ، ފަނޑިޔާރަކު ބަލަމުންދާ މައްސަލައިގެ ހުކުމް ސަރުކާރުގެ އޮފިޝަލުންނަށް އެނގޭކަށް ނުޖެހޭ ކަމަށެވެ. އަދި އެއީ ކިތަންމެ މަތީ މަގާމެއް ފުރުއްވާ ބޭފުޅެއްްވިޔަސް އެ މީހަކަށް ވެސް އެ މައުލޫމާތެއް ދޭކަށް ނުޖެހޭ ކަމަށެވެ.
މީގެ އިތުރުން، އޭނާގެ އަބުރު ކަތިލުމަށް ކުރަމުންދާ މަސައްކަތަކީ ސީދާ ރައީސް ޔާމީންގެ މަނީލޯންޑަރިންއާއި ގުޅިގެންކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، 6 ނޮވެމްބަރު 2019ވަނަ ދުވަހު ޖޭއެސްސީން ހައިލަމްގެ އިތުރު މައްސަލައެއް ބަލަން ނިންމާފައިވާއިރު، އެ މައްސަލަ އަކީވެސް އޭނާއަށް ގުޅައިގެން އަދި މެސެޖްކޮށްގެން ވާހަކަ ދެއްވި މީހުން ދީފައޮތް އިންޒާރާއި ސީދާ ގުޅުންހުރި ކަމެއްކަމަށްވެސް ބަޔާނުގައިވެއެވެ. ވަކި ފަރާތެއް ޖަލަށްލާނެކަމުގެ ކަށަވަރުކަން ނުލިބިގެން ފަނޑިޔާރަކު ދުވާތީވެ ހައިލަމް ވަނީ ޖޭއެސްސީއާއި ސުވާލުތަކެއް ކޮށްފައެވެ.
ހައިލަމް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލައާ ގުޅިގެން ސަރުކާރުގެ ނުފޫޒު ހިނގަމުންދާކަން މިއަދު ކުރިމިނަލް ކޯޓުގެ ހިންގުމާ ހަވާލުވެހުންނެވި ގާޒީ އަލީ ރަޝީދު ހުސެއިންނަށް ވެސް ވަރަށް ރަނގަޅަށް މިހާރު އެނގިވަޑައިގަންނަވާނެ ކަމަށެވެ.
ކުރިން ޑެޕިއުޓީ އެޓާނީ ޖެނަރަލްގެ މަގާމުވެސް ފުރުއްވާފައިވާ އުޝާމް ވިދާޅުވީ އެހާ ޔަގީން ކަމާއެކު ފަނޑިޔާރަކު އެ ފަދަ ވާހަކައެއް ވިދާޅުވާނީ ކޮންމެވެސް ކަންތައްތަކެއް ހިނގާފައިވާތީ ކަމަށެވެ.
އަދި މިއީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ ކަމެއް ކަމަށް އުޝާމް ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަހުމަދު ހައިލަމް ނެރުއްވި ބަޔާނުން ރައީސް ޔާމީންގެ ޝަރީއަތަށް ސަރުކާރުން ނުފޫޒް ފޯރުވިކަން ސާބިތުވެއްޖެ ކަމަށް ޔާމީންގެ ގާނޫނީ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ވިދާޅުވެފައެވެ.

