ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަރުވެފައި އޮއްވާ ފެނުނު ނޭޕާލް މީހާގެ ބަނޑުން 78 ބުލެޓްގެ ޑްރަގް!

މީހަކު މަރާލި ސަރަހައްދެއްގައި ފުލުހުން ހަރަކާތްތެރިވަނީ:/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ހުރި ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ނޭޕާލްއަށް ނިސްބަތްވާ މީހާގެ ބަންޑުން 800 ގްރާމް ހުރި 78 ބުލެޓްގެ މަސްތުވާތަކެތި ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ނޮވެމްބަރު 30 ވަނަ ދުވަހުގެ 12:57 އެހާކަންހާއިރު ހުޅުމާލޭގައި ހުންނަ ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގައި މީހަކު މަރުވެފައިވާ މައްސަލައިގައި މަރުވެފައިވައި އޮއްވާ ފެނިފައިވަނީ 40 އަހަރުގެ މީހެކެވެ. މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުން އަނިޔާގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި މައުލޫމާތު ފުލުހުން މީޑިއާތަކާއި ހިއްސާ ކުރީ، ބޭރު މީހާގެ ބަންޑުން ބަޔަކު އެ ޑްރަގު ބުލެޓުތައް ނަގާފައިވާކަމަށް ވާހަކަ ދެކެވެން ފެށުމުންނެވެ. އެކަމާއި ގުޅޭގޮތުން ނޫސްވެރިން ސުވާލު ކުރުމުން ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނު މީހާއާއު އެކު، ރާއްޖެއަށް އިތުރު އެހެން ދެ މީހަކު ނޮވެމްބަރު 26 ގައި އައި ކަމަށެވެ.

އެ މީހުން މާލެ އަތޮޅު މާފުށީ ގެސްޓް ހައުސެއްގައި އުޅުމަށް ފަހު، ހުޅުމާލެ ގެސްޓް ހައުސްއަކަށް ޗެކިން ވީ ނޮވެމްބަރު 28 ގެ ހެނދުނުގެ ވަގުތެއްގައިކަމަށް ފުލުހުން ބުންޏެވެ. އަދި ބުނީ ނޭޕާލް މީހާއާއި އެކު ރާއްޖެ އައި އަނެއް ދެ މީހުން ހަމަ އެ ދުވަހު ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައިވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި ނޭޕާލް މީހާގެ ހަށިގަނޑުގެ ސްކޭނެއް ހެދިއިރު އޭނާގެ ގޮހޮރުގައި މަސްތުވާތަކެތި ހުރިކަމަށް ފާހަގަކުރެވުނު ކަމަށެވެ. އަދި މިކަމުގައި ގާނޫނީ ގޮތުން އަމަލުކުރަންވީ ގޮތުގެ ލަފާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހޯދައި، 2025 ޑިސެންބަރު 2 ވަނަ ދުވަހުގެރޭ ނިޔާވި މީހާގެ ހަށިގަނޑުގައި ހުރި މަސްތުވާތަކެތި ޑޮކްޓަރެއްގެ އެހީތެރިކަމާއެކު ނަގާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭނާގެ ހަށިގަނޑުން ތަކެތި ނެގުމުގެ އޮޕަރޭޝަން ހޮސްޕިޓަލެއްގައި ކުރިޔަށް ގެންގޮސްފައި ނުވަނީ، އެފަދަ އޮޕަރޭޝަނެއް ކުރެވޭ ވަރަށްވުރެ ބޮޑަށް ހަށިގަނޑި ޑީކޮމްޕޯސްވެފައި އޮތުމުގެ ސަބަބުންކަމަށް ފުލުހުން ބުންޏެވެ. އަދި ބުނީ ޑްރަގް ބުލެޓުތައް ނެގުމުގެ އޮޕަރޭޝަން ކުރީ އެކަމަށް ހާއްސަ ސްޕެޝަލިސްޓުންގެ ލަފައާއެކު، ޑޮކްޓަރުންކަމަށެވެ.

އެގޮތުން އޭނާގެ ހަށިގަނޑުން ޖުމްލަ 78 ބުލެޓް ނަގާފައިވާއިރު، މިތަކެތީގެ ބަރުދަނަކީ 818 ގްރާމު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގެ މައުލޫމާތު ކުރިން ހާމަ ނުކުރީ، މިއީ ތަހުގީގު ކުރަމުންދާ މައްސަލައަކަށްވުމާއި މިމައްސަލާގައި ވަށައިގެންވާ ކަންކަމަށް ބަލައި، ލިބިފައިވާ މައުލޫމާތުތައް ކަށަވަރުކޮށް، މައްސަލާގައި ހިމެނޭ މީހުން ދެނެގަތުމަށްކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި ބުނީ މިކަމާ ގުޅުންހުރި އިތުރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފުލުހުން ވަނީ މި މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ހާމަކުރުމުގައި، ދޮގު މައުލޫމާތު ނުފެތުރުމަށާއި މައުލޫމާތު އާންމު ކުރާއިރު ތެދު މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: