ޖުމްހޫރިއްޔަތެއްގެ މައިގަނޑު އަސާސަކީ ރައްޔިތުންގެ ވެރިކަމެއް ކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ޖުމްހޫރީ ދުވަހާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
އެގޮތުން ނަޝީދު ވިދާޅުވީ ޖުމްހޫރިއްޔަތެއްގެ އެންމެ މުހިއްމު އަސާސަކީ ރައްޔިތުންގެ ވެރިކަމެއް ކުރުން ކަމަށާއި ޒަމާނުއްސުރެ ދެމިގެން މިއަންނަ ދިވެހި ވެރިކަން ރައްޔިތުންގެ ފަރާތުން ކުރާވެރިކަމަކަށް ކިރިޔާވެސްވީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަކާ އެކު ކަމަށެވެ.
https://twitter.com/MohamedNasheed/status/1193752794764734464?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1193752794764734464&ref_url=https%3A%2F%2Fwww.addulive.com%2F167559
ނަޝީދު މިހެން ވިދާޅުވީއިރު ރޭ ދަރުބާރުގޭގައި ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ވަނީ ސަރުކާރަށް އެއް އަހަރު ފުރޭއިރު ރައްޔިތުން މި ސަރުކާރު އިންތިހާބު ކުރި ސަބަބާއި މި ސަރުކާރު އުފެދިގެން އައި ގޮތް އަބަދުވެސް ހަނދާން ބަހައްޓަންވާނެ ކަމަށް ވިދާޅުވެފައެވެ.
އަދި ރިއާސީ އިންތިޚާބުގައި، މި ސަރުކާރަށް ވޯޓު ނުދޭ ރައްޔިތުންތަކެއް ތިބި ނަމަވެސް ހިދުމަތް ދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތު ނުކުރުމަށް ވެސް ރައީސް ވަނީ ގޮވާލައްވާފައެވެ.

