ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަސް މިއަދު ދުވެހުންނާއި ބައްދަލު ކޮށްފައިވާއިރު ފެންނަމުންދާ މަންޒަރަކީ ބޮޑުން ބޮޑާވެ ނިކަމެތި ރައްޔިތުންގެ މައްޗަށް ބާރު ދައްކާ މަންޒަރު ކަމަށް ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ޖުމްހޫރީ ދުވަހާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
އެގޮތުން ޖަމީލު ވިދާޅުވީ ޖުމްޙޫރީ ދުވަސް މިއަދު ފާހަގަކުރަނީ އަދިވެސް އެންމެ ފުރަތަމަ ކުރި އިޙްސާސްތަކާ އެކުގައި ކަމަށެވެ. އެގޮތުން މިއަދުވެސް ވެރިން އިންސާފަށް ހުރަސް އަޅައި، ކޮރަޕްޝަނުން ރައްޔިތުންގެ މުއްސަނދިކަން ލޫޓުވައި އަދި ބޮޑުން ބޮޑާވެ ނިކަމެތިންގެ މައްޗަށް ބާރު ދައްކާލަމުންދާ ކަމަށް ޖަމީލު ވިދާޅުވިއެވެ.
https://twitter.com/MJameelAhmed/status/1193728324150808576?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1193728324150808576&ref_url=https%3A%2F%2Fwww.addulive.com%2F167556
މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލިބުނު ނާކާމިޔާބީއަށްފަހު ޖަމީލު އަންނަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވަމުންނެެވެ. ޖަމީލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމަކަށް ގެންނަން އެންމެ ބޮޑަށް މަސައްކަތް ކުރި އެއް ފަރާތެވެ.
ނަމަވެސް ޖަމީލު މިހާރު ވަނީ އަނެއްކާވެސް ޔާމީންގެ ޕީޕީއެމް އާއެކު މަސައްކަތް ކުރައްވަން ފައްޓަވާފައެވެ. އެގޮތުން ޖަމީލަކީ ޔާމީންގެ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ފަރާތް ވެސް މެއެވެ.

