ފަނޑިޔާރަކު ނިންމާ ނިންމުމެއްގެ މެރިޓާ ގުޅުވައިގެން ނުވަތަ އެ ނިންމުން ބިނާކުރި ޝަރުޢީ އަދި ޤާނޫނީ އަސާސްތަކާ ގުޅުވައިގެން އެ ނިންމުމެއް ގޯސްކަމަށް ބުނެ، ދިވެހިރާއްޖޭގެ ޝަރްޢީ ނިޒާމުގައި ހިމެނޭ ފަނޑިޔާރުންނަށް ރައްދުވާގޮތަށް ޖުޑިޝަލް ސަރވިސް ކޮމިޝަނުން ޤާނޫނުއަސާސީ އާއި ޤާނޫނުތަކާ ޚިލާފަށް ބަލަމުން ގެންދާ ސުލޫކީ މައްސަލަތަކަކީ އޭގެ ޒާތުގައި ކޯޓުގެ ޙުރުމަތް ކެނޑުމުގެ ޢަމަލުތަކެއް ކަމާއި، އަދި އެއީ ޢަދްލު އިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅުން ކަމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
މި މަހުގެ ހަތް ވަނަ ދުވަހު އުއްތަމަ ފަނޑިޔާރު ޑޜ އަހުމަދުގެ ސުލޫކީ މައްސަލައެއް ތަހުގީގު ކުރުމަށް ފަހު ޖޭއެސްސީން ފޮނުވި ރިޕޯޓާއި ހަވާލުވެވަޑައިގަންނަވަން ނުޖެހޭނެކަން އުއްތަމަ ފަނޑިޔާރު ވަނީ ޖޭއެސްސީއަށް އަންގަވާފައެވެ.
އެގޮތުން އުއްތަމަ ފަނޑިާރު ޖޭއެސްސީއަށް ފޮނުވި ސިޓީފުޅެއްގައި ވަނީ ފަނޑިޔާރުންގެ ސުޅޫކީ މައްސަލަތައް ކަމަށް ބުނެ ޖޭއެސްސީން ބަލަމުމްދާ މައްސަލަތަކަި ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކުގެ މައްސަލަތަކެއް ކަމަށާއި އަދި މިހާރު ޖޭއެސްސީން ހިންގަމުންދާ ކަންކަން ކަމަކީ ގާނޫޏުއަސާސީއާއި ކޯޓުތަކުގެ ގާނޫނާއި ހިލާފަށް ކުރަމުންދާ އަދި ހިންގަމުން ގެންދާ އަމަލުތަކެއް ކަމަށެވެ. އަދި ޖޭއެސްސީން މިހާރު ކުރަމުން ގެންދާ ކަންކަމަކީ ނުވަތަ ހިންގަމުން ގެންދާ އަމުލުތަކުގައި ބައިވެރިވާ ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުން ފަރްދީގޮތުންނާއި ޖަމާޢީގޮތުން ޖަވާބުދާރީކުރެވޭނެ ކަމަށް އުއްތަމަ ފަނޑިޔާރު ފޮނުއްވި ސިޓީގައި ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން އުއްތަމަ ފަނޑިޔާރު ޖޭއެސްސީއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ޖުޑިޝަލް ސަރވިސް ކޮމިޝަނުން ހިންގާ ޢައިރު ދުސްތޫރީ އަދި ޢައިރު ޤާނޫނީ އިޖްރާއާތު ތަކަށް އެމަނިކުފާން ތަބާވުމަކީ އެ އިޖްރާއާތު ތަކުގައި ޙަޤީޤަތާ ޚިލާފަށް ޤާނޫނީ ކުލަ ޖެއްސުމަށް އެހީތެރިވެދީ އެކަމުގަިއ ގާނޫނީ ކުަލަ ޖެއްސުން ކަމަށާއި އަދި އެއީ އެމަނިކުފާން ކޮށްގެން ހުރި ހުވައި ވެސް ހިލާފް ކަމެއް ކަމަށް ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވަނީ ބާތިލު ކަމެއްގެ މައްޗަށް ތަރައްތުބުވެގެން އަންނަ ކޮންމެ ކަމަކީވެސް އޭގެޒާތުގައި ބާތިލުކަމެއް ކަމުގައި ބުނާ ގާއިދާގެ މައްޗަށް ރިއާޔަތްކޮށް ބަލާއިރު، ތިޔަ ކޮމިޝަނުގެ ހަވާލާދެވުނު ރިޕޯޓަށް ޖަވާބުދާރީވާން ޖެހޭނެ އެއްވެސް ގާނޫނީ އަސާސެއް ނޯންނާނެކަން ހަނދުމަކޮށް އަރުވާ ކަމަށެވެ.

