ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން އަށް ހުކުމް ކުރާ ދުވަހަކީ ސަރުކާރުން އުފާކުރާ ދުވަހަކަށް އެބަ އަންގާ: އަބްދުއްރަހީމް

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވާހަކަދައްކަވަނީ: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޔާމީން އަށް ހުކުމް ކުރާ ދުވަހަކީ ސަރުކާރުން އުފާކުރާ ދުވަހަކަށް ވާނެ ކަމަށް ސަޕޯޓަރުންނަށް އަންގަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އާއި ޕީއެންސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަކީ މި ސަރުޚާރުގެ ވައުދެއް ކަމަށެވެ. އަދި ހުކުމް ކުރަން 5 ގަޑި އިރަށް ވެފައި އޮއްވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑްރިންގެ ދައުވާގެ މައްސަލަ ބައްލަވާ ފަނޑިޔާރު ބަދަލުކުރުމަކީ، އެއީ މައްސަލައަށް ނުފޫޒު ފޯރުވަން ކުރި ކަމެއް ކަމަށް ޤަބޫލުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

”ރައީސް ޔާމީން ހައްޔަރުކޮށް ޖަލަށްލުމަކީ ރިޔަސީ ވައުދެއް. ރިޔާސީ ބައެއްކަހަލަވައުދު މި މީހުން ވަރަށް ރަނގަޅަށް ހަނދާން ހުންނާނެ. އޭގެ ވައުދެއް މިއީ.“ އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރުގެ އެއްވެސް ކަހަލަ އިޚުލާސްތެރިކަމެއް ހުރި ނަމަ ރައީސް ޔާމީންގެ ޝަރީއަތް އިންސާފުވެރިވާނެ ކަމަށެވެ.

އަދި މި ސަރުކާރަށް މަޖިލީހާއި އެހެނިގެން ބާރުތަކުގެ ކޮންޓްރޯލް އޮތްއިރު މަސައްކަތް ކުރަނީ ޏާޖާއިޒް ފައިދާ ހޯދަން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: