ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިން ދިން އެހީއަށް ލަންކާ ރައްޔިތުންގެ ފަރާތުން ލޯތްބާއި، ޝުކުރު!

ލަންކާއަށް ދިމާވި ބޮޑު ގެއްލުމުން އަރައިގަތުމަށް ރާއްޖެއިން ލިބުނު އެހީތެރިކަމަށް ޝުކުރު އަދާކުރުމަށް ބޮޑުއެއްވުމެއް ބާއްވައިފި --- ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ތޫފާން ”ޑިޓުވާ“ގެ ސަބަބުން އަވަށްޓެރި ސްރީލަންކާއަށް ދިމާވި ބޮޑު ގެއްލުމުން އަރައިގަތުމަށް ދިވެހީރާއްޖެއިން ލިބުނު އެހީތެރިކަމަށް ޝުކުރު އަދާކުރުމުގެ ގޮތުން ބޮޑު އެއްވުމެއް މިއަދު ބާއްވައިފިއެވެ.

ލަންކާ ރައްޔިތުންގެ މި އެއްވުން ބޭއްވީ، ބޮޑުތަކުރުފާނު މަގުގައި މާލެ ސިޓީ ކައުންސިލްގެ ޢާއްމު ޚިދުމަތްތަކާއި ބެހޭ ބައިގެ ކުރިމަތީގައެވެ. މި އެއްވުމަށް ގިނަ އަދަދެއްގެ ލަންކާ ރައްޔިތުން ޖަމާވިއެވެ.

މި ސަރަޖައްދަށް ޖަމާވި ލަންކާގެ ރައްޔިތުން ތިބީ، ޝުކުރު ވެރިކަމުގެ ޕޯސްޓަރުތައް ހިފައިގެންނެވެ. މި ހަރަކާތް މިއަދު ހަވީރު 5:00 ޖެހިއިރު ފެށިއިރު، އެއްވުން ކުރިއަށް ގެންގޮސްފައިވަނީ ހަމަހިމޭން އެއްވުމެއްގެ ގޮތުގައެވެ.

އެގޮތުން ދިވެހިން ދިން އެހީތެރިކަމުގެ ހަނދާން ދުވަހަކުވެސް ނުނެތޭނެ ކަމަށާއި، ދިވެހިންގެ އެހީތެރިކަން ޝުކުރުގެ ހިތަކުން ބަލައިގަންނަ ކަމަށް އެމީހުން ވަނީ ބުނެފައެވެ.

ސްރީލަންކާއަށް ދިމާވި ކާރިސީ ހާދިސާގައި އެޤައުމަށް އެހީތެރިވި އެންމެ ފުރަތަމަ އެއް ޤައުމަކީ، އަވަށްޓެރި ދިވެހިރާއްޖެކަން އެޤައުމުގެ ރައްޔިތުން ފާހަގަކުރިއެވެ. އަދި ރާއްޖެއަކީ ކުޑަ ޤައުމެއް ނަމަވެސް، ދިވެހިން ދިން އެހީތެރިކަން ބޮޑުކަން ލަންކާގެ ރައްޔިތުން ފާހަގަކުރިއެވެ.

އެއްވުމުގައި ބައިވެރިވެ ވަޑައިގަތުމަށްފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ރިޒްވީ ޙަސަން ވިދާޅުވީ، ލަންކާއަށް ދިމާވެފައިވާ ހިތްދަތި ދަނޑިވަޅުގައި ރާއްޖެއިން ދިން އެހީތެރިކަން ތާރީހުގައި ރަން އަކުރުން ލިޔެވޭނެ ކަމަށެވެ. ލަންކާއަށް ވެދިން އެހީތެރިކަން ފާހަގަކުރައްވަމުން ސަފީރު ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި، ދިވެހި ސަރުކާރަށާއި، އަމިއްލަ ވިޔަފާރިވެރިންނަށާއި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: