ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖީހާންއެވެ! ދީނީ ކަރާމާތަށް އަރައިގަތް އިރު ތިޔަ ވިދާޅުވާ އިންސާނީ ކަރާމާތް ކޮބާތޯއެވެ؟

ޖީހާން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގައި ވާހަކަދައްކަަވަނީ : ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މި ޤައުމުގެ ކަންކަން ހިނގާ ގޮތުން އަޖައިބުވެ ހައިރާންވެއެވެ. ވެރިޔަކަސް، އިދާރާއަކަސް މުޢައްސަސާއަކަސް ކުޑަކޮމިޓީއަކަސް ރުހޭ މީހާ އަށް މޮޅު ގޮތް، ނުރުހޭމީހާ އަށް ކުޑައިމީސްކޮށް ހިތުމަކީ ފަރިތަކަމަކަށް މިވަނީ ވެފައެވެ.

ޝައްކެތް ނެތް ގޮތުގައި، މިދިޔަ މަހެއްހާ ދުވަސް ވެގެންދިޔައީ މީޑިއާތަކުގެ ފަލަ ސުރުހީއަށް ބާރު ބޮޑު ދުވަސްވަރަކަށެވެ.

އެމްޑީއެންގެ ނަމުގައި ހިންގާ މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯރކުން ނެރުނު ރިޕޯޓެއްގައި ރަސޫލާސައްލައްﷲ އަލައިހި ވަސައްލަމަ އަށް ފުރައްސާރަކޮށް ވާހަކަދެއްކި މައްސަލަ ވެސް ފެންމަތިވީ މީގެ ދޮޅު މަހެއްހާ ދުވަސް ކުރިންނެވެ.

އެމްޑީއެންގެ ރިޕޯޓްގައއެމްޑީއެންގެ ރިޕޯޓްގައި ރަސޫލާސައްލައް ﷲ އަލައިހި ވަސައްލަމައަށް ފުރައްސާރަކޮށް ވާހަކަދެއްކުމުން ސަރުކާރުގެ އިސްފަޑީގައި ތިއްބެވި ފަރާތްތަކުން ހިމޭނުން ތިއްބެވިއަސް އެއީ ދިވެހިންނަށް ފަހަރެއްގާވެސް ހަޖަމްކުރެވޭނެ ކަމަކަށް ނުވިއެވެ. އިސްލާމް ދީނާއި، ރަސޫލާގެ ސީރަތަށް ގޮންޖެހުމުން އެކަމަށް ފިޔަވަޅު އެޅުން ނޫން ގޮތެއް ދިވެހިން ހަމަ ހިލާ ބޭނުމެއް ނުވިއެވެ.

މީސްމިޑީއާ ޕޯސްޓްތަކުންނާއި ނުރުހުން ފާޅުކުރުމަށް އެއްވި އެއްވުންތަކުން އެނގުނީ އެންމެކަމެވެ. ސިޔާސީ ކުލަ ކިތަންމެ ތަފާތަސް ރަސޫލާސައްލައްﷲ އަލައިހިވަސައްލަމައަށް ހަޖޫ ޖަހާތަން ބަލަން ދިވެހިންގެ ލަނގޮނޑިއަށް ކެތް ނުވާނެ ކަމެވެ. ކޮންމެއަކަސް ނިކަން ހާސަރުވަރު ދިގުކުރުމަށް ފަހު އެންމެ ފަހުން ސަރުކާރުން ވަނީ އެމްޑީއެން އުވާލަން ނިންމަވާފައެވެ.

ތެދަށް ބުނާނަމަ އެނޫން ގޮތަކަށް އެކަން ފަރުޖައްސާލެވޭކަށް ވެސް ނެތެވެ. އެހެންނަމަވެސް އެމްޑީއެންގެ އެ މުޑުދާރު ރިޕޯޓް ލިޔުނު މީހުންނަށް، މިނިވަން ކަމާއި އެކު ޚިޔާލް ފާޅުކުރުމުގެ ނަމުގައި ދީނަށް ފުރައްސާރަކުރަން ފުރުސަތު ލިބުމުން ދިވެހިންގެ ލޭ ކެކި އުތުރިއެރިއެވެ. ކޮންމެ އަކަސް މި ހުރިހާ ކަމެއްވެ ނިމިގެން ދިޔައިރުވެސް ކުޑަ މިނުން މި އަމަލުތައް ކުށްވެރިކޮށްލާނެ ހިއްވަރު ކަށީގައި ހުރި މުޢައްސަސާއެއް އިނގިލިން ގުނާލެވެއެވެ.

ދީނާއި ހައްގުގެ ޅެން ކިޔަމުން މަޤާމާއި ހަވާލުވި ވަޒީރު ބޭފުޅުންނަށް ވެސް ވީ ހަމަ މިވަރެވެ. އަދި ދިވެހިންގެ ދީނާއި އިސްތިޤްލާލަށް ވަކާލާތުކުރާ ރައްޔިތުންގެ މަޖިލީހަށް ވެސް، ރައްޔިތުންގެ އަޑެއް ނީވުނެވެ. ރައްޔިތުންގެ ޚާދިމުންގެ ތާޖުއަޅުއްވައިގެން ތިއްބެވި ބޭފުޅުންނަށް ވެސް ވީކަމެއް ހަރާމެވެ.

ދެން ފެނިގެންދިޔައީ ނޮވެމްބަރު ތިން ވަނަ ދުވަހު އޭރު ކްރިމިނަލް ކޯޓުގެ އިސްގާޒީ ހައިލަމް، ތަހުނިޔާ ވިދާޅުވެ ހިއްސާކުރެއްވި ފޮޓޮއެއްގައި، ރައީސް ސޯލިހް އާއި، މަޖިލީހުގެ ރައީސް ރައީސް ނަޝީދުގެ ކަރުގައި ޗޭނުޖަހައިގެން ހިނގާ މަންޒަރު ފެންނަ ފޮޓޯއެއް ހިއްސާކުރެއްވި މައްސަލައެވެ.

ދެންތޯއެވެ. ސަރުކާރުގެ ވެރިންނާއި، އެކި ފެންވަރުންގެ ޚާދިމުންނާއި އެއްކަލަ ރައްޔިތުންގެ މަންދޫބުންގެ ހަމަ ނިދި ހަރާމްވި ކަހަލައެވެ. ދެނަކާދެނެއް ދެނެއް ނެތި ޖޭއެސްސީން ވެސް އަވަސްވެގަތީ އެމަނިކުފާނު ސަސްޕެންޑްކުރުމަށެވެ.

މި ކަމުގައި ގާޒީ ހައިލަމްގެ ދިފާއަކީ އެއީ އެމަނިކުފާނަށް އޮޅިވަޑައިގެންވީ ކަމެއްކަމުގެ ވާހަކައެވެ. އެ ފޮޓޯ ހިއްސާ ކުރީ ދުވަހުގެ ތަހުނިޔާ އަދާކުރުމަށް ކަމަށާ، އެ ފޮޓޯގައި ރައީސް އާއި ރައީސް ނަޝީދު ތިއްބެވިކަން އެނގި ނުލައްވާ ކަމަށް ވެސް ހައިލަމް ވިދާޅުވިއެވެ.

ދެން ފެނުނީ މަޖިޅީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބަޔާނެކެވެ.  އެއީ ހައިލަމްގެ އެ މެސެޖުން ”އިންސާނީ ކަރާމާތް“ ގެއްލުނު ކަމުގެ ވާހަކައެވެ. އަޅުގަނޑުގެ މައްސަލަ އަކީ ރައީސް ސޯލިހް އާއި އެމްޑީޕީގެ ލޯބިވާ ރައީސް، މަޖިލީހުގެ ރައީސް ނަޝީދުގެ ކަރުގައި ޗޭނު ޖަހައިގެން ހިނގި މައްސަލަ ކުށްވެރިކުރުމެއް ނޫނެވެ.

ދެރައީ އެ ކޮމިޓީ އަށް ރަސޫލާ ސައްލައްﷲ އަލައިހިވަސައްލަމައިގެ އަބުރަށް އަރައިގަތުމުން އެއްޗެއް ބުނަން ނުކެރުނު ކަމެވެ. އޭރު ތިއްބެވީ ފިނޑިކަންމަތީގައެވެ. ސައްތައިން ސައްތަ މުސްލިމް ޤައުމެއްގައި ދީނީ ކަރާމާތަށް އަރައިގަނެ ދިވެހިންގެ ލޭ ކައްކުވާލި ރިޕޯޓަށް ބަސް ބުނުމުގައި ޒިންމާ އަދާކރުުމުގައި ބޮޑުތަނުން ވެވަޑައިގަތީ ފެއިލްކަން ޤައިމެވެ. ތިޔަ ސްޕީޑްގައި މަސައްކަތް ކުރެއްވި ނަމަ ހާދަހާވާ ހެޔޮފުޅުވީހޭ ހިތަށް އަރައެވެ.

އެ ކޮމިޓީގެ ބަޔާނަށް ފާޑުކިޔުން އަމާޒުވުމުން، އެ ކޮމިޓީގެ މުޤައްރިރު ދެއްވީ ކުރު ޖަވާބެކެވެ. އެއީ އެކަން ކުރެއްވީ އިސްލާހު ކުރެއްވުމުގެ ނިޔަތުގައި ކަމުގެ ވާހަކައެވެ. އަދި އެއީ ޒިންމާ އަދާކުރެއްވުން ކަމުގައި ފަހުރުވެރިކަމާއި އެކު ވިދާޅުވިއެވެ. ޒިންމާ އަކީ ނުރުހޭ މީހާ ކުރާ ކަންކަމަށް އެކަނި ބަޔާން ނެރުންތޯއެވެ.

އިސްލާމީ ހިދާޔަތާއި ރިސާލަތުގެ މަގު ދެއްކެވި ރަސޫލާ ސައްލައްﷲ އަލައިހިވަސައްލަމައަށް ފުރައްސާރަ ކުރުމުން އެއީ ޚިޔާލް ފާޅުކުރުމުގެ މިނިވަންކަންކަމަށް ތިޔަ އިއްޒަތްތެރި ކޮމިޓީއަށް ވެސް ފެނިލައްވަނީބާއޭ ހިތަށް އަރައެވެ. ނުބީހެންނާ ކަނޑާ ހަމަ އުސޫލުން ތިޔަ ކޮމިޓީ އޭރު މަސައްކަތް ކުރެއްވި އިރު އިންސާނީ ކަރާމާތް އޮތްކަން ހަނދާން ނެތުނީމާ ވަރަށް ދެރަވަރެވެ.

އިންސާނުންގެ ތެރެއިން މާތްކުރެއްވި ރަސޫލާ އަށް ހަޖޫޖެހި އިރު އިންސާނީ ކަރާމާތުގެ ވާހަކަ ހިތްޕުޅަށް ނޭރީބާވައެވެ. ނޫނީ ޕާޓީގެ ލޯބިވާ މޭސްތިރީން ހިތް ނުރުހޭނެ ކަމެއް ކުރަން ނުކެރުނީބާވައެވެ. އިންސާނެއްގެ ދީނަށް ވުރެ ބޮޑު ކަރާމާތެއް ކޮބާބާވައެވެ؟ ދީނީ އިސްތިޤްލާލަށް ވުރެ ބޮޑު ހައްގެއް އެބައޮތްތޯއެވެ؟ އެ ހައްގު ހިމާޔަތްކުރުމުގައި، ތިޔަ ބޭފުޅުން ފެއިލްވެއްޖެކަން ގައިމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: