ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓީއެމްއޭއަށް 2025 ވަނަ އަހަރުގެ ދުނިޔޭގެ ލީޑިންގ ސީޕްލޭން އޮޕަރޭޓަރ އަދި އިތުރު އެވޯޑެއް!

ފޮޓޯ: ކޯޕަރެޓް މޯލްޑިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް މި އަހަރަށް ދުނިޔޭގެ ލީޑިންގ ސީޕްލޭން އޮޕަރޭޓަރ އަދި އިންޑިއަން އޯޝަންސް ލީޑިންގ ސީޕްލޭން އޮޕަރޭޓަރ އެވޯޑް ލިބިއްޖެއެވެ.

މި އެވޯޓް ޓީއެމްއޭއަށް ދީފައިވަނީ، 32 ވަނަ އެނުއަލް ވޯލްޑް ޓްރެވަލް އެވޯޑްސްގެ ރަސްމިއްޔާތުގައެވެ. އެގޮތުން، މި ރަސްމިއްޔާތު ބާއްވާފައި ވަނީ އެކްސްހިބިޝަން ވޯލްޑް ބަހްރައިންގައެވެ.

މި ރަސްމިއްޔާތުގައި، ދުނިޔޭގެ ޓޫރިޒަމް ސިނާއަތުގެ 300 އަށް ވުރެ ގިނަ ލީޑަރުން ބައިވެރިވިއެވެ.

ޓީއެމްއޭއަށް ލިބުނު މި އެވޯޑްތަކާއިއެކު، ޓީއެމްއޭ ވަނީ ވަރަށް ދުވަސްވީ ރިކޯޑެއް ދަމަހައްޓާފައެވެ. އެގޮތުން، މި ރިކޯޑުން ދައްކުވައިދެނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށާއި، ވައިގެ ދަތުރުފަތުރަށް ޓީއެމްއޭއިން ދޭ ސަޕޯޓެވެ.

ޓީއެމްއޭއިން ދަނީ، އެ ކުންފުނީގެ އޮޕަރޭޝަނަލް ގާބިލިއްޔަތުކަން އިތުރުކުރުމަށްޓަކައި އިންވެސްޓުކޮސް، އެ ކުންފުނީގެ ފްލީޓް އިތުރަށް ހަރުދަނާކޮށް، އިންފްރާސްޓަރަކްޗަރ، ޓްރެއިންނިގ އެންޑު ޓެކްނޮލޮޖީގެ އާލާތްތައް އިތުރުކުރުމުގެ މަސައްކަތް ކުރަމުންދެއެވެ. މި އިންވެސްޓުމެންޓުގެ މައިގަނޑު މަގްސަދަކީ، ޓީއެމްއޭގެ ފަސިންޖަރުންގެ ޑިމާޑް އިތުރުވެ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ މުހިއްމު ހިއްސާއެއް އަދާކުރާ ކުންފުންޏަކަށް ވާތީއެވެ.

މީގެއިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ފުޅާވަމުންދާއިރު، ޓީއެމްއޭއިން ދަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ އާމަޒުތަކަށް ވާސިލުވުމަށް އެހީތެރިވެ، ފަތުރުވެރިކަމުގެ ސިނާއަތުގެ ޕާޓްނަރުންނާއި ގުޅިގެން މަސައްކަތް ކޮށް، ޓީއެމްއޭގެ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު އިތުރުކުރުމަށެވެ.

1993 ވަނަ އަހަރު ވުޖޫދުކުރެވެނު ޓީއެމްއޭއަކީ، ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓު އޮތް ކުންފުންޏެެވެ. މި ފްލީޓުގައި 65 ޑީއެޗްސީ އަދި 6 ޓިވިން އޮޓާގެ ސީޕްލޭންތައް އުދުހުންތައް ބޭނުންކުރާއިރު، ރާއްޖޭގެ 80 ރިސޯޓަކަށް ޓީއެމްއޭއިން އުދުހުންތައް ކުރިއަށް ގެންދެއެވެ. އަދި، ދުވާލެއްގެ މައްޗަށް 400 އުދުހުންތައް ކުރިއަށް ގެންދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: